މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

499 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 16 ވަނަ ޞަފްޙާ

ނައިބު ރައީސްގެ އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކުން!

ނައިބު ރައީސްގެ އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކުން!

މިއަދަކީ ދިވެހިރާއްޖޭގެ ނައިބު ރައީސް، ފައިޞަލް ނަސީމް ގެ ސާޅީސް ހަތްވަނަ އުފަންދުވަހެވެ. ދުހުގެ ތަހުނިޔާއިން ސޯސަލް މީޑިއާ ބަންޑުން ވެފައިވާއިރު، ޤައުމުގެ ނައިބު ރައީސްއަށް އެކި ފަރާތްތަކުން ސޯސަލް މީޑިއާމެދުވެރިކޮށް ފޮނުވި ބައެއް ތަހުނިޔާގެ މެސެޖުތައް ހިމަނާލައި، އެ ކިފަރާތްތަކުގެ ޝުޢޫރު ބަލާލުމަކީ މިއަދަށް މުނާސަބު ކަމެއް ކަމުގައި ދެކެމެވެ. ނައިބު ރައީސް ފައިޞަލް ނަޞީމަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދަނީ އެކި ގިންތި ތަކުންނެވެ. ދޭސީންނާއި ބިދޭސީންވެސް މެއެވެ. އޭގެ ތެރެއިން ބައެއް މެ...

ޔުމްނާ ޢަލީ
ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމާއި ގުޅޭ އިސްލާހާއި މެދު ކަންބޮޑުވުން!

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމާއި ގުޅޭ އިސްލާހާއި މެދު ކަންބޮޑުވުން!

ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމާއި ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅުއްވުމާއި ގުޅިގެން އާންމުންގެ ތެރޭގައި ދަނީ ތަފާތު ޝުޢޫރުތައް އުތުރި އަރަމުންނެވެ. އެމަނިކުފާނު އެ ޤާނޫނަށް މި އިސްލާޙްތައް ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން، އެ ބިލް އަނބުރާ ކޮމިޓީ...

އަލީ އާދިލް
ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ"

ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ"

ބަށި މުސަންމާއަކީ ރާއްޖޭގެ އެކި ހިސާބުގައި ތައްޔާރު ކުރަމުންދާ ކެއުމުގެ ބާވަތެކެވެ. އެކި ހިސާބުގައި ތައްޔާރު ކުރާގޮތާއި، ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތައްވެސް ތަފާތު ވެދާނެއެވެ. ހދ. ފިނޭ މީހުން ތައްޔާރު ކުރާ ބަށި މުސަންމާގެ ރަހަ، އެއް ފަހަރުވެސް ބަލައިފި ނަމަ ދެވަނަ ފަހަރުވެސް ކާން ބޭނުންވާހާ ރަހަ މީރެވެ. މިހަފުތާގައި މިގެނެސް ދެނީ އެރަށު މީހުން ބަށި މުސަންމާ ތައްޔާރު ކޮށް އުޅޭ ގޮތެވެ. ބަށީގައި ތައްޔާރު ކުރާ މި ކާނާގެ ބާވަތަކީ […]

ޝިއުނާ އާދަމް
ޔޫސޭގެ ބިދޭސީންގެ މުޒާހަރާ، އެ މަންޒަރުތައް ކުލަވެއްޖެ!

ޔޫސޭގެ ބިދޭސީންގެ މުޒާހަރާ، އެ މަންޒަރުތައް ކުލަވެއްޖެ!

މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައް ޙަޤީޤަތެއް ޑްރާމާ ތަކެއްގެ ސިފާގައި އަޅުގަނޑުމެންނާއި ހަމައަށް ގެނެސް ދީފައެވެ. ޔޫސޭގެ މިމަސައްކަތުގެ ބުރަދަން އޭރުވެސް މިހާރުވެސް އޮތީ ފެންނާށެވެ. ޔޫސޭގެ ލަފާކުރުންތައްވެސް މިހިރަ ލޯމަތިން ފެނި، އެ މަންޒަރުތައް ހަޤީޤަތަކަށްވެ، އެ ލަފާކުރުމުގައި ކުލަޖެހި ނިމިއްޖެއެވެ. އެހެން ކަމުން ޔޫސޭގެ މިފަދަ އެތައް މަސައްކަތް ތަކެއްގެ ތެރެއިން މިދުވަސްވަރާއި ގުޅޭ ވާހަކައެއް ދައްކައިލުން ކިހިނެއް ވާނެހެއްޔެވެ؟ ޔޫސޭ ޓުވީޓަށް ދޫކޮ...

ހުސައިން ހަބީބް
ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިހެއްޔެވެ؟

ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިހެއްޔެވެ؟

ޕޯޗްގީޒުން އަޅުވެތިކުރި ޤައުމުތައް އިންޓަރނެޓުން ސާޗް ކުރުމުން އެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަމެއް ނޯވެއެވެ. ދިވެހިރާއްޖެއާ ޕޯޗްގީޒާ ދެމެދު 09 ފެބުރުވަރީ 1995 ގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުއިރު ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި ޕޯޗްގީޒުން އަޅުވެތި ކުރި ޤައުމެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކޮށްފައެއް ނެތެވެ. ދެން އޮތީ މައުލޫގައި އަޅުގަނޑު ކުރި ސުވާލެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟ މި ސުވާލާއެކު އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލުތަކެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ 15 އަހަ...

ޢަބްދުﷲ ސަޢީދު
ތިގޭ ކުދިން އިނގިލި ބުއިން ހުއްޓުވާލީ ކިހިނެއްތަ؟

ތިގޭ ކުދިން އިނގިލި ބުއިން ހުއްޓުވާލީ ކިހިނެއްތަ؟

“ތިގޭ ކުދިން އިނގިލި ބުއިން ހުއްޓުވާލީ ކިހިނެއްތަ؟” މިއީ ސިއްޙީ އެކި އެކި ކަންކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޓުވީޓު ކުރައްވަމުން އަންނަ ޑރ. އަޙްމަދު ފައިސަލް ކުރައްވާފައިވާ ސުވާލެކެވެ. މިސުވާލާއިއެކު ޑރ ފައިސަލް ބުނެފައިވަނީ އިނގިލި ބުއިމަކީ 3 އަހަރުންދަށުގެ ކުޑަކުދިންގެ ޢާއްމުކަމެއްކަމަށާއި ހުއްޓުވަން ކަނޑައެޅިގެން ވަކިކަމެއް މޮޅޭ ބުނެވޭކަށްނެތް ކަމަށެވެ. އިނގިލިބޯ ވާހަކަ ކުޑަކުދިންގެ ގާތު ދެއްކުމަށްވުރެ ނުބޮއި ކުރެވޭނެ ކަންތައްތައް ކިޔާދީ، ނުބޯނަމަ ހިތްވަރުދި...

ޝިއުނާ އާދަމް
"އައުރަ ނިވާކުރަން އެންގީ އިޔާޒެއް، އަލީއެއް، ކާސިމެއް ނޫނެވެ. އެއީ ﷲ ޠަޢާލާގެ އަމުރުފުޅެވެ."

"އައުރަ ނިވާކުރަން އެންގީ އިޔާޒެއް، އަލީއެއް، ކާސިމެއް ނޫނެވެ. އެއީ ﷲ ޠަޢާލާގެ އަމުރުފުޅެވެ."

‎‎”އައުރަ ނިވާކުރަން އެންގީ އިޔާޒެއް، އަލީއެއް، ކާސިމެއް ނޫނެވެ. އެއީ ﷲ ޠަޢާލާގެ އަމުރުފުޅެވެ.” މިއީ އަހަރެންގެ ފަރާތުން ސިޓީއެއް..‎‎ “ވަޟަޢީ ޤާނޫނު ހަދާތަނުގައި ހަޅޭއްލަވާ ގޮތެއްނެތް އަންހެނާއަށް” މިމަޢުލޫމަށް މީސްމީޑީޔާގައި ޒުވާން އަންހެން ކުއްޖަކު ލިޔެފައިވާ އިބާރާތެކެވެ. މިސިޓީގައި އެޒުވާނާ އިތުރަށް ބުނެފައިވަނީ އަންހެނުންނަށް ފުރައްސާރަކުރަން ފުރުސަތުދިނީ އިސްލާމްދީނެއް ނޫންކަމަށާއި ތިޔަ ބުނާ އިސްލާމްދީނުން އަންހެނާއަށް ދިނީ ހިމާޔަތާއި ޤަދަރާއި ރައްކާތެރިކަމާއި ޢިއްޒަތާއި ޝަރަފްކަމަށެވެ. އަ...

އަލީ އާދިލް
ހިތުގެ ވިންދަކީ ﷲ އަށް ޛިކުރުކުރުން ކަމުގައި ހަދާށެވެ!

ހިތުގެ ވިންދަކީ ﷲ އަށް ޛިކުރުކުރުން ކަމުގައި ހަދާށެވެ!

މަޝްހޫރު ފިޤްހުޢިލްމުވެރިޔެއް ކަމުގައިވާ، އިބްނު ޢަޠާ ވިދާޅުވެފައި ވެއެވެ. ތިމައުރެންގެ ހިތްމަތާއި މިންނަތް ކިތަންމެ ވަރުގަދަވިޔަސް، އެކަމަކުން މާތް ﷲ ގެ ޤަދަރުފުޅުތައް ފޫއަޅުވައި ނުލެވޭހުއްޓެވެ. މިބަސްފުޅުގެ މާނައަކީ ކޮބައިތޯއެވެ؟ އާދެ! މި ބަސްފުޅުން ދޭހަވާނެ އެއްމާނައަކީ؛ މި ދުނިޔޭގައި ހިނގައިދާ ކޮންމެ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޤަދަރުފުޅާއެކު (މިންވަރުފުޅު) ހިގައިދާ ކަންކަމެވެ. އަދި އެކަންކަން ބަދަލު ކުރުމުގެ ކުޅަދާނަކަން، ނިކަމެތި އިންސާނުންނަށް ލިބިގެންނުވާނެ ކަމެވެ. އެހެންވެ، މި ޙަޤީޤަ...

ޝައިޚް މޫސާ ނިޒާރު
ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ރާއްޖެއޮތް ދުވަސްވަރު

ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ރާއްޖެއޮތް ދުވަސްވަރު

މީލާދީން 19 މޭ 1558 އެވެ. އެއީ ހިޖުރައިން 1 ޝައުބާން 965 އެވެ. އެއީ އަލިރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކޮށް ޝަހީދުވެވަޑައިގެން ދުވަހެވެ. އެއީ ދިވެހިންގެ މައްޗަށް ޕޯޗްގީޒުންގެ އަނިޔާވެރިކަމުގެ 15 އަހަރާއި 6 މަަސް ދުވަހުގެ އަޅުވެތިކަން ފެށުނު ދުވަހެވެ. ދިވެހިރާއްޖޭގެ ކަނޑުތައް ދިވެހިންގެ ލެއިން ރަތްވެގެން ދިޔަ ދުވަސްތަކެއްގެ ގޮތުގައި ލިޔުންތެރިން ސިފަކޮށްފައިވަނީ އެ ދުވަސްތަކެވެ. ޕޯޗްގީޒުން މާލެއަށް ވެރިވެގަތުމަށްފަހު އެ އަޅުވެތިކަމުގެ ކަޅު، ބަނަ ވިލާގަނޑު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މަތ...

ޢަބްދުﷲ ސަޢީދު
މިކުދިންގެ މަސްވެރިކަމުގެ ހުނަރުން އެތައް ބަޔަކު އާސޯޚް ކޮށްލައިފި!

މިކުދިންގެ މަސްވެރިކަމުގެ ހުނަރުން އެތައް ބަޔަކު އާސޯޚް ކޮށްލައިފި!

ކ. ހުރާއަށް ނިސްބަތްވާ 6 ކުއްޖެއް، ދިވެހި އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައ،ި މަސްދޯންޏެއްގައި މާ ކަނޑުގައި މަސްބާނަމުންދާ ވީޑިއޯ ދުށް ކޮންމެ މީހަކުމެ ވަނީ އެކުދިންގެ ހުނަރު ފެނި އާސޯޚްވެފައެވެ. އެ ކުދިންގެ ހުނަރުން ފެނިގެން ދިޔައީ އެކުދިންގެ ކާފަ މެނަށް، ބައްޕަމެނަށްވެސް ދޫ ދިނުމެއް ނެތްތަނެވެ. ދޮށި އަޅަމުން މަސްތައް ނަގައި ވަތަށް އުކަމުން ދަނީ ނުހަނު ފަރިތަ ކަމާއި އެކުގައެވެ. މިކުދިންގެ މަސްވެރިކަމުގެ ދަތުރުގެ ވާހަކައިން ކުޑަ ތަންކޮޅެއް އަހައިލިޔަސް ހަމައެކަނި މިކުދިންގެ […]

ހުސައިން ހަބީބް

މިފަހަރު މިއޮތީ ވަރުދާގެ "ކަންނެތް ދެލޮނު"

ބަނބުކެޔޮ މޫސުން ލައިގެންފައިވާ މިދުވަސްވަރު ބަނބުކޭލުން އަނެއްކާވެސް ތަފާތު ކާނާގެ ބާވަތެއް ތައްޔާރު ކޮށްލައި، އަޖުމަ ބަލައިލުން ކިހިނެއް ވާނެ ހެއްޔެވެ؟ ކުރީ ހަފުތާއެއްގައި ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަހުމަދު ވަނީ ބަނބުކޭލުގައި “ކަނޑު ކުކުޅު” ތައްޔާރު ކުރާނޭގޮތް ކިޔައިދީފައެވެ. މިފަހަރު ވަރުދާ މި ކިޔައިދެނީ ބަނބުކޭލުގައި “ކަންނެތް ދެލޮނު” ތައްޔާރު ކުރާނެ ގޮތެވެ. ބަނބުކޭލުގައި “ކަންނެތް ދެލޮނު” ތައްޔާރު ކުރާނެ ގޮތް ބޭނުންވާ ތަކެތި 1 ބަނބުކެޔޮ 1 ގަނޑު ވަޅޯމަސް […]

ހުސައިން ހަބީބް
ސިނގިރެޓް ބޯ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރާއި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު

ސިނގިރެޓް ބޯ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރާއި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު

ސިނގިރެޓް ބޯ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ފުއްޕާމޭގެ ކެންސަރާ އަދި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު %20 އިތުރު!! މިއީ ސިއްޙީގޮތުން އާންމުން ހޭލުންތެރި ކުރެއްވުމަށް މީސް މީޑިއާ މެދުވެރިކޮށް ގިނަ މަޢުލޫމާތުތައް ދެއްވަމުން ގެންދަވާ ޑރ. މުޙައްމަދު ޢަލީ މިދުވަސްވަރު “ސިނގިރެޓަށް ނޫނެކޭ ބުނަމާ!” މިމަޢުލޫއަށް ގެނެސްދެއްވަމުން ގެންދަވާ ސިލްސިލާގެ ތެރެއިން ކުޑަ ބަސްކޮޅެކެވެ. ސިނގިރޭޓު ބުއިމާއި އެކަމުގެ ހުރި ގެއްލުންތައް ބަޔާންކޮށްދެމުން މުޙައްމަދު ޢަލީ އިތުރަށް ބުނެފައިވަނީ ދުވަހަކުވެސް ސިނގިރެ...

ހުސައިން ހަބީބް
އުދަގޫ ވަގުތުތަކުގައި ވިސްނުން ސީދާކުރާށެވެ!

އުދަގޫ ވަގުތުތަކުގައި ވިސްނުން ސީދާކުރާށެވެ!

ޙައްޤުގޮތުގައި މާތް ﷲ އަށް ތަޤުވާވެރިވާ މީހަކަށް ކުރިމަތިވެދާނެ ކޮންމެ އުދަގުލަކުން އެމީހަކު ސަލާމަތް ކުރައްވާނޭމަގު އެކަލާނގެ ތަނަވަސްކޮށްދެއްވާނެ ކަމީ އިލާހީ ވަޢްދުފުޅެކެވެ. ތިބާރަގަޅަށް ހަނދުމަކުރާށެވެ! ހަމަކަށަވަރުން ނަޞްރުވަނީ ކެތްތެރިކަމާއި ލާމެހިފައެވެ. އުދަގޫތައްވަނީ ރައްކާތެރިކަމާއެކުއެވެ. އަދި ޔަޤީންކުރާށެވެ! ކޮންމެ އުދަގުލަކާއެކު ފަސޭހަތަކެއްވެއެވެ. އާދެ! އަދުވެސް އަދި މާދަމާވެސް މި ޙަޤީޤަތަކަށް ބަދަލުއައުމެއް ނުވެއެވެ. ކޮންމެ ބޮޑު އުދަގުލަކަށްފަހު ރައްކާތެރިކަމެއް ވެއެވެ. މިދުނިޔޭގައ...

ޝައިޚް މޫސާ ނިޒާރު

މުގޮށި މާލޫދު

މުގޮށި މާލޫދަކީ އިހުގައި ރާއްޖޭގެ މަދު ރަށްރަށެއްގައި ކިޔައި އުޅުން މާލޫދެއްކަމަށް އަދުގެ މުސްކުޅީން ބުނެއުޅެއެވެ. “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތުގައި (މުތަރުޖިމް) ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، މި މާލޫދަކީ އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އަރިހުގައި ޟައްބު (ضَبّ) އެވެ ކިޔޭ ސޫތްޕެއް ބަސްދަންނަވައި ޝަހާދެއްކީ ވާހަކަ، ނަންގަންނަވައި އިހުގެ ދިވެހި ދަންނަބޭކަލަކު ޢަރަބި ބަހުން އެކުލަވާލައިފައިވާ މާލޫދެކެވެ. ދިވެހީން މި މާލޫދަށް މުގޮށި މާލޫދޭ ކިޔައި […]

އަޙްމަދު ސާލިމް
ހައްޤުވާ މިންވަރު ނުލިބޭ ބިދޭސީން، ބައެއްގެ ބޮޑު އިހުމާލެއް

ހައްޤުވާ މިންވަރު ނުލިބޭ ބިދޭސީން، ބައެއްގެ ބޮޑު އިހުމާލެއް

ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައެވެ. ޤަވައިދުތަކާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ނުޤަވައިދުން ޤައުމުގައި އުޅޭ ބިދޭސީންގެ މައްސަލަތަކެވެ. ބިދޭސީ މަސައްކަތްތެރިންނަށް މުސާރަނުދޭ ވާހަކައަކީ ހަމައެކަނި މިއަދު ފެންމަތިވެގެން އުޅޭ ވާހަކައެއް ނޫނެވެ. މިއީ ދިގު މާޒީއެއް އޮތް އެންމެން ވެސް ދަންނަ ވާހަކައެކެވެ. ނުވިތާކަށް ކޮންމެ އިންތިޚާބަކާއި ގުޅޭ ސިޔާސީ ވައުދެއްވެސްމެއެވެ....

އިބްރާހިމް ޚަލީލް