މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

499 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 11 ވަނަ ޞަފްޙާ

އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

މީގެ ދެ ދުވަހެއްގެ ކުރިން، 8 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހަކީ އުތުރުގެ ރަށެއްކަމުގައިވާ ށ.ނަރުދޫ ރައްޔިތުންނަށް ހިތާމައިން ފުރިގެންވީ ދުވަހެކެެވެ. އެރަށުގެ ރަށްޔިތުންނަށާއި އަދި ހަމަ އެހެންމެ، އެ ރަށް، ރަށަކަށް ހެދުމުގައި ކުރެއްވި އެންމެހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވި، ކުރީގެ ކުޑަކަތީބު އަބްދުއް ރައްޒާޤު މޫސާ ފަނާކުރުވަނިވި ދުނިޔެއާ ވަކިވެ ދިޔަ ޚަބަރު ލިބުނު ހިސާބުންނެވެ. އާދޭހެވެ. ރަށަށް ޚިދުމަތް ކޮށްދެއްވާފައިހުރި މިފަދަ ލާމަސީލް ސަޙްސިއްޔަތެއް ވަކިވެގެން ދާކަށް ހަމަ...

މުޙައްމަދު އިނާން
އެންމެ ލޯބިވާ ދުވަސް

އެންމެ ލޯބިވާ ދުވަސް

މިއީ އަޖައިބެއް ފަދަ ދުވަހެކެވެ. މައިންބަފައިން ދުނިޔެއާއި ވަކިވެގެންދާ ދުވަހު، ދަރިން އެ ދަރިންގެ މައިންބަފައިން ދެކެ އިންތިހާއަށް ލޯބިވާކަން އެ މީހުންގެ ހުރިހާ އިހްސާސްތަކަކުންނާއި ހަރަކާތްތަކަކުން ދައްކުވައިދެއެވެ. އެދުވަހު މައިންބަފައިންގެ އޯގާތެރިކަމާއި ހެޔޮކަމާއި، ދަރިންނަށް ޓަކައި ވެފައިވާ ޤުރުބާނީ ހަނދާންކޮށް ރޮނީ ތިޔަ ހެނެއް ނޫނެވެ. ލޯބިން ހަމަ ރޮވެނީއެވެ. އެ ދުވަހު އެ ދަރިންނަށް ހަމަނޭވާ ވެސް ނުލެވެނީ މައިންބަފައިން ދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. މި މަންޒަރު ބަލަން ތިބޭ މީހުން ކޮސްކ...

ތިލަދުން
އަދަދުތައް ދަށަށް – މިއީ އެންމެ ސަމާލުވާންވީ ވަގުތު

އަދަދުތައް ދަށަށް – މިއީ އެންމެ ސަމާލުވާންވީ ވަގުތު

މާލޭގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު އަހަރެމެން އެންމެން ދެ މަހެއްހާ ދުވަހު ފުރަބަންދުގައި ތިބެން ޖެހުނެވެ. އެ ފުރަބަންދުން ވީއްލުމާ އެކު އަހަރެމެންނަށް ހީވީ، މިކަމުން ދެން މި އަރައިގަނެވުނީހެންނެވެ. ސަރުކާރުން ވަރަށް ބޮޑު ލުއިތަކެއް ދިން ވެސް މެ އެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވާން ހަމަ ފެށުމާ އެކު އަހަރެމެންނަށް މާ ބޮޑު ބެލުމެއް ނެތި އުޅެވެން ފެށުނެވެ. އެ ދުވަސްވަރު ރާއްޖޭގެ ކުޅަދާނަ ޑޮކްޓަރަކު ވަރަށް މައުނަވީ ޓްވީޓެއް ކުރެއްވި […]

ތިލަދުން

ތޮޅެންދޫ މީހުން ކެނދިކުޅުދޫއަށް ބަދަލުކުރުން

ދިވެހިރާއްޖޭގައި ރަށްރަށް ފަޅުކޮށް، އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އަންޒަމާނުއްސުރެ ހިގަމުންދާ ކަމެކެވެ. އެހެންނަމަވެސް ދިރިއުޅެން ދަތި އުދަނގޫ ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުން ސަރުކާރުން ދިރިއުޅުން ފަސޭހަ ރަށްރަށް ބަދަލުކޮށް “އެއްފަސް” ކުރުމުގެ ސިޔާސަތު އުފަންވެގެންއައީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެ މަސައްކަތް ފެށިގެން އައިދުވަސްވަރު އެއީ ވަރަށް މަޑުމަޑުން ކުރިއަށްދާ ގިނަ ދުވަސްތަކެއް ނަގާ “ބޮޑު” މަސައްކަތެކެވެ. އެގޮތ...

