ރާއްޖެއާ އިންޑިއާގެ ފޮރިން ސެކްރެޓަރީއިން ރަސްމީ މަޝްވަރާތައް ބާއްވައިފި
ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ބައްދަލު ކުރައްވައިފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރު...