މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

499 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 17 ވަނަ ޞަފްޙާ

ނިއު ނޯމަލްގައި ޤައުމު އާގޮތަކަށް ބައްޓަންކުރަން މަޖުބޫރު!

ނިއު ނޯމަލްގައި ޤައުމު އާގޮތަކަށް ބައްޓަންކުރަން މަޖުބޫރު!

ދުނިޔޭގެ އާބާދީގެ ވަރަށް ގިނަ ބަޔަކު މިވަގުތު ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުމުގެ ސަބަބުން އާބާދީގެ ގިނަ ބަޔަކު ވަނީ އިގުތިސާދީ ހަރަކާތްތަކާއި ދުރަށް ދާން ޖެހިފައެވެ. އެތައް މިލިޔަން ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ސިއްހީ ނިޒާމް ނިކަމެތިވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ. ކޯވިޑް-19 ގެ ބަލިމަޑުކަން މަޑުމަޑުން ނެތެން ފަށާއިރު ދެން އަލިވިލޭނީ މުޅިން އާ […]

ތިލަދުން
"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

ކޭލުގައި ތައްޔާރުކުރާ ކާނާގެ ބާވަތެއް ކަމަށްވާ “ކޭލު ފޯ” ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކޭލުން ތައްޔާރުކޮށް އުޅުނު ކާނާގެ ބާވަތެކެވެ. ތިޔަ ރަށުގައި އެއްވެސް އިރެއްގައި “ކޭލު ފޯ” ތައްޔާރު ކުރިހެއްޔެވެ؟ މި ކާނާގެ ބާވަތާއި ގުޅިގެން އެކި ރަށްރަށުގައި ޒަމާންވީ ހަނދާންތަކެއްވެސް އެބަހުއްޓެވެ. މިފަހަރު އަނެއްކާވެސް މިގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން ” ކޭލު ފޯ” އާއި ގުޅިފައިވާ ހދ. […]

ޝިއުނާ އާދަމް
ޙަކީމްބޭ ގޯތި ޙައްވަ ދައިތަ

ޙަކީމްބޭ ގޯތި ޙައްވަ ދައިތަ

ހއ. ދިއްދޫ އަންޑާޕޫލްގޭ، ޙަކީމްބޭ ގޯތި ޙައްވަ ދައިތައަކީ އަހަރެންގެ އެންމެ ފުރަތަމަ މަދަރުސީ ޙަޔާތުގެ ބެލެނިވެރިޔާއެވެ. ޙައްވަ ދައިތައާއެކު އެންމެ ދުރު ހަނދާނަކަށް ވަނީ އަހަރެންގެ އުމުރުން 7 އަހަރުގައި ޙައްވަ ދައިތަގެ ބެލެހެއްޓުމުގެ ދަށަށް އަހަރެން ދިޔަ ދިޔުމެވެ. އެހެން ނަމަވެސް، އޭގެ އެތަކެއް އަހަރު ކުރިން، އަހަރެމެންގެ އާއިލާއާއި ޙައްވަ ދައިތައާ ވަނީ ގުޅިފައެވެ. ހއ. އާއި ހދ. އެއްކޮށް ތިލަދުންމަތީގެ ނަމުގައި ނޮޅިވަރަންފަރުގައި އަތޮޅުގެ އަތޮޅުވެރިކަން ހިނގަމުން ދިޔަ ދުވަސްވަރު، އަހަރެންގެ […]

ޢާޠިފާ ޒަކަރިއްޔާ
އަޞްލާމެދު ވިސްނަވާށެވެ!

އަޞްލާމެދު ވިސްނަވާށެވެ!

އަހަރެންނަކީ ކާކު ހެއްޔެވެ؟ އަހުރެންގެ ފުރިހަމަ އުފެދުން ޚަލްޤުކުރެއްވީ ކާކު ކިހިނަކުން ހެއްޔެވެ؟ މި ޙަޔާތުގެ ބޭނުންތައް ނަފުސު އެދޭގޮތަށް ނިންމާލުމުގައި ނަފުސުގެ ކޮންޓްރޯލުއޮތީ ކިހާ މިންވަރަކަށްތޯ ސުވާލު ނުކުރަމު ހެއްޔެވެ؟ މިއީ ކޮންމެ ދުވަހަކު، އަހަރުމެންގެ ނަފްސާ ކުރުން މުހިންމު ސުވާލުތަކެލެވެ. މި ސުވާލުތަކުގެ ފުރިހަމަ ޖަވާބުލިބި އަމިއްލަ ނަފްސަށް އިޤްނާޢުވަންދެން މިކަމާމެދު ވިސްނުމަކީ ލާޒިމުކަމެކެވެ. وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ (21) – الذّاريات ” އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފ...

ޝައިޚް މޫސާ ނިޒާރު
އެޖެންޑާ-19، ނަޒާހަތްތެރި މަޖިލިސްގެ މިސްރާބު ހުރީ ކޮން ދިމާއަކަށް؟

އެޖެންޑާ-19، ނަޒާހަތްތެރި މަޖިލިސްގެ މިސްރާބު ހުރީ ކޮން ދިމާއަކަށް؟

19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ކެމްޕެއިންގައި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔައީ 19 ވަނަ މަޖިލިސްގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިއްޖެނަމަ މަޖިލިސް ނަޒާހަތްތެރި މަޖިލިސްއަކަށް ވެގެން ދާނެ ކަމުގެ ވަޢުދެވެ. އެ ނަޒާހަތްތެރި ކަމުގެ ވަޢުދުގެ ބާރުގައި ރައްޔިތުން ނުކުމެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ބިޔަ މެޖޯރިޓީއެއް 19 ވަނަ މަޖިލީހުން ހިބަކޮށްދިނެވެ. މަޖިލިސްގެ ތާރީޚްގައި އިންތިޚާބެއްގައި އެއްވެސް ބަޔަކަށް ނުލިބޭ ޝަރަފާއި، ބާރުވެރިކަން ރައްޔިތުން ވެރިކަން ކުރާ މައިޕާޓީއަށ...

އަލީ އާދިލް
މާލޭ ބާޒާރުގެ އަގުތައް އެއްދުވަސް ވަރެއްގައި ހުރި ގޮތް

މާލޭ ބާޒާރުގެ އަގުތައް އެއްދުވަސް ވަރެއްގައި ހުރި ގޮތް

ސުރުޚީ އެހެން އޮތަސް މާލޭބާޒާރުގެ އަގުތައް އެއްވަނަބޮޑުހަނގުރާމައިގެ މާކުރިން ފެށިގެން ދެވަނަ ބޮޑުހަނގުރާމަ ފެށުމާ ހަމައަށްވެސް އޮތީ ހަމަ މުޅިން އެއްވަރަށް ކަހަލަ ގޮތަކަށެވެ. އެއްވަނަ ބޮޑުހަނގުރާމަ ފެށުނީ މީލާދީން 1914 ވަނަ އަހަރުއެވެ. ދެވަނަ ބޮޑުހަނގުރާމަ ފެށުނީ 1939 ގައެވެ. މިގަލަމުން ފާހަގަ މިކުރަނީ ސުމުއްވުއްސުލްޠާން ޙަސަން ނޫރައްދީން ޝާނީއަށް ރަސްކަމަށް ކޮލިލީދުވަސްވަރު ބާޒާރުގައި މުދަލުގެ އަގުހުރި ގޮތެވެ. ޙަސަން ނޫރައްދީނަށް ކޮލިލީ 1357 ޖުމާދިލް އައްވަލް 22 (ބާވީސް) ވަނަ ދުވަހުއެވެ. މީލާދީ...

Thiladhun
ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ، އެދެނީ އެހީތެރިކަމަށް!

ޔަމަނުގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެ ޤައުމުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެޖެންސީ ރިލީފް ކެމްޕޭނެއް ފަށައިފިއެވެ. ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން އ.ދ އިން ދުނިޔޭގެ އެންމެ ނިކަމެތިން ގިނަ އަދި ހާލަތު ގޯސް ޤައުމުގެ ގޮތުގައި ކަނޑައަޅާފައިވާ ޔަމަނުގެ ހާލަތު ކޮވިޑް 19 އާއި ގުޅިގެން ވަނީ ބޮއްސުންލާފައެވެ. އެގޮތުން އެ ޤައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޔަމަނުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުން […]

އިބްރާހިމް އަސްވާޤް
ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް

ކެޕްޓަން ޙުސައިން މުޙައްމަދު (ފިއްލަދޫ ޙުސައިން މަނިކު) އަކީ ސިފައިންގޭގައި ދެ ފަހަރެއްގެ މަތިން 34 އަހަރެއްހާ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ވެރިން އެންގެވި ކޮންމެ ކަމެއް އަދި ކުރެއްވި ކޮންމެ ޢަމުރެއް ފަސްޖެހިވަޑައި ނުގެން ތަންފީޒު ކުރެއްވި ބޭފުޅެކެވެ. ޖެހިލުންކުޑަކަމާއި ކެރުމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އިސްވެރިންގެ އޯޑަރާ އެއްގޮތަށް ޢަޒުމާއެކު ކަންކަމާ ކުރިމަތިލައްވައި، ކާމިޔާބު ކުރެއްވި ހިތްވަރުގަދަ...

ޢަބްދުﷲ ސަޢީދު
ޑރ. ފައިޞަލް: ކޮމަންޑޫގެ ފަޚުރުވެރި ދިވެހި ދަރިއެއް!

ޑރ. ފައިޞަލް: ކޮމަންޑޫގެ ފަޚުރުވެރި ދިވެހި ދަރިއެއް!

ރާއްޖޭގެ ފުރަތަމަ ދިވެހި އެންޑޯކްރޮނޮލިޖިސްޓެއްގެ ގޮތުގައި ޤައުމީ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިއްޔެ ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫއަށް އުފަން ޑރ. އިބްރާޙީމް ފައިޞަލަކީ ކޮމަންޑޫއާއި، ޤައުމުގެ ފަޚުރުވެރި ދަރިއެއްކަން ޔަޤީނެވެ. ހޯމޯނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންދިމާވާ އެކި ބަލިތަކަށް ފަރުވާ ދެއްވުމަށް ޚާއްސަ ސްޕެޝަލިސްޓެއްގެ ގޮތުގައި ޤައުމީ ހޮސްޕިޓަލްގައި ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫ، ފިތުރޯނުގެ، ޑރ. އިބްރާހީމް ފައިޞަލަކީ އެންޑޯކްރޮނޮލިޖިސްޓެއްގ...

ޝިއުނާ އާދަމް
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ފާފައެއް، ﷲގެ ކޯފާ އާއި އަޒާބަށް ބިރުވެތިވޭ!

ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ފާފައެއް، ﷲގެ ކޯފާ އާއި އަޒާބަށް ބިރުވެތިވޭ!

އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ. ކައިވެނި ކުރުމަކީ އަންހެނަކާއި ފިރިހެނަކު ޝަރްއީ ހަމަތަކުގެ މަތީން މަންފާއެއް ލިބިގަތުމަށް ކުރާ އަޤްދެކެވެ. އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ މުޤައްދަސް ގުޅުން ވަނީ ހުއްދަކުރައްވާފައެވެ. އަންހެނަކާއި ފިރިހެނަކު ކައިވެނީގެ ގޮތުން ގުޅުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ވަރަށް މުޤ...

އަލީ އާދިލް
ހުކުރު ދުވަހު މެންދުރު ކެއުމަށް، ވަރުދާގެ "ބަނބުކޭލު ކަނޑު ކުކުޅު"

ހުކުރު ދުވަހު މެންދުރު ކެއުމަށް، ވަރުދާގެ "ބަނބުކޭލު ކަނޑު ކުކުޅު"

މިދުވަސްވަރު ބަނބުކޭލުގެ ވާހަކަ އަޑު އިވޭލެއް ވަރަށް ގަދަ އެވެ. ދިމާވި ކޯވިޑްގެ ހާލަތުގައި ބަނބުކޭލުގެ ވާހަކަ ދައްކާލެއް ގިނަވެފައިވިޔަސް ބަނބުކޭލަކީ ރާއްޖޭގެ ގިނަ ރަށްތަކަކުންލިބޭ، ގިނަ ބަޔަކު ގަޔާވާ ގިނަ ކާނާ ވައްތަރުތަކެއް ތައްޔާރުކުރަން ބޭނުންކުރާ ބާވަތެކެވެ. ދިވެހިންގެ ދިވެހިވަންތަ ކެއުމުގެ ތެރޭގައި ހިމެނޭ ބަނބުކޭލުން ތައްޔާރުކުރާ ބައެއް ވައްތަރުތަކުގެ ކާއެއްޗެހީގެ ތެރޭގައި ތެލުލި ބަނބުކެޔޮ، ބަނބުކެޔޮ ރިހަ، ބަނބުކެޔޮ ބޮނޑިބަތް، ބަނބުކެޔޮ ބަތް، ބަނބުކެޔޮ ބަތްޕެން، ބަނބުކެޔޮ ހިތި އަދި ބަނބުކޭ...

ޔުމްނާ ޢަލީ
ރައީސް ވަހީދު އެނބުރި ވަޑައިގަތުމާއިއެކު، ތެޔޮ ރިޕޯޓު ވާހަކަވެސް ފާޅުވެއްޖެ

ރައީސް ވަހީދު އެނބުރި ވަޑައިގަތުމާއިއެކު، ތެޔޮ ރިޕޯޓު ވާހަކަވެސް ފާޅުވެއްޖެ

7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ވެރިކަމުގެ ބާކީ ދޮޅު އަހަރެއްހާ ދުވަސް ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު ޖެހިގެންއައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ފުރަތަމަ ބުރުގައި ލިބިވަޑައިގަތް 5 އިންސައްތަ ވޯޓާއިއެކު އެމަނިކުފާނު ޚިޔާރު ކުރެއްވިތަން ފެނުނީ ސިޔާސީ ހަމަހިމޭން ކަމެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތަކުން އެމަނިކުފާނު ފެނިވަޑައިގަތީ...

އަލީ އާދިލް
މެމްބަރު ޢަލީ ކިޔުއްވައިދެއްވި 30 ނަމްބަރު ކަންވާރު ރޯލުގެ ވާހަކައިން ދޭހަވަނީ ކޮންކަމެއް؟

މެމްބަރު ޢަލީ ކިޔުއްވައިދެއްވި 30 ނަމްބަރު ކަންވާރު ރޯލުގެ ވާހަކައިން ދޭހަވަނީ ކޮންކަމެއް؟

ރައްޔިތުންގެ މަޖިލިސްގައި އިއްޔެ އޮތް 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގެ އެޖެންޑާގެ ނަމްބަރުތައް ނިއުޅެމުންގޮސް ޖަލްސާ ނިންމާލެއްވުމުގެ ކުރިން މަޖިލިސް ރިއާސަތުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލިސްގެ އިތުރު އެހެން މަސައްކަތްތަކުގެ ބައިން، ބަހުސަށް ހުޅުވާލި މައްސަލައިގެ ބަހުސްގެ ވަގުތުގައި އެންމެ ފަހު މެމްބަރެއްގެ ގޮތުން ވާހަކަ ދެއްކެވީ، ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިނެވެ. މަޖިލިސް މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިނަށް […]

ޔުމްނާ ޢަލީ
ވަގު ކަލޭގެ

ވަގު ކަލޭގެ

ރަށުގައި އަހަރެމެންގެ ގޭ ގޯތިތެރޭގައި ރުއްގަސް ވަރަށް ގިނަވާނެއެވެ. މޭވާ އަޅާ ގަސްގަހާއި ތަފާތު ފަތްޕިލާވެލި ވަރަށް ހައްދާފައި އޮވެއެވެ. އަންނާރާއި ކުންނާއި ފޭރާއި އަތައާއި ފަޅޮލެވެ. އެކި ކަހަލަ ރުކެވެ. އެ ކަން ކުރާ މީހަކީ މަންމައެވެ. ގަސްގަހުގައި އަޅާ އެއްޗެހި ހަރުވެ ދޮންވީމާ މަންމަ ފޮނުވަނީ ރަށްރަށުގައި ކިޔަވަން ތިބި ދަރިންނަށެވެ. ދަރިންނަށް މަދު ވެދާނެތީ ގިނަ ފަހަރަށް އެއިން އެއްޗެއް ދުލުކުރި ވެސް ޖައްސައި ނުލާނެއެވެ. މިއީ، ވަރަށް ބުރަ މަސައްކަތުން ދޮންކޮށް […]

ޢާޠިފާ ޒަކަރިއްޔާ
ތައުލީމީދާއިރާ އާންމު ހާލަތަކަށް ކުރާ ދަތުރު، ޝުކުރު ޙައްޤު މަސައްކަތެއް

ތައުލީމީދާއިރާ އާންމު ހާލަތަކަށް ކުރާ ދަތުރު، ޝުކުރު ޙައްޤު މަސައްކަތެއް

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އެޅިރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައްވެސް ބަންދު ކުރަން ޖެހުނެވެ. އެހިސާބުންވެސް އެ ދާއިރާގެ “އިންޖީނުތައް” ނިވައެއް ނުލައެވެ. ފެނިގެން ދިޔައީ ހިތްވަރު އައުކޮށް ހާލަތާއި ކުރިމަތިލިތަނެވެ. 11 މާރިޗް 2020 ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެސެންޓަރގެ ތަރުޖަމާނު މަބްރޫކް އަޒީޒް ޢިއުލާނު ކުރެއްވީ، ކޯވިޑްގެ ސަބަބުން ފަސްޓް ޓާމްގެ މިޑް ބްރޭކަށް ފަހު، 2020 މާރިޗް 15 ވީ […]

ޝިއުނާ އާދަމް