މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 82 ވަނަ ޞަފްޙާ

ލެވަންޑޯސްކީގެ ލަނޑުތަކުން ބާސާއަށް މުހިންމު މޮޅެއް

ލެވަންޑޯސްކީގެ ލަނޑުތަކުން ބާސާއަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ އަލަވޭސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި (2-1) ލަނޑު ޖަހައިގެންނެވެ. އަލަވޭސް އިން ވަނީ މެޗު ފެށިތާ 18 ސިކުންތުތެރޭ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހާވީ ލޮޕޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އޮމޮރޮޑިއޮންއެވެ. މިއީ މި ގަރުނުގައި ވެސް ލީގު މެޗެއްގައި ބާސާ ދަނޑުގައި […]

އިބްރާހިމް ޚަލީލް
ވިނީއާއި ރޮޑްރިގޯގެ ލަނޑުތަކުން ރެއާލުން ފަސޭހަކަމާއިއެކު ވެލެންސިއާ ބަލިކޮށްފި

ވިނީއާއި ރޮޑްރިގޯގެ ލަނޑުތަކުން ރެއާލުން ފަސޭހަކަމާއިއެކު ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 5-1 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެނީ ކަރަވަހާލްއެވެ. ރެއާލުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންގްލެންޑް މިޑްފީލްޑަރ ޖޫޑް ބެލިންހަމް ކޮނޑަށް ލިބިފައިވާ […]

އިބްރާހިމް ޚަލީލް
ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި

ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި

ހަތިޔާރު އެޅި ގްރޫޕަކުން ހައްޔަރުކުރި ލިވަޕޫލްގެ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފިއެވެ. ޑިއާޒްގެ ބައްޕަ ރަހީނު ކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ “ނެޝަނަލް ލިބަރޭޝަން އާމީ” (އީއެލްއެން) އެވެ. ކޮލަމްބިއާގައި ޑިއާޒްގެ ބައްޕައާއި މަންމަ ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ. ރަހީނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުން މަންމަ...

އިބްރާހިމް ޚަލީލް
ވަޔެކާނޯ އާއި އެއްވަރުވެ ރެއާލުން ފުރުޞަތު ނަގާލައިފި

ވަޔެކާނޯ އާއި އެއްވަރުވެ ރެއާލުން ފުރުޞަތު ނަގާލައިފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަރެކާނޯ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ. ރެއާލުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމް (0-0) އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށް ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ރެއާލަށް އޮތެވެ. ނަމަވެސް ރޭ ދެ […]

އިބްރާހިމް ޚަލީލް
ފަހުވަގުތު އަރައުހޯ ޖެހި ލަނޑުން ބާސާއަށް މުހިންމު މޮޅެއް

ފަހުވަގުތު އަރައުހޯ ޖެހި ލަނޑުން ބާސާއަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭ ރޮނާލްޑް އަރައުހޯ ލަނޑުޖަހައި (1-0) ބާސާ މޮޅުކޮށްދީފިއެވެ. ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ވެސް ތަނަވަސް ކޮށްފައި ވަނީ ސޮސިއެޑާޑުންނެވެ. މިގޮތުން އެ ޓީމްގެ އެ ޓީމްގެ ކުބޯއާއި ޒުބި […]

އިބްރާހިމް ޚަލީލް
ރެއާލްގެ ކޮންޓްރެކްޓް ރޮޑްރިގޯ އައުކޮށްފި

ރެއާލްގެ ކޮންޓްރެކްޓް ރޮޑްރިގޯ އައުކޮށްފި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ބްރެޒިލްގެ ހުނަރުވެރު ފޯވާޑް ރޮޑްރިގޯ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. ރޮޑްރިގޯ ރެއާލާއި ގުޅިފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގައި ބްރެޒިލްގެ ސަންޓޯސްއިންނެވެ. ރެއާލާއިއެކު އޭނާ ހަދާފައިވާ އައު އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމްގައި މަޑުކުރާނެއެވެ. ރޮޑްރިގޯ މިހާތަނަށް ރެއާލަށް 179 މެޗު ވަނީ ކުޅެފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ 39 ލަނޑު ޖަހާފައެވެ. […]

އިބްރާހިމް ޚަލީލް
2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީގައި ބާއްވަން ނިންމައިފި

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީގައި ބާއްވަން ނިންމައިފި

2034 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސައުދީ އަރަބިޔާގައި ބާއްވަން ނިންމައިފިއެވެ. ވޯލްޑް ކަޕް 2034 ބޭއްވުމަށް ބިޑްކުރަން ބޭނުންވާ ގައުމުތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފީފާ އިން ދިން މުއްދަތު އަންގާރަ ދުވަހަށް ހަމަވެފައިވާއިރު އެކަމަށް ކުރިމަތިލާފައި ވަނީ ވެސް ސައުދީން އެކަންޏެވެ. އެ އަހަރުގެ މުބާރާތް  އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކަށް ހޯސްޓް ކުރުމުގެ ފުރުޞަތު ފީފާއިން ހާއްސަ ކުރުމުން، މުބާރާތް ހޯސްޓް ކުރުމަށް އޮސްޓްރޭލިއާއިން ވެސް ތައްޔާރުވިއެވެ. […]

އިބްރާހިމް ޚަލީލް
ވިނީސިއަސްގެ ކޮންޓްރެކްޓް ރެއާލުން އައުކޮށްފި

ވިނީސިއަސްގެ ކޮންޓްރެކްޓް ރެއާލުން އައުކޮށްފި

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ބްރެޒިލް ފޯވާޑް ވިނީސިއަސް ޖޫނިއާ އާއި އެކު އެ ކުލަބުން ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ. ވިނީސިއަސް ރެއާލާއި ގުޅިފައި ވަނީ 2018 ވަނަ އަހަރު ބްރެޒިލްގެ ފްލެމިންގޯއިންނެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ. ރެއާލާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ މިވަނީ އިތުރު ތިން އަހަރު ރެއާލުގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓް އައުކޮށްފައެވެ. ވުމާއިއެކު އޭނާ 2027 […]

އިބްރާހިމް ޚަލީލް
މެސީ އަށްވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފި

މެސީ އަށްވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފި

ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯޅަ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް އަށްވަނަ ފަހަރަށް އެމެރިކާ ލީގުގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ކާމިޔާބު ކޮށްފިއެވެ. މިއީ މެސީ މި އެވޯޑް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. އެންމެ ގިނައިން މި އެވޯޑް ކާމިޔާބު ކުރުމުގެ ރެކޯޑް މެސީއަތުގައި އޮތްއިރު، ދެން މި އެވޯޑް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ […]

އިބްރާހިމް ޚަލީލް
ހާލަންޑްގެ ލަނޑުތަކުން ސިޓީން ޔުނައިޓެޑް ބަލިކޮށްފި

ހާލަންޑްގެ ލަނޑުތަކުން ސިޓީން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި (މެންޗެސްޓާ ޑާބީ)’ މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް އެ ޓީންގެ ފިލް ފޮޑެންއަށް ލިބިގެންދިޔައެވެ. ރޮޑްރީ ޔުނައިޓެޑްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ވޯލްކާ ބޮލުން ހުސްކޮށްހުރި […]

އިބްރާހިމް ޚަލީލް
ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ސްޕެނިޝް ލަލީގާގައި ރޭ ވާދަވެރި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި، އެލް ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ މެޗު ރެއާލުން ކާމިޔާބުކުރީ ބާސާ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. ރޭ މެޗު ބާސާއިން ފެށީ ގޯލަކުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އިލިކާއީ ގުންޑޮގަންއެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން […]

އިބްރާހިމް ޚަލީލް
ލުކަކޫ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި

ލުކަކޫ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި

ޔޫރަޕްގައި ވިދިވިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ރޯމާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކަކޫ މުގުރާލައިފިއެވެ. ރޭ ޔޫރޮޕާ ލީގުގެ ގްރޫޕް ޖީގައި ރޯމާއާއި ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ރޯމާ ކާމިޔާބު ކުރިއިރު މި މެޗުގައި ރޯމާއަށް ދެވަނަ ލަނޑު ޖަހައިދިނީ ލުކަކޫއެވެ. ކުރިން ޔުއެފާ މުބާރާތެއްގައި ވިދިވިގެން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އޭނާ ވަނީ އެގާރަ […]

އިބްރާހިމް ޚަލީލް
ބްރައިޓަން އަށް ޔޫރަޕުގައި ފުރަތަމަ މޮޅު

ބްރައިޓަން އަށް ޔޫރަޕުގައި ފުރަތަމަ މޮޅު

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ބީގައި ރޭ ބްރައިޓަންއާއި އަޔެކްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ތާރީހީ މޮޅެއް ބްރައިޓަން އިން ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަން އިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ ބްރައިޓަންގެ ތާރީހުގައި ވެސް ޔުއެފާގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޔޫރޮޕާ ލީގް ގްރޫޕް ބީގައި ބްރައިޓަން ކުޅުނު ފުރަތަމަ މެޗުން އޭއީކޭ އެތެންސް އަތުން ބަލިވިއިރު، މާސޭއަތުން ވީ އެއްވަރެވެ. ނަމަވެސް […]

އިބްރާހިމް ޚަލީލް
"ޒީރޯ" ގައި ތިބި އޮނާނާ އާއި މެގުއާ އެންމެ ފަހުން ހީރޯއިންނަށް

"ޒީރޯ" ގައި ތިބި އޮނާނާ އާއި މެގުއާ އެންމެ ފަހުން ހީރޯއިންނަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި މެންޗެސްޓާ ޔުނައިޓެޑާއި ކޯޕެންހޭގަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ކޯޕެންހޭގަން މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ބައެއް މެޗުތަކުގައި ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއާ އާއި ކީޕަރ އޮނާނާއަށް ފާއިތުވި ދުވަސްތަކުގައި ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައެވެ. […]

އިބްރާހިމް ޚަލީލް
ބެލިންހަމް ލަނޑުން ރެއާލުން ބްރާގާ ބަލިކޮށްފި

ބެލިންހަމް ލަނޑުން ރެއާލުން ބްރާގާ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ރެއާލް މެޑްރިޑާއި ބްރާގާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ބްރާގާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ވަނީ 2-1 ގެ ނަތީޖާއިން ބްރާގާ މައްޗަށް ކުރި ހޯދާފައެވެ. މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ވިނީސިއަސް ބްރާގާގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ރޮޑްރިގޯ ވަނީ ޓެކުލްކޮށް ބޯޅައިގައި ޖައްސައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް