67 ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމަށް ސޮއިކޮށްފި
67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކުރުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓ...