މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީ އެޗްއާރުއެފް ސީސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެޗްއާރުއެފް ސީސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އެޗް އާރު އެފް ސީސީ ކަޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ ނޮވެމްބަރ މަހުގެ 01 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓް ކުރެއްވުމަށް ހޯރަފުށީ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވ...

އިބްރާހިމް ޚަލީލް
ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 18000 ކިއުބިކް މީޓަަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން 44 މީޓަރުގެ އެއްގަމުތޮށިލުމާއި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކޮށްފައިވާއިރު 51،587...

އަޙްމަދު ވަހީދު
ހޯރަފުށީ ބަނދަރުން ވިޔަފާރިއަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރުން ވިޔަފާރިއަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގެ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް 05 ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށް ހޯރަފުށީ ކައުންސިލުން ވަނީ ނިންމާފައެވެ. މި ބިންތަކުގެ ތެރޭގައި ހިމެނެނީ ހޯލްސޭލް / ރީޓޭލް (މިކްސްޑް ވިޔަފާރި ) ކުރުމަށް ދޫކުރާ 2267.9 އަކަފޫޓުގެ ބިމަކާއި، ސްޕަމާކެޓް (މިކްސްޑް ވިޔަފާރި) ކުރުމަށް ދޫކުރާ 2267.9 އަކަފޫޓުގެ ބިމަކާއި، ހާޑްވެއާ […]

އިބްރާހިމް ޚަލީލް
ހޯރަފުށީގެ މަލަމަތިން ޤައުމިއްޔަތުގެ ރީތި ނަމޫނާއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މަލަމަތިން ޤައުމިއްޔަތުގެ ރީތި ނަމޫނާއެއް!

ހއ. ހޯރަފުށީގައި ޤައުމީ ބޮޑުދިދައެއް ނަގަައި ޤައުމިއްޔަތުގެ ރީތި ނަމޫނާއެއް ދައްކާލައިފި އެވެ. މި ބޮޑު ދިދަ ނެގުމަށް ހޯރަފުށީ ކައުންސިލް އިދާރާއިން، އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަހްމަދު ނަސީމް، އަދި ހޯރަފުށީދާއިރާގެ އިއްޒަތްތެރި މެމްބަރ އޮނަރަބަލް އަހްމަދު ސަލީމް އެވެ. އެކައުންސިލުން ވިދާޅުވީ، ދިދަ ނެގިފައިވާ މައިދާނުން ފެންނަ ކޮންމެ މަސައްކަތެއް ހާމަކޮށްދެނީ ހޯރަފުށީގެ މަސައްކަތްތެރި ފަންނުވެރިކަމާއި ހުނަރުވެރި...

އިބްރާހިމް އަސްވާޤް
ހޯރަފުށީ މަގުތަކުގައި ތާރު އަޅައި ނިންމާލަައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ މަގުތަކުގައި ތާރު އަޅައި ނިންމާލަައިފި

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މުޅި ޖުމްލަ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 32,821 އަކަމީޓަރުގެ ދުއްވާ ސަރަހައްދު […]

އަޙްމަދު ވަހީދު
އިންސްޕެކްޓަރ އޮފް ޕޮލިސް، ހޯރަފުށި އަހްމަދު މޫސާ ނިޔާވެއްޖެ 📍 ހއ. ހޯރަފުށި

އިންސްޕެކްޓަރ އޮފް ޕޮލިސް، ހޯރަފުށި އަހްމަދު މޫސާ ނިޔާވެއްޖެ

އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު މޫސާ، ހއ. ހޯރަފުށި / ނިކޯޝިއާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަހްމަދު މޫސާ މެދުނުކެނޑި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތް ކުރައްވާފައިވާއިރު، ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓުގައި މަސައްކަތްކުރައްވައި، ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ނިޔާވި، އަހްމ...

މުޙައްމަދު އަފްރާޙް
ހޯރަފުށީ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޮއިންޓް ވެންޗަ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. ހއ. ހޯރަފުށީ ހޮސްޕިޓަލް އައު އިމާރާތުގެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ޖުމްލަ އަގަކީ 85,736,587.55 ރ. ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ހެލްތު މިނިސްޓްރީން އަން...

އަޙްމަދު ވަހީދު
ޚަލީލްގެ ކޮލަމް: ކަމާކަންފަށާ ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

ޚަލީލްގެ ކޮލަމް: ކަމާކަންފަށާ ހޯރަފުއްޓަށް

އެކިއެކި ކަންކަމުގައި މީގެ ކުރިން ތިލަދުންމަތީ އުތުރުބުރީގެ ގިނަ ރަށްތަކަށް ވަނީ ދަތުރު ކުރެވިފައެވެ. ނަމަވެސް ހޯރަފުއްޓަކީ ހއ.އަތޮޅުން ނުދެވޭ މަދު ރަށްތަކުގެ ލިސްޓްގައި ހިމެނޭ ރަށަކަށްވެފައި އެކުވެރިން ވެސް ތިބި ރަށަކަން ވުމުން ހޯރަފުއްޓަށް ގޮސްލަން ނިންމީމެވެ. އާރުޓީއެލް ފެރީގެ ނިޒާމުން ބޮޑުތިލަދުންމަތީ ރަށްތައް ގުޅާލާފައި އޮތުމުން މިހާރު މި ތިން އަތޮޅުގެ ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. ހެޔޮއަގުގައި އެހާއަރާމުގައި ބޭނުން ދުވަހަކަށް ދަތުރު ޕްލޭން ކޮށްލަންވީއެވެ. ރާ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ބިން ހިއްކައި ވަޒީފާގެ ފުރުސަތު އިތުރުކުރާނަން: މުއިއްޒު 📍 ހއ. ހޯރަފުށި

ހޯރަފުށީ ބިން ހިއްކައި ވަޒީފާގެ ފުރުސަތު އިތުރުކުރާނަން: މުއިއްޒު

ހއ. ހޯރަފުށީގައި ބިން ހިއްކައި އެ ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ވަޒީފާގެ ފުރުސަތު ލިބޭނެ އިތުރު މަޝްރޫއުތައް ހިންގަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑު ތިލަދުންމައްޗަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހޯރަފުށީގެ ރައްޔިތުން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރުވެރިކަމާއި ވަޒީފާއާއި އާމްދަނީގެ ފުރުސަތު ކަމަށެވެ. އަދި އެރަށުގައި ގެދޮރ...

މުޙައްމަދު އަފްރާޙް
ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި

ހއ. ހޯރަފުށި އެއާޕޯޓަށް ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓު ރޭ ވަނީ އެ އެއާޕޯޓަށް ޖައްސާފައެވެ. މި ފްލައިޓުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭހެން ވަފުދެއް ރޭ ވަނީ ވަޑަިއގެންފައެވެ. އެ ވަފުދުގައި ހޯރަފުށީ ދާއިރާގެ މެންބަު އަހްމަދު ސަލީމްއާއި ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޒްވީ އާއި ހޯރަފުށީ ކައުންސިލް ގެ ރައީސް މުހައްމަދު ވަހީދު ހިމެނިވަޑައިގެންނެވިއިރު، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ހޯރަފުށީ އެއާޕޯޓު...

މުޙައްމަދު އަފްރާޙް
ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް 📍 ހއ. ދިއްދޫ

ހޯރަފުށީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާއަށް

ހއ.ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ބާރަލާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ހޯރަފުށީ ކުޅިފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ހޯރަފުށީ ބާވީސް ސްޕޯޓްސް ކުލަބާއި ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 19-11 އިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ބާރަލާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ހޭންޑްބޯޅަ މުބާރާތް، ޗެމްޕިއަން ބާވީހުން ފެށީ މޮޅަކުން 📍 ހއ. ހޯރަފުށި

ހޯރަފުށީ ހޭންޑްބޯޅަ މުބާރާތް، ޗެމްޕިއަން ބާވީހުން ފެށީ މޮޅަކުން

ހއ. ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާވީސް ސްޕޯޓްސް ކުލަބުން ހޯރަފުށީ ޕޮލިސް ކްލަބް ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ބާވީސް ސްޕޯޓްސް ކުލަބާއި ހޯރަފުށީ ޕޮލިހެވެ. މި މެޗު 21-09 އިން ކާމިޔާބު ކުރީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]

އިބްރާހިމް ޚަލީލް
ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން ރައީސަށް ސެލިއުޓް ކުރޭ: ވައްޑޭ 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން ރައީސަށް ސެލިއުޓް ކުރޭ: ވައްޑޭ

ތިލަންދުންމަތީ އުތުރުބުރި ހޯރަފުއްޓަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސެލިއުޓް ކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސާލިހު، ހއ. އަތޮޅުގެ ބައެއް ރަަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވައްޑޭ ވިދާޅުވީ މުޅި ރާއްޖެއަށް ވ...

މުޙައްމަދު އަފްރާޙް
ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން: ރައީސް 📍 ހއ. ހޯރަފުށި

ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން: ރައީސް

ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކިފާނު މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ތަރައްގީ އަކީ އަބަދު ވެސް މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށާއި ހޯރަފުށި މީގެ ކުރިން އޮތީ ކިރިޔާ ދިރިއުޅެނ...

މުޙައްމަދު އަފްރާޙް
ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި

ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ކެލާ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރިއެމްބިއުލާންސެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އެ ތިންތަބުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސ...

މުޙައްމަދު އަފްރާޙް