190 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި
އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި 190.15 ކިލޯ ގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ މިތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ދޫނިދޫގައި ކަމަށެވެ. މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެ...