މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ 📍 ހއ. ކެލާ

މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ

ކުޅުދުއްފުށީގައި ހުންނަ ކޭޕީއެލް ކަރަންޓީނު ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހއ. ކެލާ މީހާ ނިޔާވެފައި ވަނީ ކޯވިޑް ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުންދިޔަ ކެލާ، އުމުރުން 58 އަހަރުގެ މީހާއަކީ ކެލާގައި ހޯމްކަރަންޓީނުގައި ހުރުމަށްފަހު ފަރުވާއަށް ކުޅުދުއްފުއްޓަށް ގޮސްހުރި، ކެންސަރު ބަލީގެ މީހެކެވެ. އެމީހާ ބަލިވެގެން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ކެލާގައި ހޯމް ކަރ...

ޔުމްނާ ޢަލީ
ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި 📍 ހއ. ކެލާ

ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ސިއްހީ ދާއިރާއިން ރާއްޖޭގެ އަތޮޅުތަކުން ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހއ.ކެލާ ހިމެނޭހެން އިތުރު ދެ ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ. މި އެމްބިއުލާންސްތައް ފޮނުވާފައި ވަނީ ހއ.ކެލާގެ އިތުރުން ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. އެމްބިއުލާންސް ފޮނުވުނު އެއްރަށް ކަމަށްވާ ގދ. ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ސިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސ...

ޝިއުނާ އާދަމް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސުކޫލު ދަރިވަރުންނަށް ފިނިމައިޒާނެއް 📍 ހއ. ކެލާ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސުކޫލު ދަރިވަރުންނަށް ފިނިމައިޒާނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ކެލާ ސުކޫލު ކައިރީގައިވާ ފިނި މައިޒާން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވައިފިއެވެ. މި މަސައްކަތްކޮށްފައި ވަނީ ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އައިޑިއާސް ޖަމިއްޔާ އާއި ކެލާ ރައްޔިތުން ގުޅިގެންނެވެ. މި ފިނި މައިޒާން އަކީ ކެލާ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ސުކޫލުދޮށަށް އައިސް މަޑުކޮށްލާގެން ތިބެން ބޭނުންކުރާ މައިޒާނެކެވެ. އެޖަމިއްޔާއިން ބުނީ މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން ރައްޔިތުންނާއި ރަށު އޮފީސް […]

އިބްރާހިމް އަސްވާޤް
އީއައިއޭ ހެދިފައި ހުންނަނީ ރަނގަޅު މަޢުލޫމާތަށް ބިނާކޮށެއް ނޫން: އިބްރޭ

އީއައިއޭ ހެދިފައި ހުންނަނީ ރަނގަޅު މަޢުލޫމާތަށް ބިނާކޮށެއް ނޫން: އިބްރޭ

ބިން ހިއްކާއިރު އީ.އައި.އޭ ހެދިފައި ހުންނަނީ ރަނގަޅު މަޢުލޫމާތަށް ބިނާކޮށް ނޫން ކަމަށާއި، އެހެން ކަމުން ބިން ހިއްކުމުން އެ ރަށާއި އަދި ޖެހިގެން އޮންނަ ރަށްތައް ގިރުމުގެ ފުރުޞަތު ބޮޑުކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރާޙީމް ޝަރީފް އެހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި “ވ. ފުލިދޫ ގިރަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައި […]

އަލީ އާދިލް
"އެގްރޯ ނެޓް" އާ  އެކު ދަނޑުވެރިކަން ކުރުމަށް، ކެލާ ކައުންސިލުން ހުޅުވާލައިފި 📍 ހއ. ކެލާ

"އެގްރޯ ނެޓް" އާ އެކު ދަނޑުވެރިކަން ކުރުމަށް، ކެލާ ކައުންސިލުން ހުޅުވާލައިފި

އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން ބުނީ އެގްރޯ ނޭޝަނަލްއާއި ގުޅިގެން ކޮންޓްރެކްޓް ފާމިންގެ ދަށުން ހއ. ކެލާގައި ދަނޑުވެރިކަން ކުރަންބޭނުންވާ ކެލާ ދަނޑުވެރިންނަށް އެ ފުރުޞަތު ހުޅުވާލާފައި ވާ ކަމަށެވެ. ‏ކެލާ ކައުންސިލުން ބުނީ އެރަށަކީ ދަނޑުވެރިކަން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަންއިން ކުރިއަށް ގެންދާ ކޮން...

ޝިއުނާ އާދަމް
ކެލާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވެއްޖެ

ކެލާއިން ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވެއްޖެ

ހއ. ކެލާ ސަވާރީ ބޯޓު ކޭހާއި ގުޅިގެން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވި 10 މީހުން ރަނގަޅުވެގެން ދޫކޮށް ލައިފިއެވެ. ކެލާ ކައުންސިލުން ބުނީ އެރަށު ސަވާރީ ބޯޓުގެ ކޭހާއި ގުޅިގެން ކޯވިޑަށް ޕޮޒިޓިވްވި 10 މީހުން ބަލިން ރަނގަޅު ވުމާއި ގުޅިގެން ދޫކޮށްލާފައި ވާ ކަމަށެވެ. ކެލާ ސަވާރީ ބޯޓު ކޭހުގައި ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ ޖުލައި 27 ވަނަ ދުވަހުގެ ރެއެވެ. އޭނާ ވަނީ ޖުލައި 28 ވަނަ […]

ޔުމްނާ ޢަލީ
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި ފުރަތަމަ ބަލި މީހާ ރަނގަޅުވެގެން ދޫކޮށްލައިފި 📍 ހއ. ކެލާ

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި ފުރަތަމަ ބަލި މީހާ ރަނގަޅުވެގެން ދޫކޮށްލައިފި

ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރި ކޯވިޑް ބަލިމީހާ ރަނގަޅު ވެގެން ދޫކޮށްލައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި ފުރަތަމަ ކޯވިޑް ބަލި މީހާ މިއަދު ދޫކޮށްލާފައި ވާކަމަށެވެ. ކޯވިޑް-19ގެ ބަލިމީހެއްގެ ގޮތުގައި އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓްކުރީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭނާ އެޑްމިޓް ކުރީ ހުސްވި ޖުލައި މަހުގެ […]

ޝިއުނާ އާދަމް
ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ 📍 ހއ. ކެލާ

ޗައިނާ އެއިޑްގެ ދަށުން ކެލާ އާއިއެކު އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމު ކޮށްދެނީ

ޗައިނާ-އެއިޑް މަޝްރޫޢޫގެ ދަށުން ހއ. ކެލާ ހިމެނޭހެން އިތުރު 4 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވިކަން ހާމަ ކުރަށްވާފައި އެވެ. މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ހއ. ކެލާގެ އިތުރުން ކ. ކާށިދޫ، ޅ. އޮޅުވ...

ޝިއުނާ އާދަމް
ކެލާ ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފި 📍 ހއ. ކެލާ

ކެލާ ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފި

ހއ. ކެލާ ސެއިޚް އިބްރާޙިމް ސްކޫލްގެ ކިޔެވުން ފެށުން އެއް ހަފުތާ ފަސްކޮށްފައި ވާކަމަށް އެ ސްކޫލުން ބުނެފިއެވެ. އެ ސްކޫލުން އެކަން ހާމަކޮށްފައި ވަނީ މިއަދު ބެލެނިވެރިންގެ ސަމާލު ކަމަށް އެދި ނެރެފައިވާ ލިޔުމެއްގައި އެވެ. އެ ސްކޫލުން ބުނީ އެ ނިންމުން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އެ ސްކޫލްގެ ގިނަ ޓީޗަރުންތަކެއް ހޯމް އައިސޮލޭޝަންގައި ތިބެން ޖެހުމާއި ގުޅިގެން، ކިޔަވައި ދިނުން ކުރިއަށް ގެންދިއުމުގައި ދަތިތަކާއި ކުރިމަތިވެފައި ވާތީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ […]

ޝިއުނާ އާދަމް
އަޅުގަނޑާއި ސަވާރީ ބޯޓު ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި: އެމްޕީ ޝަރީފް 📍 ހއ. ކެލާ

އަޅުގަނޑާއި ސަވާރީ ބޯޓު ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި: އެމްޕީ ޝަރީފް

ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފާއި، ހއ. ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކައެއް ކަމަށާއި، އޭނާއާއި އެ ބޯޓުގެ ކެޕްޓަނާއި ނޯތު ހާބަރުން ބައްދަލުވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓްގައި އޭނާއާއި، ކެލާ ސަވާރީ ބޯޓާއި ގުޅުވައިގެން ދައްކާ ވާހަކަ ދޮގު ކުރަށްވާފައި ވާއިރު، އެއީ ކޮން ވާހަކަ އެއްކަން ވިދާޅު ވެފައެއް ނުވެއެވެ. މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ، […]

އަލީ އާދިލް
އާންމު ހާލަތަށް ދެވެންދެން މިއަދުން ފެށިގެން ކެލާ މިސްކިތް ތަކުގައި ޖަމާއަތް ނުހަދާނެ 📍 ހއ. ކެލާ

އާންމު ހާލަތަށް ދެވެންދެން މިއަދުން ފެށިގެން ކެލާ މިސްކިތް ތަކުގައި ޖަމާއަތް ނުހަދާނެ

ހއ. ކެލާ އިން ކޯވީޑް ކޭސްތަކެއް ފެނިފައި ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ މިއަދުން ފެށިގެން އާންމު ހާލަތަށް އަންނަންދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ކެލާ ކައުންސިލް އިދާރާއިން ހާމަ ކުރަށްވާފައި ވާގޮތުގައި އެރަށުން ގިނަ އަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވް ވުމުން މިއަދު ފަތިސް ނަމާދުން ފެށިގެން އާންމު ހާލަތަށް އަންނަން ދެން އެ ރަށުގެ ހުރިހާ މިސްކިތްތަކެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު […]

ޔުމްނާ ޢަލީ
ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުވެފައިވާ ނަމަ އަމިއްލައަށް ހޯމް ކަރަންޓީންވުމަށް އެދެފި 📍 ހއ. ކެލާ

ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުވެފައިވާ ނަމަ އަމިއްލައަށް ހޯމް ކަރަންޓީންވުމަށް އެދެފި

ހއ. ކެލާ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ބައްދަލުވެފައިވާ ނަމަ އަމިއްލައަށް ހޯމް ކަރަންޓީންވުމަށް އެދެފި އެވެ. ހއ އަތޮޅު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ސަވާރީ ބޯޓުގެ ފަޅުވެރިންނާއި ކެޕްޓަން އަދި ކޭޝިއަރާއި ބައްދަލުވެފައިވާ ނަމަ އަމިއްލައަށް ހޯމް ކަރަންޓީންވުމަށްފަހު 7285536، 9531204، 7285548، 9531203، އަދި 9550053 މި ނަންބަރުތަކުން ނަންބަރަކަށް ގުޅުއްވައި ދެއްވުން އެދޭކަމަށެވެ. މީގެއިތުރުން ހއ އަތޮޅު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރ އިން ބުނެފައިވަނީ މ...

ޔުމްނާ ޢަލީ
ކެލާ ބޯޓުން ދަތުރުކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާ ބޯޓުން ދަތުރުކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާއިން ކޯވިޑް-19 އަށް އިތުރު 9 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް އެކަން ޔަޤީން ކޮށްދެއްވާ ފައެވެ. ގުފްރާން ވިދާޅުވީ ޕޮޒިޓިވްވި އިތުރު 9 މީހުންނަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުން ދަތުރުކުރި ބަޔެއްކަމަށް މަޢުލޫމާތު ދީފައިވެއެވެ. އެމީހުންގެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ގުފްރާން ބުނެފައިވެއެވެ. ގުފްރާން ވިދާޅުވީ އެންމެ ފުރަތަމަ މާލެދަތުރު ކުރާ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޓެސްޓް ކުރީ […]

އިބްރާހިމް އަސްވާޤް
ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ 📍 ހއ. ކެލާ

ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ

ހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައި ވައިވާ، ހއ. ކެލާގެ މި މީހާއަކީ އެ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް […]

ޔުމްނާ ޢަލީ
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް އެކަން ޔަޤީން ކޮށްދެއްވާ ފައެވެ. ގުފްރާން ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފިރިހެނެއްކަމަށެވެ. މިމީހާއަކީ އެރަށުގައި ކަރަންޓީންގައި ހުރި މީހެއް ނޫންކަމަށް ވެސް ގުފްރާން ވިދާޅުވިއެވެ. ގުފްރާން ވިދާޅުވީ އެމީހާ ކޯވިޑަށް ޓެސްޓް ކުރީ ބަލީގެ އަލާމާތް ހުރުމުން ކަމަށެވެ. މިގޮތުން ފުރަތަމަ ނެގި ސާމްޕަލް ނެގިޓިވް ވި ކަމަށާއި، […]

ޔުމްނާ ޢަލީ