ޢަބްދުﷲ ސަޢީދު
ސްކޫލްތައް ހުޅުވިއިރު އަހަރެމެން ތައްޔާރުތަ؟

ސްކޫލްތައް ހުޅުވިއިރު އަހަރެމެން ތައްޔާރުތަ؟

“ކްލާހަށް ދަރިވަރުން ގެނެސްގެން ކިޔަވައިދިނީމާ ދަރިވަރުންނަށް އެތައް އެޑްވާންޑޭޖްތަކެއް އެބަ ލިބޭ،” މާލެ ސަރަހައްދުގެ ސްކޫލްތައް އަލުން ހުޅުވުމާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭ ގަޑި އިތުރު ކުރުމާ ބެހޭ މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އޮންލައިން ކްލާސްތަކުން ނުލިބޭ އެތައް ކަމެއް ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ލިބެ އެވެ. އޭނާ ވިދާޅުވީ، ސްކޫލްތައް ބަންދުކޮށްފައި ހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ....

ތިލަދުން
ބަންގާޅަށް ނިސްބަތްވާ ދިވެހި ރަސް ދަރިކޮޅު

ބަންގާޅަށް ނިސްބަތްވާ ދިވެހި ރަސް ދަރިކޮޅު

ދިވެހިރާއްޖެ އިސްލާމްވި ފަހުން ދިވެހިރާއްޖޭގައި ހަތް ދަރިކޮޅަކުން ރަސްކަން ކުރެއްވިއެވެ. އެ ދަރިކޮޅުތަކަކީ ތީމުގޭ ދަރިކޮޅާއި، ޢުމަރުވީރު ދަރިކޮޅާއި، ހިލާލީ ދަރިކޮޅާއި، އުތީމު ދަރިކޮޅާއި، އިސްދޫ ދަރިކޮޅާއި، ދިޔަމިނގިލި ދަރިކޮޅާއި، ހުރާ ދަރިކޮޅެވެ. މި ހަތް ދަރިކޮޅުގެ ތެރޭގައި ހިމެނޭ ޢުމަރުވީރު ދަރިކޮޅު ނިސްބަތްވަނީ ބަންގާޅަށެވެ. ބަންގާޅު ކިޔަނީ މިހާރުގެ ބަންގްލާދޭޝްއަށް ކަމަށް ވިޔަސް އޭރު އެއީ މިހާރުގެ އިންޑިއާގެ ބައެކެވެ. ޢުމަރުވީރު ދަރިކޮޅަށްފަހު ރާއްޖޭގައި ރަސްކަންކުރެއްވި ހިލާލީ ދަރިކޮޅަކީ ވެސ...

ޢަބްދުﷲ ސަޢީދު
ޝުކުރިއްޔާ މުދައްރިސުން

ޝުކުރިއްޔާ މުދައްރިސުން

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރަމެވެ. ތިޔަ ލޮބުވެތި މުދައްރިސުންގެ ޤައުމީ ޚިދުމަތަކީ ފާހަގަކުރެވޭ ”ދުވަހަކުން” ނުވަތަ ލިޔެލެވޭ ލަފުޒަކުން އަގުވަޒަން ކުރެވޭ ވަރަށްވުރެ މާ މަތިވެރި ޤައުމީ ޚިދުމަތެކެވެ. މުދައްރިސުންނަކީ މި ޤައުމިއްޔު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންނެވެ. މުދައްރިސުންގެ ޚިދުމަތަކީ، ސިކުންތަކަށް ވިޔަސް ފަނޑުނުވާނޭ ޚިދުމަތެކެވެ. މުޖުތަމަޢެއް އެންމެ ބޮޑު ދަރަންޏަކުން ދަރާފައިވާ ބަޔަކީ ވެސް މުދައްރިސުންނަށެވެ. މުދައްރިސުން މުޅިދުވަސް ހޭދަކުރަނީ ޤަ...

ޙުސައިން ޝަހުދީ
ޕާޓީތަކާއި މަސްދަތުރުތައް އޯކޭއެއް ނޫން!

ޕާޓީތަކާއި މަސްދަތުރުތައް އޯކޭއެއް ނޫން!

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ކޮންމެ ފިޔަވަޅެއްގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮންނަނީ އެންމެ އިލްތިމާސެކެވެ: އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް އާންމުން އެއްބާރުލުން ދިނުމެވެ. ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް އޮތްއިރު، އާއްމުންގެ ގިނަ ބަޔަކު މިކަން ހަނދާން ނެތިއްޖެ އެވެ. މިހާރު ޕާޓީތަކާއި މަސް ދަތުރުތައް ބޭއްވުން އާއްމެވެ. އެކަމަކު މިއީ އަދިވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. ކޮވިޑް-19 ފަދަ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކޮންޓްރޯލް ކުރަން ކުރެވޭނެ އެންމ...

ތިލަދުން
އަހަރެންގެ މަހާނަ

އަހަރެންގެ މަހާނަ

ރޯކަން އެނގެއެވެ. ގިސްލާ އަޑު އިވެއެވެ. ކަރުނަތައް ފޭދެމުންދާތަން ފެނެއެވެ. ތިޔަ ކަންކަމުން އެކަނި ވެސް ހިތުގެ ރިހުން ބުނެދެއެވެ. އަރާފައިބާ ޝުޢޫރުތައް ކިޔައިދެއެވެ. ހިތުގައި ތިޔައަޅާ ވޭންތައް ތަސައްވުރު ކޮށްދެއެވެ. މިއީ ހާދަހާވާ އެކަނިވެރި މަންޒިލެކެވެ. ހާދަހާވާ ހިމޭން ދުނިޔެއެކެވެ. މުނިފޫހިފިލުވުމެއް ނުވެއެވެ. ކުޅުމާ މަޖާކުރުމެއް ނެތެވެ. ކެއުމާއި ބުއިމެއް ނެތެވެ. ހަސަދައާއި ރުޅިވެރިކަމެއް ނެތެވެ. އަނިޔާއާއި ބޭއިންސާފެއް ނެތެވެ. ކުރާނެ މަސައްކަތެއް ނެތެވެ. ފައިސާއަކީ މިތަނަށް މުހިންމު އެއްޗެއް...

ޢަބްދުﷲ ސަޢީދު
ތިލަދުންމަތީ ހުނަރުވެރިން: ކަނޑިތީމުން ތަފާތު ހުނަރުވެރި ވަޑިއެއް!

ތިލަދުންމަތީ ހުނަރުވެރިން: ކަނޑިތީމުން ތަފާތު ހުނަރުވެރި ވަޑިއެއް!

ކުރިއަރައި ދިޔުމުގެ އަސްލަކީ ކެރުމެވެ. ހިތްވަރެވެ. ކުރާމަސައްކަތުގައި ފަރުވާތެރިވުމެވެ. ވަޑާމުގެ މަސައްކަތުގައި ކާމިޔާބީތަކެއް ހޯދާފައިވާ  ށ.ކަނޑިތީމަށް އުފަން އެރަށު ނަފާގޭ މުހައްމަދު މިހާދަކީ ކުޅަދާނަ ވަޑިއެކެވެ. ވަޑާމުގެ މަސައްކަތުގައި ހުނަރުވެރި ޒުވާނެކެވެ. މިހާދު ސްކޫލު ދަޢުރު ނިންމައިލުމަށްފަހު ފުރަތަމަ ވަޒީފާ ވެސް ފެށީ ވަޑާންގެއަކުންނެވެ. 2005 ވަނަ އަހަރު އިހުރު ރިސޯޓުގެ ވަޑާންގެއިން މަސައްކަތްފަށައި އެތަނުގައި ފަސް އަހަރު ދުވަހު އޭނާވަނީ މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2011 ވަނަ އަހަރު...

އިބްރާހިމް ޚަލީލް
އަދަދުތައް ދަށަށް، އެކަމަކު ލުއިތައް ދޭން އަދި އަވަސް!

އަދަދުތައް ދަށަށް، އެކަމަކު ލުއިތައް ދޭން އަދި އަވަސް!

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ކޮންމެ ދުވަހަކު އަލަށް ފެންނަ ވަރު މިހާރު މި ވަނީ 100 އަށް ވުރެ ދަށުގައި ހިފެހެއްޓިފަ އެވެ. މީގެ ކުރިން މި ގޮތަށް ކަންތައް ވީ ފަހަރުތަކުގައި އާއްމުންގެ ކިބައިން ފެނުނީ އެންމެ އެދޭ ފަދަ ބަދަލެއް ނޫނެވެ. އޭރު ހީވީ ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރެވިގެން މީހުން ނުކުތް ހެންނެވެ. ބާޒާރުތަކާއި މަގުތައް ތޮއްޖެހުނެވެ. އޭގެ އިތުރުން، ހަފްލާތަކާއި އެއްވުންތަކާ ދިމާލަށް ވެސް ބަޔަކު ދިޔަ […]

ތިލަދުން
އެމެރިކާގެ ވައިޓް ހައުސް ކޮވިޑްގެ ހާއްޔަކަށް ވެފައިވަނީ ކީއްވެ؟

އެމެރިކާގެ ވައިޓް ހައުސް ކޮވިޑްގެ ހާއްޔަކަށް ވެފައިވަނީ ކީއްވެ؟

އޮފީސްތައް ތޮށްޖެހި، ބޭރުން ޒިޔާރަތް ކުރާ މީހުން ގިނަވެ، ވެރިމީހާ ވަނީ މާސްކު އެޅުމާއި ދެކޮޅުވެފައެވެ. ދަންކަން މިއުޅެނީ، އެމެރިކާގެ އެންމެ މުހިންމު ރައީސް އޮފީސް ވައިޓް ހައުސްގެ ވާހަކައެވެ. އިއްޔެ، ގިނަ ބައެއްގެ ކަންފަތްތަކުގައި ޖެހުނު އެންމެ ބޮޑު އެއް ވާހަކައަކީ، އެމެރިކާގެ ރައީސް އަދި އޭނާގެ އަންހެނުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ވާހަކައެވެ. މި ދެމަފިރިކަނބަލުން މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވުމާއި އެކު ވައިޓް ހައުސްގެ މާޙައުލު ވަނީ މުޅިންހެން ބަދަލުވެ، ހަލަބޮލިވެފައެވެ. […]

މުޙައްމަދު މާއިލް ހަސަން
ފީވަކު މުދިންބެ، ނަމޫނާ ޚިދުމަތްތެރިއެއް

ފީވަކު މުދިންބެ، ނަމޫނާ ޚިދުމަތްތެރިއެއް

ތާރީހުގެ ފަތްފުއްތަކުން ފެންނަން ހުރި ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިކަން އެންމެ ފުރަތަމަަ ފަހަރަށް ލިބިފައި ވަނީ 1153 ވަނަ އަހަރުއެވެ. އެއީ އެޒަމާނުގައި ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުން އިސްލާމްދީން ޤަބޫލް ކުރެއްވުމާ ހަމައިންނެވެ. އޭގެފަހުން އެޒަމާނުން ފެށިގެން މިއަދާއި ހަމައަށް އިސްލާމްދީން ފޯރާފައިމިވަނީ އަޅުގަނޑުމެންގެ ކާނބަފައިންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމެއްގެ ސަބަބުން ކަމާމެދު ޝައްކެއް ނެތެވެ. ހަމައެހެންމެ އަހަރެމެންގެ މި ޤައުމު، ސައްތައިން ސައްތަ އިސްލާ...

މުޙައްމަދު އިނާން
ގެސްޓްހައުސްތައް ހުޅުވަނީ – އަހަރުމެން ތައްޔާރުތަ؟

ގެސްޓްހައުސްތައް ހުޅުވަނީ – އަހަރުމެން ތައްޔާރުތަ؟

ކޮވިޑުގެ ސަބަބުން އިގްތިސާދީ ގޮތުން ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އަދި ލިބެމުންދާ އެއް ގައުމަކަށް ދިވެހިރާއްޖެ ވަނީ ވެފަ އެވެ. އެއީ އެންމެ ސަބަބަކާ ހުރެ އެވެ؛ ޓޫރިސްޓުން އައުން ހުއްޓުމުންނެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރެވެ. ޓޫރިޒަމް ބަރޯސާވެފައި އޮތީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގެ މައްޗަށެވެ. ގުޅިފައި ވަނީ، ވަޒަންވެރިވެގެން، ދިރިއުޅޭ ތަން ވަގުތީ ގޮތުން ދޫކޮށް އެހެން ތަނެއް ބަލާލަން، ހިތްހަމަޖައްސާލަން ކުރާ ދަތުރަކާ […]

ޙުސައިން ޝަހުދީ

ލޯތްބާ ގުޅިފައިވާ މާވެޔޮ މިސްކިތާއި ވަރުނުލާ ރާޅުގަނޑު

ވިޔަފާރި ދަތުރެއްގައި ބޭރުގެ ގުރާބެއް ރާއްޖެއަށް އައެވެ. އެ ގުރާބުން މާލެއަށް ވަރަށް ރީތި އަންހެން ޖާރިއާއަކު ބޭލިއެވެ. އެ ކުއްޖާ ބޭލީ ބިއްލޫރި އަލަމާރިއަކަށް ލައިގެންނެވެ. އެ ރީތި އަންހެން ކުއްޖާ ވަގަށް ނަގާފާނެތީ ވަރަށް ބޮޑު ސާރިދޯޅެއް ފާރައަށް ބޭއްވިއެވެ. އެކަމަކު އެ އަންހެން ކުއްޖާ ގެއްލިއްޖެއެވެ. މި މައްސަލައައިގެން ބޭރުގެ ވިޔަފާރިވެރިން ދިޔައީ ރަސްގެފާނުގެ އަރިހަށެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން ވަޑީ ކަލަމިންޖާއެވެ. ރަދުންގެ ފަރާތްޕުޅުން މީހުން ނެރެގެން ތަންތަން ބަލައި […]

ޢަބްދުﷲ ސަޢީދު