އައްޑޫ ސިޓީއަށް ފަސް އަސް ގެންދަން ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ސައިގެ ވަގުތަށް މެދުކަނޑާކޮށްލެއްވުމުގެ ކުރިން، ނަޝީދު ވިދާޅުވީ އައްޑޫއަށް 5 އަސް ގެންދަން ހުއްދަ ދިނުމުގެ ހުރިހާ ސެޓްފިކެޓުތަކެއް އެގްރިކަލްޗާ މިނިސްޓްރީން މިހާރު ހަދާ ނިންމާފައިވާ ކަމަށެވެ.

Ad
rt

ނަޝީދު ވިދާޅުވީ އައްޑޫސިޓީގެ ޒުވާނަކު ފަސްހާސް އަސް އެ ސިޓީއަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

"އެ ކުދިން އެ މަޝްރޫއުއާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އަޅުގަނޑާ ވަނީ ހިއްސާކޮށްފައި. އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި. އަޖުމަ ބެލުން ރަނގަޅު ކަމެއްގެ ގޮތުގައި،"

ވަރަށް އަވަހަށް އަސް ދުއްވުމުގެ ހިދުމަތް އައްޑޫގެ ރައްޔިތުންނަށާއި އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އަސް ގެނައުމުގެ ތަފްސީލު އެކަމުގައި އުޅޭ އެސިޓީގެ ދެތިން ކުދިން އެމަނިކުފާނަށް ކިޔައި ދެއްވި ކަމަށެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އަޖުމަބެލުމަށް ރަނގަޅު ކަމެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އަސް ގެންނަ ވާހަކައަކީ ވެހިކަލް ދުއްވުން މަނާ ގަޑިއާ ގުޅިގެން ވިދާޅުވި ވާހަކައެއް ނޫން ކަމަށެވެ.