އިންކުއަރީ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މި އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އަރުވައިފިއެވެ. މިއަދު މި ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވާފައި ވަނީ އިންކުއަރީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. އިއްޔެ މި ރިޕޯޓްވަނީ ދިވެހިރާ...