މާމަލޭ އާއި އަލީރާޖާ
ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅާއި އިންޑިއާގެ މަލިކާ ދެމެދުގައި އޮންނަ އެއިޓް ޑިގްރީ ޗެނަލަށް “މާމަލޭ ކަނޑު” ކިޔާ އުޅުނު ދުވަސްވަރެއް ދިޔައެވެ. އެ ނަން ނިސްބަތްވަނީ މާމަލޭ މަރައްކާރު ނުވަތަ މުޙައްމަދު ޢަލީއަށެވެ. އޭނާއަކީ މަލާބާރުގެ އިސްލާމް ވިޔަފާރިވެރިއެވެ. މަޝްހޫރުވެފައި ވަނީ ކަނޑުގެ ރަސްގެފާނުގެ ނަމުންނެވެ. އެއީ ކަންނަންނޫރުގައި ވަކި އިސްލާމީ ރަސްކަމެއް ހިންގި އަރައްކަލް އާއިލާ، ކޮންމެ ރަސްކަލަކަށް ވެސް “އަލީރާޖާ”ގެ ލަގަބު ބޭނުން ކުރެވުނުގެ ރަސްކަން އުފެދިގެން ދިޔަ ސަބަބެވެ. އަލީރާޖާ ނުވަތަ އ...