ރަށު ބަންދަކީ ވެސް ވޭނެއް، "އޯކޭއެއް" ނޫން!
ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ ކޮވިޑު-19 މިވަނީ މުޅި ދުނިޔެ ހުއްޓުވާލާފައެވެ. އެއް ގައުމުން އަނެއް ގައުމަށް، އެއް ރަށުން އަނެއް ރަށައް، އަދި އެއް އަވަށުން އަނެއް އަވަށައް ދަތުރުކުރުން މިވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެމީހަކު ހުރި ތަނެއްގައި ބަންދުވެވިގެން ތިބެން މަޖްބޫރުވެފައެވެ. މިއީ އެތައް ބަޔަކަށް ބޮޑު ހިތްދަތިކަމެކެވެ. މިދިޔަ އެޕްރީލް މަހު މާލެއިން ކޮވިޑު-19ގެ ފުތަރަމަ ބަލި މީހަކު ފެނުމާ އެކު މާލެ ފުރަބަންދު ކުރިއެވެ. އެތައް ހާސް ބަޔަކު މާލޭގައި ބަންދުވެ، އެތައް […]