ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ މުބާރާތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން އިންތިޒާމްކޮށްގެން، ޢުމުރުން 05 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އިސްލާ...