މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 81 ވަނަ ޞަފްޙާ

ރޮނާލްޑޯގެ ލަނޑުތަކުން އަލް ނަސްރު މޮޅުވެ ފަރަގު ކުޑަކޮށްފި

ރޮނާލްޑޯގެ ލަނޑުތަކުން އަލް ނަސްރު މޮޅުވެ ފަރަގު ކުޑަކޮށްފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް އަހްދޫދް ކޮޅަށް ރޮނާލްޑޯ ޖެހި ލަނޑުތަކުން އަލް ނަސްރު މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އަލް ހިލާލްއާއި ޕޮއިންޓަކާއި ކައިރިއަށް އެ ޓީމް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި އަލް އަހްދޫދް އާއި ދެކޮޅަށް ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އަލް ނަސްރަށް ފުރަތަމަ ލަނޑު ޖަހައިދިނީ ސަމީ އަލް ނާޖީއެވެ. […]

އިބްރާހިމް ޚަލީލް
ބަޔާންގައި ކޭން ނުހުއްޓުވޭ، ރެކޯޑަކަށް ފަހު ރެކޯޑެއް

ބަޔާންގައި ކޭން ނުހުއްޓުވޭ، ރެކޯޑަކަށް ފަހު ރެކޯޑެއް

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ކޮލޯން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ބަޔާން ކާމިޔާބު ކުރިއިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ލަނޑު ޖެހުމުގެ ރެކޯޑެއް ހަދައިފިއެވެ. ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ދޫކޮށް ބަޔާން އަށް ބަދަލުވި ކޭން އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭ މެޗުގެ ބަޔާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ ކޭންއެވެ. މިއީ […]

އިބްރާހިމް ޚަލީލް
ގްރީސް އިން ފްރާންސް ހުއްޓުވައިފި

ގްރީސް އިން ފްރާންސް ހުއްޓުވައިފި

ޔޫރޯ 2024، ކޮލިފައިންގެ ގްރުޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރީސްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗަށް ފްރާންސް ނުކުތްއިރު އެ ޓީމް އޮތީ ގްރޫޕް ބީގެ އެއްވަނަ ކަށަވަރުކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރު ކޮށްފައެވެ. ވުމާއިއެކު މި މެޗަށް ނެރުނު ފުރަތަމަ އެގާރާގައި ފްރާންސް ޓީމުން، އެ ޓީމްގެ ކެޕްޓަން އެމްބާޕޭ ވެސް ހިމަނާފައި […]

އިބްރާހިމް ޚަލީލް
ކްރޮއޭޝިއާ ޔޫރޯއަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ ޔޫރޯއަށް ކޮލިފައިވެއްޖެ

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ޑީގައި ރޭ ކްރޮއޭޝިއާ އާއި އާމީނިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކްރޮއޭޝިއާ ކޮލިފައިވެއްޖެއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ކްރޮއޭޝިއާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެން ޔޫރޯއިން ޖާގަ ހޯދީ ތުރުކީއެވެ. އެ ޓީމަށް 8 މެޗުން 17 ޕޮއިންޓް ލިބުނުއިރު، ކްރޮއޭޝިއާ ކޮލިފައިވީ މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. […]

އިބްރާހިމް ޚަލީލް
އޮސްޓްރިއާ އަތުން ޖަރުމަނު ބަލިވެ، ކޯޗް ނާގަލްސްމަން ޕްރެޝަރަށް

އޮސްޓްރިއާ އަތުން ޖަރުމަނު ބަލިވެ، ކޯޗް ނާގަލްސްމަން ޕްރެޝަރަށް

ބައިނަލް އަގުވާމީ ރަހުމަތްތެރި ކަމުގެ މެޗުގައި އޮސްޓްރިއާ އަތުން ޖަރުމަނު ބަލިވެއްޖެއެވެ. ރޭ އޮސްޓްރިއާ އަތުން ޖަރުމަނު ބަލިވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ޖަރުމަނުގެ ކޯޗުކަން ނާގަލްސްމަން އާއި ހަވާލުކުރީ މި އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޭރު އެ މަގާމުގައި ހުރި ހަންސީ ފްލިކްއަށް އެ މަގާމު ގެއްލުނީ ނަތީޖާތައް މާ ބޮޑަށް ދަށްވުމާއި ގުޅިގެންނެވެ. އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނުގައި ބާއްވާއިރު، ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ […]

އިބްރާހިމް ޚަލީލް
ޔުކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަން އިޓަލީ ޔޫރޯއަށް

ޔުކްރެއިން އަތުން ޕޮއިންޓެއް ހޯދައިގެން ޗެމްޕިއަން އިޓަލީ ޔޫރޯއަށް

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ޔުކްރެއިންއާއި އިޓަލީ ބައްދަލުކުރި މެޗު އެއްވަރު ވުމުން އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮލިފައި ވެއްޖެއެވެ. ޔުކްރެއިންގައި ހިގަމުންދާ ހަނގުރާމައިގެ ސަބަބުން ޔުއެފާއިން އެ ގައުމުގައި މެޗުތައް ކުޅުން މެދުކަނޑާލާފައި އޮތުމުން، ރޭ ޔުކްރެއިންގެ ހޯމް މެޗު ކުޅެފައި ވަނީ ޖަރުމަނުގައެވެ. މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. […]

އިބްރާހިމް ޚަލީލް
ކަކުލަށް އަނިޔާވެ ގަވީ އަށް ސީޒަން ނިމިއްޖެ

ކަކުލަށް އަނިޔާވެ ގަވީ އަށް ސީޒަން ނިމިއްޖެ

ސްޕެއިން އަދި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރ ގަވީގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި ދެން އޭނާއަށް ނުކުޅެވޭނެކަން ބާސާއިން ޔަގީންކޮށްދީފިއެވެ. އުމުރުން 19 އަހަރުގެ ގަވީގެ ކަނާއަތު ފައިގެ ކަކުލަށް އަނިޔާވެފައި ވަނީ ޔޫރޯ ކޮލިފައިންގައި ރޭ ޖޯޖިއާ އަތުން ސްޕެއިން މޮޅުވި މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 26 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި އިރު ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ. ބާސާއިން ބުނީ ގަވީގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް ސާޖަރީ […]

އިބްރާހިމް ޚަލީލް
ލުކަކޫގެ ހަތަރު ލަނޑުން ބެލްޖިއަމުން އަޒަރުބައިޖާން ބަލިކޮށްފި

ލުކަކޫގެ ހަތަރު ލަނޑުން ބެލްޖިއަމުން އަޒަރުބައިޖާން ބަލިކޮށްފި

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އެފްގައި ރޭ ބެލްޖިއަމްއާއި އަޒަރުބައިޖާން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ބެލްޖިއަމުން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ހަތަރު ލަނޑުވެސް ޖަހައިދިނީ މިވަގުތު ފޯމްގައި ހުރި ފޯވާޑް ލުކަކޫއެވެ. މި ލަނޑުތަކާއިއެކު ކޮލިފައިންގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް […]

އިބްރާހިމް ޚަލީލް
ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފި

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފި

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގައި ކުޅުނު އަށް މެޗުވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑާއި އެކު ޕޯޗުގަލް އިން ކޮލިފައިން ނިންމާލައިފިއެވެ. ރޭ ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް އަމިއްލަ ގައުމުގައި ނުކުތީ އައިސްލެންޑާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލް އެވެ. ކޮލިފައިންގައި ޕޯޗުގަލް އޮތީ ގްރޫޕް ޖޭގައެވެ. 10 މެޗުން 30 ޕޮއިންޓް ހޯދައިގެން އެއްވަނަ ޓީމް ގޮތުގައި ޕޯޗުގަލް ކޮލިފައިވީއިރު، ދެވަނަ ހޯދީ ސްލޮވާކިއާއެވެ. ރޭ ޕޯޗުގަލް […]

އިބްރާހިމް ޚަލީލް
ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ

ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ސްޕެއިނުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ސްޕެއިން އޮތީ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ވަނީ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެ ނޯމަންޑްއެވެ. ސްޕެއިނުން ލަނޑުޖެހިތާ ހަ […]

އިބްރާހިމް ޚަލީލް
ނެދަލެންޑްސް ޔޫރޯއަށް ކޮލިފައިވެއްޖެ

ނެދަލެންޑްސް ޔޫރޯއަށް ކޮލިފައިވެއްޖެ

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯއަށް ކޮލިފައި ވެއްޖެއެވެ. ރޭ ނެދަލެންޑްސްގެ ޖޯން ކްރައިފް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑ 11 ވަނަ މިނެޓުގައި ސްޓެފަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވުޓް ވެގްހޮސްޓެވެ. ނެދަލެޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި […]

