މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 80 ވަނަ ޞަފްޙާ

ބޯންމައުތުން ޔުނައިޓެޑް ރަނގަޅަށް ވެސް ބަލިކޮށްފި

ބޯންމައުތުން ޔުނައިޓެޑް ރަނގަޅަށް ވެސް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު، ބޯންމައުތުން ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޔުނައިޓެޑް ލަދު ގަންނަވާލައިފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބޯންމައުތުން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ބޯންމައުތުގެ ތާރީހުގައި ވެސް ޔުނައިޓެޑް ދަނޑުގައި އެ ޓީމް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބޯންމައުތު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. […]

އިބްރާހިމް ޚަލީލް
ސަލާހް 200 ލަނޑު ހަމަކުރި މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައަށް

ސަލާހް 200 ލަނޑު ހަމަކުރި މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޕެލަސް ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެލަސްއެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މަޓޭޓާއެވެ. މި ޕެނަލްޓީ ޕެލަސްއަށް ދީފައި ވަނީ ލިވަޕޫލްގެ އޭރިއާތެރެއިން އާނޯލްޑް މަޓޭޓާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ލީޑުގައި […]

އިބްރާހިމް ޚަލީލް
ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ލަނޑުޖެހި

ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް ރޮނާލްޑޯ ލަނޑުޖެހި

ރޮނާލްޑޯގެ ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް އޭނާ ލަނޑުޖަހައިފިއެވެ. ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އައް ރިޔާދު ބައްދަލުކޮށް 4-1 ގެ ނަތީޖާއިން ނަސްރު މޮޅުވި މެޗަކީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި އޭނާ ކުޅުނު 1200 ވަނަ މެޗެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިވަގުތު އޮތީ އިންގްލެންޑްގެ ކުރީގެ ގޯލް ކީޕަރ ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ. ރޭ މެޗުގައި ރޮނާލްޑޯ […]

އިބްރާހިމް ޚަލީލް
ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް

ނަޕޯލީ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ނަޕޯލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޔުވެންޓަސް އޮތީ ކުޅުނު 15 މެޗުން ލިބުނު 36 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އިންޓަ މިލާނަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އިންޓަ މިލާނާއި އުދިނޭޒީ ބައްދަލުކުރާ މެޗު ކާމިޔާބު […]

އިބްރާހިމް ޚަލީލް
ވެސްޓްހޭމް އަތުން ވެސް ޓޮޓެންހަމް ބަލިވެއްޖެ

ވެސްޓްހޭމް އަތުން ވެސް ޓޮޓެންހަމް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ފަހަތުން އަރައި ވެސްޓްހޭމުން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ޓޮޓެންހަމުން ލީޑުނެގި ނަމަވެސް ވެސްޓްހޭމުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި (2-1) މެޗުން މޮޅުވެފައެވެ. މި ސީޒަންގެ ފުރަތަމަ ކޮޅު ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މެޗަކަށްފަހު މެޗެއް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. ނަމަވެސް މިހާރު އެ ޓީމްގެ […]

އިބްރާހިމް ޚަލީލް
ނިއުކާސަލް ބަލިކޮށް އެވަޓަން ރެލިގޭޝަން ޒޯނުން ބޭރަށް

ނިއުކާސަލް ބަލިކޮށް އެވަޓަން ރެލިގޭޝަން ޒޯނުން ބޭރަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ނިއުކާސަލް ބައްދަލުކުރި މެޗުން މޮޅުވެ ރެލިގޭޝަން ޒޯނުން ބޭރަށް އެވަޓަން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެވަޓަން އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. ޕްރިމިއާ ލީގުގެ މާލީ އުސޫލުތަކާއި ހިލާފުވުމުން އަދަބެއް ގޮތުގައި 10 ޕޮއިންޓް އެވަޓަން އަތުން އުނިކުރުމުން ރޭ މެޗަށް ނުކުތްއިރު، އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ. ނަމަވެސް ރޭ ހޯދި މޮޅާއިއެކު އެ […]

އިބްރާހިމް ޚަލީލް
ޗެލްސީ ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުން، ވިލާ އަތުން ބަލިވެ ސިޓީ ސޮއްސާލައިފި

ޗެލްސީ ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުން، ވިލާ އަތުން ބަލިވެ ސިޓީ ސޮއްސާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރިއިރު، އެސްޓަން ވިލާ އަތުން ބަލިވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިއްޖެއެވެ. ރޭ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗް ޓެން ހާގަށް ޕްރެޝާ ބޮޑުވެފައިވާ ދަނޑުވަޅުގައި ޗެލްސީ އަތުން މި ލިބުނު މޮޅަކީ އޭނާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. މި […]

އިބްރާހިމް ޚަލީލް
ފަހުވަގުތު ލޫޓަން އަތުން އާސެނަލް މޮޅުކޮށްދިނީ ރައިސް

ފަހުވަގުތު ލޫޓަން އަތުން އާސެނަލް މޮޅުކޮށްދިނީ ރައިސް

އިނިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޑެކްލަން ރައިސް ޖެހި ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ. ޖުމްލަ ހަތްލަނޑު ފެނިގެންދިޔަ މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-3 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އެ ޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން ހޯދި 36 ޕޮއިންޓާއި […]

އިބްރާހިމް ޚަލީލް
ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް ހުރާ އައްޔަ ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް، ރާއްޖޭގެ ގައުމީ ޓީމަށާއި، ފުރަތަމަ ޑިޥިޝަން ގިނަ ޓީމްތަކަކަށް ކުޅެފައިވާ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ. އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދާ ފޯރިގަދަ މި ފުޓްސަލް މުބާރާތަކީ ހުރާގައި ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ދިގު މުއްދަތެއް ފާއިތުވުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް (ހުރާ […]

ޔުމްނާ ޢަލީ
ގްރަނާޑާ ބަލިކޮށް ރެއާލް އަލުން އެއްވަނައަށް

ގްރަނާޑާ ބަލިކޮށް ރެއާލް އަލުން އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން ގްރަނާޑާ ބަލިކޮށްފައެވެ. މި ސީޒަންގައި އަމިއްލަ ދަނޑުގައި ރެއާލުން އަދި މިހާތަނަށް ބަލިވެފައި ނުވެއެވެ. ރޭ މެޗަށް ރެއާލް ނުކުތުމުގެ ކުރިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ގްރަނާޑާއެވެ. އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ. ނަމަވެސް ރޭ މެޗުން މޮޅުވުމުން […]

އިބްރާހިމް ޚަލީލް
ލިވަޕޫލާއި ބްރައިޓަން ދެވަނަ ބުރަށް

ލިވަޕޫލާއި ބްރައިޓަން ދެވަނަ ބުރަށް

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ލިވަޕޫލާއި ބްރައިޓަން ޖާގަ ހޯދައިފިއެވެ. ގްރޫޕް އީގައި ރޭ ލިވަޕޫލާއި ލާސްކް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ލިވަޕޫލެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ކޮންމެ ހާފެއްގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ލުއިސް ޑިއާޒްއެވެ. އޭގެ ތިންމިނެޓް ފަހުން ލިވަޕޫލަށް ދެވަނަ ލަނޑު ޖަހައިދިނީ ގަކްޕޯއެވެ. […]

އިބްރާހިމް ޚަލީލް
އެންމެ މުސްކުޅި އެގާރަ ލައިގެން ފެށި މެޗުން ބަލިވެ ސެވިއްޔާ ކަޓައިފި

އެންމެ މުސްކުޅި އެގާރަ ލައިގެން ފެށި މެޗުން ބަލިވެ ސެވިއްޔާ ކަޓައިފި

އެވްރެޖް އެންމެ ދުވަސްވީ ކުޅުންތެރިން ފުރަތަމަ އެގާރާގައި ހިމަނައިގެން ރޭ ޕީސެސްވީ އެންދޮވެންއާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުތް މެޗުން ސެވިއްޔާ ބަލިވެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ނުލިބި އެ ޓީމް ކަޓައިފިއެވެ. ރޭ މެޗަށް ސެވިއްޔާ ނެރުނު ފުރަތަމަ އެގާރައިގެ އެވްރެޖް އުމުރަކީ 32 އަހަރާއި 19 ދުވަހެވެ. މީގެ ކުރިން އެންމެ ދޮށީ އެގާރައެއް ލައިގެން ޗެމްޕިއަންސް ލީގު މެޗެއް ފެށި ޓީމެއް ގޮތުގައި އޮތީ އިންޓަ މިލާނެވެ. އެ ޓީމުން ވަނީ […]

އިބްރާހިމް ޚަލީލް
ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލުން ނަޕޯލީ ބަލިކޮށްފި

ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލުން ނަޕޯލީ ބަލިކޮށްފި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ރެއާލް މެޑްރިޑުން ނަޕޯލީ ބަލިކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ރެއާލް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ނަމަވެސް ކޯޗް އަންޗެލޮޓީ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ވެސް ވަރުގަދަ ޓީމެއް ނެރެފައެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

އިބްރާހިމް ޚަލީލް
ރަޔޯ ވަޔެކާނޯ އާއި އެއްވަރުވެ ބާސާއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

ރަޔޯ ވަޔެކާނޯ އާއި އެއްވަރުވެ ބާސާއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރުވެ (1-1) ބާސާއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ. މިވަގުތު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ބާސާއަށްވުރެ ދެ މެދު މަދުންކުޅެގެން ވަނީ 28 ޕޮއިންޓް ލިބިފައެވެ. މިރޭ އެތުލެޓިކޯ މެޑްރިޑާއި މަޔޯކާ ބައްދަލުކުރާ މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފިނަމަ ބާސާއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން […]

އިބްރާހިމް ޚަލީލް
ލިވަޕޫލުން ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ލިވަޕޫލުން ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ނަތަން އާކޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑެވެ. މިއީ ހާލްންޑް ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އޭނާ މި އަދަދަށް […]

އިބްރާހިމް ޚަލީލް