މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 79 ވަނަ ޞަފްޙާ

ފަހުވަގުތު ޕެލަސް އިން ސިޓީ ހުއްޓުވައިފި

ފަހުވަގުތު ޕެލަސް އިން ސިޓީ ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ މޮޅުވާން ދަނިކޮށް އިތުރު ވަގުތު ޕެލަސް އިން ލަނޑުޖަހައި ސިޓީ ހުއްޓުވައިފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ ސިޓީ ލީގުގައި މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ވެލެންސިއާ އަތުން ވެސް ބާސާއަށް މޮޅެއް ނުވެވުނު

ވެލެންސިއާ އަތުން ވެސް ބާސާއަށް މޮޅެއް ނުވެވުނު

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ބާސާއަށް ގެއްލިއްޖެއެވެ. ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ މޮޅެއް ނުލިބި ބާސާ ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ. ފާއިތުވި ހަފްތާގައި ލީގުގައި ޖިރޯނާ އަތުން އަމިއްލަ ދަނޑުގައި ބާސާ ބަލިވިއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރޯޔަލް އެންޓްވަޕް އަތުން ވެސް ބާސާ ވަނީ […]

އިބްރާހިމް ޚަލީލް
ފޮރެސްޓް ބަލިކޮށް ޓޮޓެންހަމުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި

ފޮރެސްޓް ބަލިކޮށް ޓޮޓެންހަމުން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައ ރޭ ޓޮޓެންހަމާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ގަދަހަތަރެއްގެ އުންމީދު ޓޮޓެންހަމުން ދަމަހައްޓައިފިއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޓޮޓެންހަމް މިވަގުތު އޮތީ ފަސްވަނާގައެވެ. އެ ޓީމަށް 17 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ސިޓީއަށް ވެސް ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލަސްއާއި […]

އިބްރާހިމް ޚަލީލް
މިލާން އަތުން ބަލިވެ ނިއުކާސަލް ވެސް ޔޫރަޕުން ބޭރަށް

މިލާން އަތުން ބަލިވެ ނިއުކާސަލް ވެސް ޔޫރަޕުން ބޭރަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ އޭސީ މިލާނާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުން، ނިއުކާސަލް ބަލިވުމުން ގްރޫޕްގެ ފުލަށް ވެއްޓި ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމް ބޭރުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި މިލާން އަތުން ނިއުކާސަލް ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ބްރޫޝިއާ ޑޯޓްމަންޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއިއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން […]

އިބްރާހިމް ޚަލީލް
ހުރާ އައްޔަ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖޯކާސްއިން ހޯދައިފި

ހުރާ އައްޔަ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖޯކާސްއިން ހޯދައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް، ކުރީގެ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ޓީމް ޖޯކާސްއިން ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ޓީމް ޖޯކާސްއިން ހޯދީ ފައިނަލް މެޗުގައި ތަޖުރިބާކަރު މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމް ތުރީޑީ އާއި ދެކޮޅަށް ކުޅެ މެޗު ފުރިހަމަ ވަގުތުގައި 3-2 ގެ ނަތީޖާ […]

ޔުމްނާ ޢަލީ
ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ރެއާލުން ކާމިޔާބުކޮށްފި

ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ރެއާލުން ކާމިޔާބުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ސްޓޭޖް ފަހުމެޗަށް ރޭ ރެއާލުން ޔޫނިއަން ބާލިންއާއި ދެކޮޅަށް ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައެވެ. ރޭ ޔޫނިއަން ބާލިން ދަނޑުގައި ކުޅުނު މެޗު ރެއާލުން ވަނީ 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓް ރެއާލުން ހަމަކުރިއިރު، ގްރޫޕް ސީގެ ދެވަނަ […]

އިބްރާހިމް ޚަލީލް
ބަޔާން އަތުން ބަލިވެ ޔުނައިޓެޑް ޔޫރަޕުން ބޭރުވެއްޖެ

ބަޔާން އަތުން ބަލިވެ ޔުނައިޓެޑް ޔޫރަޕުން ބޭރުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ ބަޔާން މިއުނިކް އަތުން ބަލިވެ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިނުވެ މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ. ރޭ މޮޅުވުން މަޖުބޫރު މެޗުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން ބަޔާން އަތުން ބަލިވެފައެވެ. މި ބައްޔާއިއެކު ގްރޫޕްގެ ފުލަށް ވެއްޓި ޔުނައިޓެޑަށް ވަނީ ޔޫރޮޕާ ލީގުން ވެސް ޖާގަ ގެއްލިފައެވެ. ރޭ މެޗަށް ބަޔާން ނުކުތްއިރު ވެސް އެ ޓީމް އޮތީ ގްރޫޕްގެ […]

އިބްރާހިމް ޚަލީލް
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޮސީމެން ހޯދައިފި

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޮސީމެން ހޯދައިފި

އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ކޮންމެ އަހަރަކު އެއްފަހަރު ހޮވާ އެފްރިކާ ބައްރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ހޯދައިފިއެވެ. ފާއިތުވި އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ފަހަރަށް އޮސީމެން ހޯދިއިރު، އޭނާގެ ފަހަތުން މި މަގާމަށް ވާދަކޮށްފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މުހައްމަދު ސަލާހް އާއި ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީއެވެ....

އިބްރާހިމް ޚަލީލް
ރޮނާލްޑޯ މި އަހަރު 50 ލަނޑު ޖަހައިފި

ރޮނާލްޑޯ މި އަހަރު 50 ލަނޑު ޖަހައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ މި އަހަރު 50 ވަނަ ލަނޑުޖެހި މެޗުން އަލް ނަސްރު މޮޅުވެއްޖެއެވެ. ރޭ ކިންގް ކަޕް ކްއާޓާ ފައިނަލުގައި އަލް ނަސްރާއި އަލް ޝަބާބް ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ނަސްރުން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ނަސްރުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ފޮފާނާއެވެ. އޭގެ ހަތް މިނެޓް ފަހުން ޝަބާބުގެ ކަވާލިއޯ ލަނޑުޖަހައި […]

އިބްރާހިމް ޚަލީލް
ހުރާ އައްޔަ ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ޓީމް ތްރީޑީ އާއި ޓީމް ޖޯކާސް

ހުރާ އައްޔަ ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ޓީމް ތްރީޑީ އާއި ޓީމް ޖޯކާސް

ދިވެހި ފުޓްބޯޅަ ލެޖެންޑް، ރާއްޖޭގެ ގައުމީ ޓީމަށާއި، ފުރަތަމަ ޑިޥިޝަން ގިނަ ޓީމްތަކަކަށް ކުޅެފައިވާ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލަށް ހުރާގެ ދެ ޓީމު ކަމުގައިވާ ޓީމް ތްރީޑީ އާއި ޓީމް ޖޯކާސް ދަތުރުކޮށްފިއެވެ. ފުޓްސަލްގައި އަރަމުން އަންނަ ތަރިއެއްކަމުގައިވާ މުޙައްމަދު މަޒީން(ޗޮޕޭ) އާއި ވަރަށް […]

ޔުމްނާ ޢަލީ
މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ސިޓީއާއި ޓޮޓެންހަމަށް މޮޅެއް

މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ސިޓީއާއި ޓޮޓެންހަމަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމަށް މޮޅެއް ނުލިބި މެޗުތަކެއް ދިއުމަށް ފަހު ރޭ މޮޅެއް ލިބިއްޖެއެވެ. މި ދެ ޓީމަކީ ވެސް ލީގު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ. ނަމަވެސް ޓޮޓެންހަމް ރޭ މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އެ ޓީމަށް އޮތީ މޮޅެއް ނުލިބިއެވެ. ސިޓީ ވެސް ރޭ މެޗަށް ނުކުތްއިރު އޮތީ ހަމަ މިފަދަ ހާލަތެއްގައެވެ. އެންމެ ފަހުން ކުޅުނު ހަތަރު […]

އިބްރާހިމް ޚަލީލް
ބާސާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ އެއްވަނައަށް

ބާސާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ އެއްވަނައަށް

ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން ހޯދި ތާރީހީ މޮޅާއިއެކު ޖިރޯނާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މެޗު ޖިރޯނާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ. މިއީ ތާރީހުގައި ވެސް ޖިރޯނާއަށް ބާސާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ބާސާއަށް 16 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު 15 މެޗުން ހޯދި 34 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑް […]

އިބްރާހިމް ޚަލީލް
އެވަޓަން އަތުން ވެސް ޗެލްސީ ބަލިވެއްޖެ

އެވަޓަން އަތުން ވެސް ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗުން ވެސް ޗެލްސީ ބަލިވެއްޖއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ލީގުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފައެވެ. މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ މިވަގުތު އޮތީ ވެސް ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ […]

އިބްރާހިމް ޚަލީލް
ބެޓިސްއާއި އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެ

ބެޓިސްއާއި އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ރެއާލަށް ވަނީ ކުރިމަތިވެފައެވެ. މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރާ މެޗުން ޖިރޯނާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ ލިބޭނީ ޖިރޯނާއަށެވެ. މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލާއިރު، […]

އިބްރާހިމް ޚަލީލް
ފްރޭންކްފާޓުން ބަޔާން ލަދުގަންނަވާލައިފި

ފްރޭންކްފާޓުން ބަޔާން ލަދުގަންނަވާލައިފި

ޖަރުމަނު ލީގުގައި ރޭ ފްރޭންކްފާޓާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކަށް ލަދުވެތި ބައްޔަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-1 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ފްރޭންކްފާޓުން ވަނީ 2019/20 ވަނަ ސީޒަންގައި ވެސް އަމިއްލަ ދަނޑުގައި މި ނަތީޖާއިން ބަޔާން ބަލިކޮށްފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތް ފްރޭންކްފާޓަށް މި ނަތީޖާއަކީ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ. މިއީ […]

އިބްރާހިމް ޚަލީލް