މައި ޚަބަރަށް ދިޔުމަށް

ކުޅިވަރު

2,722 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 2 ވަނަ ޞަފްޙާ

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި

ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައި

ފާތިމަތު ސަޙާ
އުތީމު ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އުތީމު ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އުތީމު “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު ކައުންސިލާއި އެ ރަށު އުތުރު ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އުތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލް ތަޢުލީމު ނިންމާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، އުތީމުގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަންނަ ނޮވެމްބަ

ފާތިމަތު ސަޙާ
'ޑިކްޓޭޓަރު' މައްސަލަ ހޫނުވެ ރެއާލުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެ

'ޑިކްޓޭޓަރު' މައްސަލަ ހޫނުވެ ރެއާލުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެ

ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ، ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ “ޑިކްޓޭޓަރެއް” ކަމަށް ބުނުމާ ގުޅިގެން އުފެދުނު ބޮޑު ނުރުހުމާ ހެދި، އެ ކްލަބުން ޗައިނާގެ ރައްޔިތުންގެ ކިބައިން ބުދަ ދުވަހު ރަސްމީކޮށް މާފަށް އެދިއްޖެ އެވެ. އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން، ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ލިބޭ ޗައިނާގެ މާކެޓުގައި ރެއާލްގެ ޓީވީ ޑީލްތަކަށާއި އެމްބާޕޭގެ ސްޕޮންސަރުންނަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ. ރެއާލް މެޑްރިޑުން ނެރުނު […]

އަޙްމަދު ވަހީދު
ނަތަންޔާހޫގެ ބާރު ކެނޑި، ވެރިކަން ބަދަލުކުރުމުގެ ތަޅުދަނޑި އަރަބި ޕާޓީތަކުގެ އަތަށް

ނަތަންޔާހޫގެ ބާރު ކެނޑި، ވެރިކަން ބަދަލުކުރުމުގެ ތަޅުދަނޑި އަރަބި ޕާޓީތަކުގެ އަތަށް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ބަދަލުކޮށް، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ އުންމީދު އެބައޮތް ކަމަށް ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ގެ ލީޑަރު މަންސޫރު އައްބާސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާންމު އިންތިހާބަށް ފަހު ނެރުނު އެގްޒިޓް ޕޯލްތަކުން އެއްވެސް ބޮޑު ބްލޮކަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުދައްކާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލުގެ ޗެނަލް 12 އަށް ބުދަ ދުވަހުގެ ފަތިހު ދެއްވި […]

ނާޒިމާ އަލީ
84 ދަރަޖަ ދަށުގެ ޓީމެއް އަތުން ބަލިވެ އާސެނަލަށް ލަދުވެތި ނިމުމެއް

84 ދަރަޖަ ދަށުގެ ޓީމެއް އަތުން ބަލިވެ އާސެނަލަށް ލަދުވެތި ނިމުމެއް

އިންގްލިޝް ލީގު ކަޕްގެ 66 އަހަރުވީ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް، ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރާ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުގެ ގަދަ 16 އިން އަންގާރަ ދުވަހު ކަޓައިފިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވިތާ ފަސް މަސް ފަހުން އާސެނަލަށް އަނެއްކާވެސް މިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. […]

އަޙްމަދު ވަހީދު
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އައިސް ގުރައިދޫގައި ކޭމްޕް ޖަހައިފި

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އައިސް ގުރައިދޫގައި ކޭމްޕް ޖަހައިފި

ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ޓީމު މާލެ އައުމަށްފަހު، މިހާރު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ގޮސްފައިވާ ކަމަށެވެ. އަދި މި ކޭމްޕުގެ މުއްދަތުގައި އެ ޓީމު މަރުކަޒުވެ ތިބުމަށް ހަމަޖެހިފައިވަނީ ވެސް ގުރައިދޫގައެވެ. ފަލަސްޠީނުގެ ޒުވާން ކުޅުންތެރިން ގުރައިދޫއަށް ދިއުމުން އެ ރަށުން ވަނީ އެ […]

އަޙްމަދު ވަހީދު
އެމްބާޕޭ ދެއްކި ވާހަކައަކުން ޗައިނާ ''ހިތުގައި ޖެހި'' މުޅި ގައުމުގައި ލަލީގާ ދެއްކުން މަނާކޮށް، ސްޕޮންސާ ހުއްޓާލައިފި

އެމްބާޕޭ ދެއްކި ވާހަކައަކުން ޗައިނާ ''ހިތުގައި ޖެހި'' މުޅި ގައުމުގައި ލަލީގާ ދެއްކުން މަނާކޮށް، ސްޕޮންސާ ހުއްޓާލައިފި

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ސްޕެނިޝް ލަލީގާގެ މެޗުތައް ޗައިނާގައި ދެއްކުން އެ ގައުމުގެ ދައުލަތުގެ ޓީވީތަކުންނާއި މައި ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގާ ގުޅުވައި އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން އުފެދުނު ބޮޑު ހިތްހަމަނުޖެހުމަކާ ގުޅިގެންނެވެ. މި މައްސަލަ އުފެދެން މެދުވެރިވީ، މީޑިއާ އިންޓަވިއުއެއްގެ ތެރޭގައި އެމްބާޕޭ ދެއްކި ވާހަކަތަކަކ...

އަޙްމަދު ވަހީދު
ލިއޯން ބަލިކޮށް ޕީއެސްޖީ އަލުން ލީގުގެ އެއްވަނައަށް

ލިއޯން ބަލިކޮށް ޕީއެސްޖީ އަލުން ލީގުގެ އެއްވަނައަށް

ފްރެންޗް ލީގު ވަންގައި ހޯމަ ދުވަހު ކުޅުނު މެޗުން ލިއޯންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މި މޮޅާއެކު އެ ޓީމު ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހޯދި އަށްވަނަ މޮޅު ހަމަކޮށްފައެވެ. އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅުނު މި މެޗަށް ދެ ޓީމު ނުކުތްއިރުވެސް އޮތީ 14 ޕޮއިންޓް ލިބިފައެވެ. ޕީއެސްޖީގެ އިތުބާރާއި ދަނޑުގެ ފައިދާގެ ކުރިމަތީގައި ލިއޯނުން މެޗުގައި ވަރުގަދަ […]

އަޙްމަދު ވަހީދު
މިއަހަރުގެ ބެލޮންޑިއޯ ހެރީ ކޭން އަށް، އަންހެން އެވޯޑު ތިންވަނަ ފަހަރަށް ޕުޓެލަސް އަށް

މިއަހަރުގެ ބެލޮންޑިއޯ ހެރީ ކޭން އަށް، އަންހެން އެވޯޑު ތިންވަނަ ފަހަރަށް ޕުޓެލަސް އަށް

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ވަކިވަކި ކުޅުންތެރިންގެ އެވޯޑު ކަމަށްވާ ބެލޮންޑިއޯ، ބަޔާން މިއުނިކާއި އިންގްލެންޑުގެ ފޯވާޑް ހެރީ ކޭން ކާމިޔާބުކޮށްފިއެވެ. މިއީ 2001 ވަނަ އަހަރު މައިކަލް އޮވެން މި އެވޯޑު ހޯދި ފަހުން، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އިނގިރޭސި ކުޅުންތެރިއަކު ބެލޮންޑިއޯ ހޯދި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު (ބެލޮންޑިއޯ ފެމިނިން) ސްޕެއިންގެ މިޑްފީލްޑަރު އެލެކްސިއާ ޕުޓެލަސް ވަނީ ތިންވަނަ ފަހަރަށް ހާސިލުކޮށްފައެވެ. ހޯމަ ދުވަހު ލަންޑަންގައި […]

އަޙްމަދު ވަހީދު
ތާރީޚީ ބެލޮންޑިއޯ ހަފުލާ: ފިރިހެން އެވޯޑަށް ކޭން އަދި އަންހެން އެވޯޑަށް ޕުޓެލާސް ކުރީގައި

ތާރީޚީ ބެލޮންޑިއޯ ހަފުލާ: ފިރިހެން އެވޯޑަށް ކޭން އަދި އަންހެން އެވޯޑަށް ޕުޓެލާސް ކުރީގައި

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ވަކިވަކި ކުޅުންތެރިންގެ ޝަރަފު ކަމަށްވާ ބެލޮންޑިއޯ އެވޯޑު ދިނުމުގެ ހަފުލާ އިނގިރޭސިވިލާތުގެ ލަންޑަންގައި ފެށުމުގެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ފިރިހެން ބައިން އެވޯޑު ހޯދުމުގެ އެންމެ ކުރީގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ހިމެނިފައެވެ. އަދި އަންހެނުންގެ ބައިން އެންމެ ކުރީގައި އުޅެނީ ސްޕެއިންގެ ކެޕްޓަން އަލެކްސިއާ ޕުޓެލާސް އެވެ. ފްރާންސް ފުޓްބޯލް މަޖައްލާއިން އިންތިޒާމުކުރާ މި އެވޯޑުގެ 70 ވަނަ ހަފުލާ ކުރިއަށް ދަނީ ލަންޑަންގެ ޕެލޭޑިއަމް...

އަޙްމަދު ވަހީދު
ސައުދީއަށް އަމާޒުވާ ހަމަލާތަކާ އެކު ވެސް 2027 ގެ އޭޝިއަން ކަޕް ޖެނުއަރީގައި ފަށަން ނިންމައިފި

ސައުދީއަށް އަމާޒުވާ ހަމަލާތަކާ އެކު ވެސް 2027 ގެ އޭޝިއަން ކަޕް ޖެނުއަރީގައި ފަށަން ނިންމައިފި

ސައުދީ އަރަބިއްޔާއަށް އަމާޒުވަމުންދާ ހަމަލާތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުބާރާތް ބޭއްވުމާ މެދު ސުވާލުތަކެއް އުފެދިފައި ވަނިކޮށް، 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ތާވަލާ އެއްގޮތަށް ޖެނުއަރީ މަހު ފެށުމަށް ނިންމައި އެ މުބާރާތުގެ ތާވަލު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިއުލާނުކޮށްފިއެވެ. ހޯމަ ދުވަހު އޭއެފްސީން އާންމުކުރި ތާވަލުގައިވާ ގޮތުން، މި މުބާރާތް ކުރިއަށްދާނީ 2027 ވަނަ އަހަރުގެ ޖެނުއަރީ 7 އިން ފެށިގެން ފެބްރުއަރީ 5 ގެ ނިޔަލަށެވެ. […]

އަޙްމަދު ވަހީދު
މިއަހަރުގެ ބެލޮންޑިއޯ ކާމިޔާބު ކުރާނީ ކާކު؟ އެންމެ ކުރީގައި ހެރީ ކޭން، ފަހަތުން އެމްބާޕޭ އާއި ޔަމާލް

މިއަހަރުގެ ބެލޮންޑިއޯ ކާމިޔާބު ކުރާނީ ކާކު؟ އެންމެ ކުރީގައި ހެރީ ކޭން، ފަހަތުން އެމްބާޕޭ އާއި ޔަމާލް

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އިންފިރާދީ އިނާމު، ބެލޮންޑިއޯ ހަވާލުކުރުމުގެ ހަފުލާ ހޯމަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފިރިހެން ކުޅުންތެރިންގެ ކެޓަގަރީން އެވޯޑު ހޯދުމުގެ އެންމެ ކުރީގައި އޮތީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންގެ ނަމެވެ. އޭނާއާ އެންމެ ގާތުން ދެން ވާދަކުރަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަދި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. މިދިޔަ 2025-26 ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޖުމްލަ 73 ލަނޑު ކާމިޔާބުކޮށްފައ...

އައިޝަތު ޢާދަމް
ތުރުކީގެ ޓްރެބްޒޮން ސިޓީ ސަލާހުގެ ފަހަތުން: އިގުތިސޯދަށާއި ފުޓުބޯޅައަށް ބޮޑު އިންގިލާބެއް

ތުރުކީގެ ޓްރެބްޒޮން ސިޓީ ސަލާހުގެ ފަހަތުން: އިގުތިސޯދަށާއި ފުޓުބޯޅައަށް ބޮޑު އިންގިލާބެއް

މިދިޔަ އޮގަސްޓު މަހު އިނގިރޭސިވިލާތުގެ ލިވަޕޫލް ދޫކޮށް ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި މިސްރުގެ މަޝްހޫރު ފުޓުބޯޅަ ތަރި މުހައްމަދު ސަލާހުގެ ސަބަބުން، އެ ގައުމުގެ ޓްރެބްޒޮން ސިޓީގެ ފުޓުބޯޅައަށާއި އިގުތިސޯދަށް ވަނީ ބޮޑު އިންގިލާބެއް އައިސްފައެވެ. ޓްރެބްޒޮން ސިޓީއާ އެއް ގަޑިއިރަށް ވުރެ ދުރުގައި އޮންނަ އުސް ފަރުބަދަމަތީ އަވަށެއްގެ ހިލަގަނޑެއްގެ މަތީގައި އިނދެ ނަގާފައިވާ ފޮޓޯއެއް ސަލާހު މިދިޔަ މަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ހިސާބުން ފެށިގެން، އޭނާ އިން ގޮތަށް ފޮޓޯ ނެގުމަށް ސަޕޯޓަރުން […]

އަޙްމަދު ވަހީދު
'މިއީ މުޅި ޓީމުގެ މޮޅެއް، އަދި ނިމުނީއެއް ނޫން': އެމްބާޕޭ

'މިއީ މުޅި ޓީމުގެ މޮޅެއް، އަދި ނިމުނީއެއް ނޫން': އެމްބާޕޭ

ސްޕެނިޝް ލީގުގެ ވާދަވެރި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ އަތުން ރެއާލް މެޑްރިޑް ހޯދި މޮޅަކީ މުޅި ޓީމުގެ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށާއި، މި މޮޅުން ލީގުގެ ރޭހަށް އެނބުރި އާދެވުނު ނަމަވެސް ސީޒަން އަދި ނުނިމޭ ކަމަށް އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލް މެޑްރިޑަށް ދެ ލަނޑުވެސް ޖަހައިދިނީ އެމްބާޕޭއެވެ. މެޗުގެ […]

އަޙްމަދު ވަހީދު
ކޭމްޕް ނޯގައި ބާސާ ރޮއްވާލުމަށްފަހު އެމްބާޕޭގެ ޖާދޫން ރެއާލަށް ފުރިހަމަ މޮޅެއް

ކޭމްޕް ނޯގައި ބާސާ ރޮއްވާލުމަށްފަހު އެމްބާޕޭގެ ޖާދޫން ރެއާލަށް ފުރިހަމަ މޮޅެއް

ސްޕެނިޝް ލަލީގާގައި ވާދަވެރި ބާސެލޯނާގެ މައްޗަށް 2-1 އިން ކުރިހޯދައި، ލީގުގެ އެއްވަނައިގައި އޮތް ބާސާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ރެއާލް މެޑްރިޑުން ކުޑަކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކޭމްޕް ނޯގައި ކުޅުނު ފޯރިގަދަ އެލް ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑަށް ކާމިޔާބީ ހޯދައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ޖަހައިދިން ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު މި ސީޒަނުގެ ލީގުގައި ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވިއިރު، މިއީ ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން […]

އަޙްމަދު ވަހީދު