ރަށަށް ތިޔަ ދަނީ ކޮވިޑް ހިފައިގެންތަ؟
ރަށް ކައިރި ސަރަހައްދުން ވަދު މަސްވެރިކަން ކުރާ މަސްވެރިން، ފަތިސްނަމާދުކޮށްގެން އެމީހުންގެ ދޯނިތަކާއި ޑިންގީތަކުގައި ފުރައިފިއެވެ. ރޭނުމާއި ސިމެންތި ޖެހުން ފަދަ މަސައްކަތްތައް ރަށުތެރެއިން ހޯދައިގެން ކުރާ މީހުން އިރު އެރުމާ އެކީ މިސްރާބު ޖެހީ ސައިހޮޓާތަކަށެވެ. މަސައްކަތެއް ކޮށްލާނެ މީހަކު ހޯދަން ބޭނުންވާ މީހުން ވެސް އެއްވީ އެތަން ތަނަށެވެ. އޮފީސްތަކަށް ދާ މީހުން އެގަޑީގައި ތިބީ ކަސްރަތުކުރާށެވެ. ހަށިގަނޑުގައި ވަރުޖައްސާލާ، ގައިގެ ރިހުންތަކަށް ލުޔެއް ހޯދަން، އުމުރުން ދުވަސްވީ މީހުން އެރުނީ މޫދަށ...