📍 ހއ. އިހަވަންދޫ
އިހަވަންދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫޢުއެއް އިފްތިތާޙްކޮށްފި
ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ހަތަރު މަޝްރޫޢުއެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢުތައް އިފްތިތާޙްކޮށް ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް އިއްޔެ ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ. މިގޮތުން ރައީސް ޞާލިޙް ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ހުޅުއްވައިދެއްވި އިހ...