67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކުރުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޙްލޫފެވެ. ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ.
މި މަސައްކަތުގެ ދަށުން 35 ދުވަހުގެ ތެރޭގައި މި ސާމާނު ގެންނަން ޖެހޭއިރު މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 7،999،682.2 ރުފިޔާއަށެވެ.
މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި ޕާކުތައް ގާއިމްކުރެވިގެން ދާނީ ޔޫތު ނިސްޓްރީއިން ކަނޑައަޅާ ރަށްތަކެއްގައި ކަމަށް އެ މިނިސްޓަރީއިން ބުންޏެވެ.
މީގެކުރިން ވެސް ޔޫތު ނިސްޓްރީއިން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!