ލޯނެއް ނެގުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް
300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުމަށް، އެ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށް ދަންނަވައިދޭން އެދިފައިވާ ސިޓީއެއް އާންމު ވެއްޖެއެވެ. އާންމުވެފައިވާ ސިޓީއަކީ ރައީސް ޞާލިޙަށް އެޑްރެސްކޮށް، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ނަމުގައި ސޮއި ކޮށްފައިވާ ސިޓީއެކެވެ. އާންމުވެފައިވާ މި ސިޓީގައި ބުނެފައި ވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަ...