އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި ވިގަން އެތުލެޓިކް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ ވިގަންގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ގޯލު އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްއިރު، ކުޑަ އޭރިއާތެރެއިން […]
އިބްރާހިމް ޚަލީލް
ބްރެޒިލް ލީގުގެ ސައުޕޯލޯގެ ކޯޗުގެ މަގާމުގައި ހުރި ޑޮރިވާލް ޖޫނިއާ ބްރެޒިލްގެ އައު ކޯޗަކަށް ހަމަޖައްސައިފިއެވެ. އުމުރުން 61 އަހަރުގެ ޑޮރިވާލް ބްރެޒިލްގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވާކަން ފުރަތަމަ އިއުލާން ކޮށްފައި ވަނީ، އޭނާ ކޯޗުކޮށްދެމުން އައި ސައުޕޯލޯއިންނެވެ. ބްރެޒިލްގެ ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ޑިނީޒް ދާދި ފަހުން އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން ފަހުން ކުޅުނު މެޗުތަކުގައި ބްރެޒިލްގެ ނަތީޖާތައް ދަށްވުމާއި ގުޅިގެންނެވެ. މިދިޔަ ނޮވެމްބަރ މަހު ވޯލްޑް ކަޕް […]
އިބްރާހިމް ޚަލީލް
އިނގިރޭސި އެފްއޭކަޕް ތިންވަނަ ބުރުގައި ލިވަޕޫލް އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން އެ ޓީމް ބަލިވީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހަކުން އާސެނަލަށް ކައިރިކައިރީގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ފަހިވިއެވެ. ހަވާޓްޒް ލިވަޕޫލްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސަކާއަށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް އެ ބޯޅަ ބޮލޮކްވެ ބޭރަށް ނުކުތްވަގުތު […]
އިބްރާހިމް ޚަލީލް
އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ކުޅުނު މެޗުތަކުން މޮޅުވެ ނިއުކާސަލްއާއި ޗެލްސީން ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ސަންޑަލޭންޑްގެ ދަނޑުގައި ނިއުކާސަލުން ވަނީ 3- ގެ ނަތީޖާއިން އެ ޓީމް ބަލިކޮށްފައެވެ. މި މެޗުގެ ނިއުކާސަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ސަންޑަލޭންޑްގެ ޑެނިއަލް ބަލާޑް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ނިއުކާސަލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ އެލެކްސެންޑާ އިސަކްއެވެ. އޭނާ ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުން ބާސާ މޮޅުވެއްޖެއެވެ. ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތައް ހޯދީ ލަސް ޕަލްމާސް އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ވެސް ނެގީ އެ ޓީމުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ބާސާއަށް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާއިން ފަހުވަގުތު އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމް އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ޖުމްލަ ފަސް ލަނޑު ފެނިގެން ގޮސްފައެވެ. ފުރަތަމަ ލަނޑު ޖިރޯނާއިން ޖެހިއިރު، މި ލަނޑު ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފެނާންޑޭޒް އެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި މޮރާޓާ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ލިވަޕޫލަށް ލިބުނެވެ. ޑިއާޒްއަށް ނިއުކާސަލްގެ އޭރިއާތެރެއިން ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ސަލާހް ފޮނުވާލިއިރު އެ ޕެނަލްޓީ ނިއުކާސަލްގެ […]
އިބްރާހިމް ޚަލީލް
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރ ވެން ޑަ ބީކް ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ފްރޭންކްފާޓަށް ބަދަލު ވެއްޖެއެވެ. އުމުރުން 26 އަހަރުގެ ވެން ޑަ ބީކް ފްރޭންކްފާޓަށް ބަދަލުވެފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ސީޒަން ނިމުމުން އޭނާ ގަތުމަށް ފްރޭންކްފާޓުން ބޭނުން ވެއްޖެނަމަ އެކަން ކުރެވޭނެ މާއްދާ އެއްބަސް ވުމުގައި ވަނީ ހިމަނާފައެވެ. ވެން ޑަ ބީކް ޔުނައިޓެޑާއި ގުޅިފައި ވަނީ 35 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި 2020 ވަނަ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ. މިރޭ ފުލަމްގެ ފަނޑުގައި ކުޅުނު މެޗުގައި ފުލަމް އިން އާސެނަލްގެ މައްޗަށް ކުރި ހޯދީ އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އޮތެވެ. ނަމަވެސް މި ބައްޔާއިއެކު އެ ޓީމް ވަނީ […]
އިބްރާހިމް ޚަލީލް
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދެމުން އަންނަ އުމުރުން 64 އަހަރުގެ ކާލޯ އަންޗެލޮޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އިންގްލެންޑްގެ އެވަޓަން ދޫކޮށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރުއެވެ. އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އައު އެއްބަސްވުމުގެ ދަށުން އޭނާ ރެއާލުގައި އިތުރު ދެ އަހަރު މަޑުކުރާނެއެވެ. ވުމާއިއެކު އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ […]
އިބްރާހިމް ޚަލީލް
ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރުއްގަނޑު އެފްސީ ހޯދައިފިއެވެ. އިއްޔެ ހަވީރު ނޭކުރެންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރުއްގަނޑު އެފްސީއާއި ކްލަބް ސިވިކް އެވެ. ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރުއްގަނޑު އެފްސީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަކްރަމް އަބް...
އިބްރާހިމް ޚަލީލް
ދުނިޔޭގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ބާއްވާ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ. ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗުގައި ސިޓީއާއި ބައްދަލު ކޮށްފައ ވަނީ ބްރެޒިލްގެ ފްލުމިނެންސޭ އެވެ. މި މެޗު ސިޓީން ވަނީ ފަސޭހަކަމާއި އެކު (4-0) ކާމިޔާބު ކޮށްފައެވެ. މިއީ ސިޓީން މި ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ތައްޓާއިއެކު ކަލަންޑަރ އިޔާގައި ފަސްތަށި ކާމިޔާބުކުރި […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މްޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ. ރޭ އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ރެއާލް ބެޓިސް ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން، އަލަވޭސް ބަލިކޮށްގެން އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތީ ތަނަވަސް ވެފައެވެ. ނަމަވެސް ރޭ މެޗުގައި އެ ޓީމަށް މައްސަލަތަކާއި ކުރިމަތިވީ ދެވަނަ […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާއި އިޓަލީގެ ޗެމްޕިއަން ނަޕޯލީ ވާދަކުރަން ޖެހިއްޖެއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުން ބާއްވާފައިވާއިރު ބާސެލޯނާ ވާދަކުރަން ޖެހެނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީއާއެވެ. ބާސާއަށް ނޮކައުޓް ބުރުން ޖާގަ ލިބިފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ކުރިން ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ވަނީ ކަޓާފައެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދެވަނަ ބުރުގައި ވާދަކުރަން […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވުމުގެ ފައިދާނަގައި އާސެނަލުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެންމެ ފަހުން ލިވަޕޫލް ދަނޑުގައި އެ ޓީމުން ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ފަސޭހަކަމާއި އެކު ވަނީ ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަންގެ ފަހުކޮޅު އަމިއްލަ ދަނޑުގައި ލިވަޕޫލުން […]
އިބްރާހިމް ޚަލީލް