1725 ވަނަ އަހަރު ސްޕެއިންގެ މެޑްރިޑްގައި ހިދުމަތްދޭންފެށި “ރެސްޓުރާންޓޭ ބޮޓިން” ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ރެސްޓޯރެންޓްގެ މަގާމު ގިނީސް ވޯލްރޑް ރެކޯރޑް ފޮތުން ހޯދާފައެވެ. ނަމަވެސް ޔޫރަޕްއަށް ކޮވިޑް-19 ފެތުރެންފެށުމުން ރެސްޓޯރެންޓް ބަންދުކުރަންވަނީ މަޖުބޫރުވެފައެވެ. ބޮޓިންގެ ޖެނެރަލް މެނޭޖަރ އެންޓޯނިއޯ ގޮންޒާލެޒް ބުނެފައިވާގޮތުގައި ޕެންޑަމިކައާޢި ގުޅިގެން ބަންދުކުރަން ޖެހުމުން ވަރަށް ހިތްދަތިވިއެވެ. ސަބަބަކީ މީގެކުރިން ދުވަހަކުވެސް މިރެސްޓޯރެންޓް ބަންދުކޮށްފައިނުވުމެވެ. ސްޕެނިޝްގެ ހަނގުރާމަ ދު...
އައިމިނަތު ޔުމްނާ
ރާއްޖެ ފަދަ ހޫނު ގަދަ ޤައުމެއްގައި އުޅޭއިރު ދާހިތްލުމުގެ ސަބަބުން އަޅުގަނޑުމެންގެ އަގުހުރި ގަހަނާ ވަރަށްބޮޑަށް ހަޑިވެއެވެ. އެހެންކަމުން ގަހަނާއަކީ ވެސް ވަރަށް ސާފުތާހިރުކޮށް ގެންގުޅެންޖެހޭ އެއްޗެކެވެ. އެހެން ކަމުން، ގަހަނާ ސާފުކުރުމުގައި ވިސްނަން ޖެހޭ ބައެއްކަންކަން ހިމަނައިލާނަމެވެ. 1. ގަހަނާ ޑިސްއިންފެކްޓު ކުރުން ރަނގަޅެއް ނޫން ގަހަނާ ޑިސްއިންފެކްޓު ކުރުމަކީ އެހާ ރަގަޅުކަމެއް ނޫނެވެ. ބްލީޗް، ކްލޮރިން އަދި އަލްކަހޯލް ފަދަ ބާރުގަދަ ކެމިކަލަކީ ގަހަނާ އުފަށްދާފައި ހުންނަ މައުދަންތަކަށް އެހޭ ރަނގަޅ...
އައިމިނަތު ޔުމްނާ
ދިވެހިރާއްޖެ އިނގިރޭސީންގެ “ހިމާޔަތުގެ ދަށަށް” ދިޔައީ ނުވަތަ އިނގިރޭސީންގެ ޕްރޮޓެކްޓަރޭޓަކަށްވީ ދިވެހިން އަމިއްލައަށް އެނދިގެން ކަމަށް ލިޔެފައިވާ ލިޔުންތައް ފެނެއެވެ. އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން އެފަދަ ބޮޑު ބާރެއްގެ ދަށުގައި މި ޤައުމު އޮތުމަކީ ދިވެހިންނަށް އެންމެ ރަނގަޅުގޮތްކަމަށް ވެސް ލިޔެފައިހުރެއެވެ. އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ނުހަދައި ޕްރޮޓެކްޓަރޭޓަކަށް ހެދީ އިނގިރޭސީންގެ ރަނގަޅުކަމުންކަމަށް ދހަވާގޮތަށް ވެސް ވާހަކަ ދެކެވެއެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް ކަން ހިނގާދިޔަގޮތް...
ޢަބްދުﷲ ސަޢީދު
ހުތް ފޮނި އަނގަޔަށް މީރު ކިވީ ފުރުޓަކީ ހަށިގަނޑަށް ފައިދާ ހުރި ވަރަށް ގިނަ ބާވަތްތައް އެކުލެވިގެންވާ ފުރެޓެކެވެ. ތޮއްޓާ އެއްކޮށް ކިވީ ފުރުޓް ބޭނުންކުރާނަމަ އަދި މާ ފައިދާ ބޮޑެވެ. ނޫންނަމަ ތޮށި މަށައިގެން ނުވަތަ ހުރިގޮތަށް ސަމްސަލަކުން ކަހާލައިގެންވެސް ކިވީ ބޭނުން ކުރެވޭނެއެވެ. ކިވީއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން މުހިންމު ފުރުޓްތަކުގެ ތެރޭގައި ހިމެނޭ ފުރުޓެކެވެ. އެކަން ކަށަވަރު ވެގެން ދަނީ ކިވީއިން ހަށިގަނޑަށް ލިއްބައިދޭ ގިނަ ފައިދާ ތައް ހުރުމުންނެވެ. 1- […]
އައިމިނަތު ޔުމްނާ
ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮތް ހދ. ހިރިމަރަދޫ “ހިރިޒިލް” ޓީމް އަކީ، ރަށަށް ޚިދުމަތްތެރި ޓީމެއް ކަން އެޓީމްގެ ބުންވަރުން އަންނަނީ ސާބިތު ކޮށްދެމުންނެވެ. ރަށުގެ ޒުވާނުންތަކެއް ގުޅިގެން 2013 ވަނަ އަހަރު ވުޖޫދަށް ގެނައި “ހިރިޒިލް” ޓީމަކީ ރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް، އެ ޓީމް އުފެދުނު ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ހަރަކާތްތެރި، ހިރިމަރަދޫއަށް ޚިދުމަތްތެރި ޓީމެކެވެ. “ހިރިޒިލް” އިން ދަނީ 2013 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ޒުވާނުންނަށް [...
ހުސައިން ހަބީބް
އީދު ފާހަގަކުރަން ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ސަގާފީ ކުޅިވަރުތައް ވަރަށް ގިނައެވެ. އަދި އީދުގެ އާދަކާދައިގެ ގޮތުގައި ވާރުތަވެގެން ކުރަމުން އައި ކަންތައްތައް ވެސް އެހާގިނައެވެ. ދީނީ ގޮތުން ކުރާ ކަންތައްތައް ވެސް އޭގެތެރޭގައި ހިމެނެއެވެ. ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތެވެ. އެއީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާ މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ. ދިވެހީންގެ އ...
ޢަބްދުﷲ ސަޢީދު
ހދ.ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަކީ ތާޖުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. ލައިސާ ޗެސްކުޅެން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ ބާރަ އަހަރުގައެވެ. އެއީ 2017 ވަނަ އަހަރުއެވެ. ލައިސާ ޗެސް ކުޅެންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްކޫލް ލެވެލްގެ އިތުރުން ޤައުމީ ލެވެލްގައި ވެސް ވަނީ ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ލައިސާ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލައިލުމުން ލައިސާގެ މި ޅައުމުރުގައި ވެސް ވަނީ […]
އިބްރާހިމް ޚަލީލް
މާދަމާ އަކީ 1441 ވަނަ އަހަރުގެ އަޟްހާ ޢީދު އަޅުގަނޑުމެންނާއި ބައްދަލު ކުރާ އުފާވެރި ބޮޑު ޢީދު ދުވަހެވެ. އަޅުގަނޑުމެންގެ އާދަ ކާދަތައް ޒަމާންތަކަށް ބަދަލު ވަމުން އައިސްފައިވާ ގޮތުގެ ތެރެއިން އަދިވެސް މިފަދަ ދުވަސް ތަކުގައި ތަފާތު ކާބޯތަކެތީން އަޅުގަނޑުމެންގެ ގޭ ތަކުގެ ސުފުރާމަތި ތަނަވަސް ކޮށްލައެވެ. ޢީދު ދުވަހަކީ ޢާއިލާގެ ގިނަ މީހުން ބައްދަލުވާ ދުވަހެކެވެ. ވަޒީފާތަކުގައި އުޅޭ ޢާއިލާގެ މެމްބަރުން ވެސް ގޭގައި ތިބޭ ދުވަހަކަށް މި ދުވަސް އޮންނަނީ ވެފައެވެ. ޢާއިލީ […]
ޝިއުނާ އާދަމް
ތަފާތު ވައިރަސްތަކުން ރައްކާތެރި ވުމުގެ ގޮތުން އެޅޭ އެންމެ މުހިންމު އެއްފިޔަވަޅަކީ ގޭތެރެ އަދި ގޭތެރޭގައި ބޭނުންކުރާ ތަކެތި ޑިސްއިންފެކްޓު ކުރުމެވެ. ބްލީޗް އަކީ ގޭތެރެ ޑިސްއިންފެކްޓުކުރުމަށް ބޭނުންކުރަން ސެންޓަރ ފޮ ޑިޒީސް ކޮންޓްރޯލް -ސީޑީސީ އިން ލަފާދެއްވާ އެކެއްޗެވެ. އަދި ބްލީޗް ބޭނުންކުރަންވީ ރަނގަޅުގޮތް ސީޑީސީއިންވަނީ ކަނޑައަޅުއްވާފައެވެ. ބްލީޗްފަދަ ބާރުގަދަ ކެމިކަލް ތައް ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެއެވެ. އެހެންކަމުން ބްލީޗް ބޭނުންކުރާއިރު ރައްކާތެރިކވުމުގެ ގޮތުން ގައ...
އައިމިނަތު ޔުމްނާ
މިނިވަންކަމަށް ވަކާލާތު ކުރާއިރު މިނިވަންކަން ހޯދަން މަސައްކަތްކުރެވޭ ބާވައެވެ. ބިދޭސީންގެ މުށުތެރޭގައި ޤައުމު އޮތްއިރު އެކަމާ ކަންބޮޑުވަނީ މަދުބައެކެވެ. އެކަމާ ފިކުރު ކުރަނީވެސް މަދުބައެކެވެ. ކޯވިޑްގެ ސަބަބުން ޢާންމު ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ނުކުރާމީހަކު މަދެވެ. އެކަންކަން އެހެން އޮތްނަމަވެސް ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ހުރި ގޮންޖެހުންތައްވެސް އެހާމެބޮޑެވެ. މާރުކޭޓުގައި ތަކެތި ވިއްކައިގެން ޢާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސި މީހުންނަށް ފުރަބަންދުގެ ސ...
އަޙްމަދު މުނައްވަރު
ހަނިމާދޫގައި އަލަށް އިމާރާތް ކުރެވުނު މި ސްކޫލު ނިންމައި ބޭނުން ކުރަން ފެށިފައިވަނީ 2016 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށުމާއިއެކުއެވެ. މި އިމާރާތް ދަރިވަރުން އުނގެނުމަށް ބޭނުން ކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާއިރު، ރަށަށް ވާރޭ ވެހިއްޖެނަމަ ހަނިމާދޫ ސްކޫލުގެ ގޯތިތެރެ އޮންނަ ގޮތުގެ މިފަދަ އެތައް ފޮޓޯއެއް ސޯޝަލް މީޑީއާގައި މީގެކުރިން ވެސް ދަޢުރުވެފައި ވެއެވެ. މިއީ ރަށަށް ބޯކޮށް ވާރޭ ވެހޭ ހަމަކޮންމެ ދުވަހެއްގެ ވެސް އެތަނުގެ […]
އިބްރާހިމް ޚަލީލް
ދިވެހިންގެ ޒަމާންވީ ދިގުތާރީޚުގައިވެސް މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ އިގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. ޕޯޗްގީޒުންނާއި މަލާބާރީންނާއި އަދިވެސް އެނޫން ބޭރުގެ އިސްތިޢްމާރީ ބާރުތަކުން ދިވެހިންގެ ބިމަށް ގަދަބާރުން ވެރިވެ ދިވެހި ރއްޔިތުން އަޅުވެތިކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. ނަމަވެސް އެއިންކޮންމެ ފަހަރަކުވެސް ދިވެހިންވަނީ އެފަދަ ބާރުތަކާއި ކުރިމަތިލައި އިސްތިޢްމާރީން ބޭރުކޮށް ޤައުމު މިނިވަންކޮށްފައެވެ. ކުރިން މިދެންނެވުނު ޒަމާނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ބާރުތަކުން...
ޝައިޚް މޫސާ ނިޒާރު
މި ލިޔުންކޮޅުގައި މި ހިމަނާލަނީ ލޭގެ ޕްރެޝަރ ދައްކުރުމަށް ޓަކައި ބޭސްކެއުމުގެ އިތުރުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ ޑަކްޓަރު، ޑ. މުހައްމަދު އަލީ ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައިވާ މުހިންމު މަޢުލޫމާތު ކޮޅެކެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރުން (ގާތްގަނޑަކަށް ހަށިގަނޑުން ލުއިވާ ކޮންމެ ކިލޯއަކަށް 1 މިލިމީޓަރ އެޗްޖީ ގެ ޕުރެޝަރ ދަށްވެ އެވެ) މިގޮތުން މުޅިއެކު 5 ވަރަކަށް މިލިމީޓަރ އެޗްޖީ ގެ ޕުރެޝަރ ދައްވެއެވެ. ކެއުމުގެ ތެރޭގަ ތަރުކާރީ މޭވާ، ހޯލްގުރެއިންގެ މާއްދާ ހިމެނޭ […]
އިބްރާހިމް ޚަލީލް
ހދ. ފިނޭ އާމަގު އަތިރިމަތީގައި ތައްޔާރުކޮށްފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ ސަރަހައްދު ދުށިން ހެއްޔެވެ؟ ފިނޭ އާމަގު އަތިރީގެ މަންޒަރުތަކުން ސިފަކޮށްދެނީ ދަނީ އެރަށުގެ އާމަގުގައި ދިރިއުޅޭ ޢާއިލާތަކުގެ ބަދަހި އެކުވެރިކަމެވެ. ފިނޭ އާމަގަށް ނިސްބަތްވާ ޢާއިލާތަކުގެ އެކުވެރިކަން ގެންގޮސް ދިނީ އާމަގުގެ ހިތްގައިމު އަތިރި މަށްޗަށެވެ. އެ މަގުގެ އަތިރިމަތީގައި ހަދާފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ...
ޝިއުނާ އާދަމް
މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައި ވެއެވެ. ” اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ” މާނައީ: “އޭ ދާވޫދުގެފާނުގެ އާލުންނޭވެ! (އެކަލާނގެއަށް) ޝުކުރުވެރި ވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލުކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށް މަދެވެ.” ޝުކުރުވެރި ވުމަކީ ކޮބައިތޯއެވެ؟ އެއީ ތިމާއަށް ލިބިފައިވާ ނިޢްމަތްތަކުގެ މަތީންހަނދާކޮށް އެކަން ހިންމަވާދެއްވާފައިވާތީ މާތް ﷲ އަށް ޙަމްދުކޮށް ޘަނާދެއްނެވުމެވެ. އަދި އެނ...
ޝައިޚް މޫސާ ނިޒާރު