އިބްރާހިމް ޚަލީލް
އެކުވެރިކަމުގެ މެޗުގައި ތުރުކީން ފަހަތުން އަރައި ޖަރުމަނު ބަލިކޮށްފި

އެކުވެރިކަމުގެ މެޗުގައި ތުރުކީން ފަހަތުން އަރައި ޖަރުމަނު ބަލިކޮށްފި

އެކުވެރިކަމުގެ މެޗުގައި ރޭ ތުރުކީން ޖަރުމަނު ބަލިކޮށްފިއެވެ. އަމިއްލަ ގައުމުގައި ޖަރުމަނު ތުރުކީއަތުން ބަލިވީ 3-2 ގެ ނަތީޖާއިންނެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހު ޖަރުމަނުގެ ކޯޗްކަމާއި ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމް ބަލިވި ފުރަތަމަ މެޗެވެ. މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުން ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އެމެރިކާއާއި ބައްދަލުކޮށް މޮޅުވިއިރު ދެވަނަ މެޗުގައި މެކްސިކޯއާއި ވީއެއްވަރެވެ. ތިންވަނަ މެޗުގައި ރޭ ވަނީ ބަލިވެފައެވެ. ނާގަލްސްމަންއާއި ޖަރު...

އިބްރާހިމް ޚަލީލް
ފްރާންސުން ޖިބްރާލްޓާ ކޮޅަށް 14 ލަނޑު

ފްރާންސުން ޖިބްރާލްޓާ ކޮޅަށް 14 ލަނޑު

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ފްރާންސާއި ޖިބްރާލްޓާ ބައްދަލުކުރި މެޗު، 14-0 ގެ ނަތީޖާއިން ފްރާންސް ކާމިޔާބު ކޮށްފިއެވެ. މިއީ ބައިނަލްއަގުވާމީ މެޗެއްގައި ފްރާންސުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. މި މެޗަށް ނުކުތްއިރު ވެސް ފްރާންސް އޮތީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއަށް ކޮލިފައިވެފައެވެ. ނަމަވެސް އެ ޓީމުން މި މެޗުގެ ފުރަތަމަ އެގާރާގައި ވަނީ އެމްބާޕޭއާއި ގްރިޒްމަން އަދި ކިންގްސްލީ ކޮމަން ފަދަ ކުޅުންތެރިން ހިމަނާފައެވެ. އަމިއްލަ […]

އިބްރާހިމް ޚަލީލް
ނަތީޖާތައް ދައްވެ ޔޫނިއަން ބާލިންގެ ކޯޗް މަގާމުން ވަކިކޮށްފި

ނަތީޖާތައް ދައްވެ ޔޫނިއަން ބާލިންގެ ކޯޗް މަގާމުން ވަކިކޮށްފި

ޖަރުމަނު ލީގުގައި ވާދަކުރަމުން އަންނަ ޔޫނިއަން ބާލިންގެ ނަތީޖާތައް ދައްވެ، އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި އާސް ފިޝާ އެ މަގާމުން ވަކިކޮށްފިއެވެ. ފިޝާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އެ ޓީމު ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގުގައި 11 މެޗު ކުޅުނު އިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. ހަ ޕޮއިންޓާއިއެކު މިވަގުތު އެ ޓީމް އޮތީ ތާވަލުގެ ފުލުގައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް އެ ޓީމުން […]

އިބްރާހިމް ޚަލީލް
ގާސިއާ ވަކިކޮށް ނަޕޯލީގެ ކޯޗުކަން މަޒާރީއަށް

ގާސިއާ ވަކިކޮށް ނަޕޯލީގެ ކޯޗުކަން މަޒާރީއަށް

ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރި ރުޑި ގާސިއާ އެ މަގާމުން ވަކިކޮށް އައު ކޯޗަކަށް ވޯލްޓާ މަޒާރީ ހަމަޖައްސައިފިއެވެ. ނިމިދިޔަ ސީޒަންގައި ނަޕޯލީގެ ކޯޗުގެ މަގާމުގައި ހުރީ ލޫސިއާނޯ ސްޕަލެޓީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ނަޕޯލީން ވަނީ 33 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ސީޒަން ނިމުމާއިއެކު ސްޕަލެޓީ ވަނީ އެ މަގާމުން ވަކިވެފައެވެ. އޭނާ ވަކިވުމުން ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖެއްސީ މިދިޔަ ޖޫން މަހުއެވެ. ގާސިއާގެ އިރުޝާދުގެ […]

އިބްރާހިމް ޚަލީލް