ފަސްޓްލޭޑީ ހަނިމާދޫ އ.ތ.މ ކޮމިޓީއާއި ބައްދަލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ...