ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށްފަހު އެ އޮޕަރޭޝަންގައި ބައިވެރިވި ޑޭން ޔޫރަޕް އަށް ނިސްބަތްވާ ފިންލޭންޑުގެ ތިން މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަރލަންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށް ތަޢުރީފްގެ ބަސްތައް އޮހޭތަން ދަނީ ފެންނަމުންނެވެ. ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ފެށުނީ ފިންލެންޑުގެ މާހިރުން ރާއްޖެ […]
ޝިއުނާ އާދަމް
1 މިނިޓު
ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރި ކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލައެވެ. ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި އަތޮޅުތައް ދެބަޔަކަށް ބައިކުރެވުނީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ ނިޒާމާ އެއްގޮތަށް ހިންގ...
ޢަބްދުﷲ ސަޢީދު
ހަންޓާ ވައިރަސް އަކީ މީދަލާއި ފަހި ފަދަ ތަކެތީގެ ޒަރީއާއިން ފެތުރޭ ވައިރަސްތަކުގެ ގުރޫޕެކެވެ. މި ބަލި އިންސާނުންގެ ގަޔަށް އަރަނީ މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެތި ނުވަތަ ކުޅުގައި ހުންނަ ވައިރަސްގެ ކުދިކުދި މާއްދާތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމުންނެވެ. ހާއްސަކޮށް ބަންދުކޮށްފައި ހުންނަ ނުވަތަ ހިރަފުސް ގަދަ ތަންތަނުގައި މި ނުރައްކާ ބޮޑެވެ. މި ވައިރަސްގެ ސަބަބުން ޖެހޭ މައިގަނޑު ބަލިތައްހަންޓާ ވައިރަސްގެ ސަބަބުން މައިގަނޑު ދެ ބައްޔެއް ފެތުރެއެވެ: ހަންޓާ ވައިރަސް […]
ނާޒިމާ އަލީ
ޝައިޚް އާސިމް އަލް-ޙަކީމަކީ ސައުދީ އަރަބިއްޔާގައި ދިރިއުޅުއްވާ، އިނގިރޭސި ބަހުން ދީނީ ދަރުސް ދެއްވާ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރެއިން އެކެކެވެ. ސީދާސާދަ އަދި ބައެއް ފަހަރު މަޖާޒީ ގޮތަކަށް ވާހަކަދެއްކެވުމަށް މަޝްހޫރު މި ޝައިޚަކީ، ދީނީ އުނދަގޫ މަސްއަލަތައް ފަސޭހައިން ދޭހަވާނެހެން—އަދި ބައެއް ފަހަރު ހަރުކަށި ނަމަވެސް މަޖާ ގޮތަކަށް—ކިޔައިދެއްވުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ފަސްމަންޒަރާއި ތައުލީމު ޝައިޚް އާސިމް އަލް-ޙަކީމް އުފަންވެވަޑައި...
ނާޒިމާ އަލީ
1 މިނިޓު
ޤައުމެއް އުފެދުމާއި، އެ ޤައުމެއްގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އަސްކަރީ ބާރު ވުޖޫދުވެގެންދާ ގޮތަކީ ޝައުޤުވެރި ވާހަކައެކެވެ. މިއީ ސިޔާސީ ޢިލްމާއި ތާރީޚުގެ ތެރެއިން ވަރަށް މުހިންމު ދާއިރާއެކެވެ. ދުނިޔޭގައި 700 އަށްވުރެ ގިނަ ޤައުމު އެބައޮތެވެ. އެއީ ހަމަ އެެއް ބަހަކުން ވާހަކަ ދައްކައި އެއް ސަގާފަތަކަށް ތަބާވާ އަދި އެއް ވިސްނުމަކުން ދުނިޔެ ދެކޭ ޤައުމުތަކެވެ. އެކަމަކު މީގެތެރެއިން ދައުލަތެއް ލިބިފައި ވަނީ އެންމެ 193 ޤައުމަށެވެ. ދައުލަތެއް ނުލިބިފައިވާ ގިނަ ޤައުމު (Nation) […]
ޢަބްދުﷲ ސަޢީދު
ފެބްރުއަރީ 28، 2026 ގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކާއެކު (އޮޕަރޭޝަން އެޕިކް ފިއުރީ)، އެމެރިކާއިން ވަނީ އީރާނާއެކު ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައެވެ. މި ހަމަލާތަކުގައި އީރާނުގެ ލީޑަރޝިޕް (ސްޕްރީމް ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުން ހިމެނޭހެން)، ނިއުކްލިއަރ އަދި މިސައިލް އުފައްދާ މަރުކަޒުތަކާއި، އަސްކަރީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. އަދި މީނާބް ސްކޫލަށާއި، ބައެއް ކޮލެޖް ޔުނިވަރސިޓީތަކަށާއި، އަސާސީ އިންފްރާސްޓަކްޗަރ ހިމެނޭހެނ...
ނާޒިމާ އަލީ
އެބީ މާޓިން އަކީ އެމެރިކާގެ މިނިވަން ނޫސްވެރިއެއްގެ އިތުރުން، ފިލްމު އުފެއްދުމާއި އިޖުތިމާއީ ހަރަކާތްތަކުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށާއި، ހުޅަނގުގެ ނުފޫޒުގަދަ މީޑިއާތަކުން ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ. އޭނާގެ މަސައްކަތްތަކުން ބޮޑަށް ފެންނަނީ ހަގީގަތް ހޯދުމަށް ކުރާ ދިރާސީ ތަހުގީގުތަކާއި، އިސްތިއުމާރީ ބާރުތަކުން ހިންގާ ޖަރީމާތ...
ނާޒިމާ އަލީ
8 މިނިޓު
މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ […...
ޢަބްދުﷲ ސަޢީދު
ބާބުލް މަންދަބް (باب المندب) ކަނޑުއޮޅިއަކީ ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ މުހިންމު އެއް މަގެވެ. މިއީ ރަތްކަނޑާއި (ރެޑްސީ) އަދަނު ކަނޑުއޮޅި (ގަލްފް އޮފް އަޑަން) ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އޮންނަނީ އެފްރިކާ ބައްރާއި އަރަބި ބައްރު ގުޅޭ ހިސާބުގައެވެ. މި ކަނޑުއޮޅީގެ އެއްފަރާތުގައި އޮންނަނީ ޔަމަނެވެ. އަނެއް ފަރާތުގައި އޮންނަނީ އެފްރިކާގެ ޖިބޫތީ އާއި އެރިތްރިއާއެވެ. ޔަމަނާއި ޖިބޫޓީއާ ދެމެދުގެ އެންމެ ހަނި ހިސާބުގައި މި ކަނޑުއޮޅީގައި ހުންނަނީ […]
ޢަބްދުﷲ ސަޢީދު
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސިޔާސީ މަސްރަހުން ފަހަކަށް އައިސް ފެންނަމުންދާ ބަދަލުތަކާއި، ފެތުރެމުންދާ ޚަބަރުތަކުގެ ސަބަބުން އެ ގައުމުގެ ވެރިކަމުގެ ބާރުވެރިކަމުގެ “ގޭމް އޮފް ތުރޯންސް” ނުވަތަ ބާރުގެ ހަނގުރާމައެއް އުޅޭކަމުގެ ބަހުސް ވަނީ ގަދަވެފައެވެ. މިކަމާ ގުޅޭގޮތުން ފެންމަތިވެފައިވާ މައިގަނޑު ކަންތައްތަކަށް ބަލައިލާއިރު، އުރުދުޣާންގެ ދަތުރުފުޅު ފަސްކުރުމާއި “ފޮހެލި ޓުވީޓު” ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން 15 ފެބުރުއަރީ 2026 ގައި އަބޫދާބީއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރުމ...
ނާޒިމާ އަލީ
އިސްލާމީ އުންމަތް ބައިބައިކޮށް ބަލިކަށިކޮށް އިސްލާމީ ގައުމުތަކުގެ މުއްސަނދިކަން ފޭރިގަތުމަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ އަދުވުއްވުންކަން ކުރަމުން އައިމަގެވެ. މިކަން ހާސިލް ކުޅައުމަށް ހަތިޔާރު އުފުލާ ކޮށްފައިވާ ހަނގުރާމަތަކާއި، ފިކުރީ ހަނގުރާމަތަކާއި، އޭޖެންޓުން މެދުވެރިކޮށް ހިންގާފައިވާ ބަޣާވާތްތައް ތާރީޚްގެ ސަފްޙާތަކުގައި ލިޔެވިފައިވެއެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި މުސްލިމުން ނިކަމެތި ކުރަމުން އަންނަ އަދުއްވުންނަށް އެ ދޮރު ހުޅުވިގެންދިޔުމުގައި އަމިއްލަ އެދުމުން ފޯވެފައިތިބި...
އަލީ އާދިލް
މެދުއިރުމަތީގެ ސިޔާސީ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތަށް ބަލާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ދުނިޔޭގެ ސަމާލުކަން ކުޑަކުރުމަށްޓަކައި އެކި އުކުޅުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އީރާނުގެ ދާޚިލީ މަސްރަހުގެ ބޭނުން ހިފައިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ލޯތައް އެހެން ދިމާއަކަށް އަނބުރާލުމަށް ކުރާ މަސައްކަތެވެ. ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރ ހާމިދު ދަބާޝީ ފަދަ އިލްމީ ބޭފުޅުން ވަނީ މިކަމާ ގުޅޭގޮ...
ނާޒިމާ އަލީ
މިއަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް، އެއަށް ޢަމަލުކުރާން ފެށުމަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ. 3 ޑިސެމްބަރު 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ، ޒަމާނީ އޮނިގަނޑެއްގެ ތެރެއިން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ފެށުން ރައީސް މުޢިއްޒުގެ ވެ...
ޝިއުނާ އާދަމް
2025 ވަނަ އަހަރުގެ ނޯބެލް ސުލްހަ އިނާމު ލިބިވަޑައިގަތީ ވެނެޒުއެލާގެ އިދިކޮޅު ސިޔާސީ ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އަށެވެ. އޭނާ އަށް މި އިނާމް ދިން ސަބަބަކީ ޑިމޮކްރަސީއަށްޓަކައި އޭނާ ކުރައްވާފައިވާ ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށްޓަކައި ކަމަށް ނޮބެލް އިނާމު ކޮމެޓީން ވަނީ ބުނެފައެވެ. މާރިއާ ކޮރީނާ މަޗާޑޯ މާރިއާ ކޮރީނާ މަޗާޑޯ ޕަރިސްކާ، 58 އަހަރު، އަކީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީ، ވެންޓެ ވެނެޒުއެލާގެ ލީޑަރެވެ. މަޗާޑޯ ވަކާލާތު ކުރަނީ ހާމަކަން ބޮޑު ޑިމޮކްރަސީއަކަށާއި، ޕީޑީވީއެސްއޭ […]
ނާޒިމާ އަލީ
މިދިޔަ ދެ އަހަރު ޣައްޒާއަށް އިސްރާއީލުން މިސައިލުތަކުންނާއި، ޓޭންކަރުތަކުންނާއި، ބޮމުންނާއި އަދި ބަޑިން ދިން ހަމަލާތަކުގެ ސަބަބުން، ގެދޮރު ގެއްލި ހިޖުރަކުރަން މަޖުބޫރުވެފައިވާ ފަލަސްތީނުގެ 38 އަހަރުގެ އިނާސް އަބޫ މަޢުމަރުގެ ހިތާމައިގެ މައްޗަށް ވަނީ އިތުރު ހިތާމަތަކެއް ވެރިވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގެއްލުންތަކުގެ ތެރެއިން، އޭނާއަކީ އެ ބިރުވެރިކަމައީ ހިތާމަ ބަރުދާސްތުކުރަމުން އަންނަ އެކަކެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަސްތަކުގައި...
ނާޒިމާ އަލީ