މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 844 ވަނަ ޞަފްޙާ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިޔަވަމުން ދިޔަ ދޯންޏަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ ދޯންޏެކެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވާ ވަނީ ރޭ 00:55 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. މި ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގު...

ޔުމްނާ ޢަލީ
ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ރާއްޖެ

ވެކްސިން ޖެހުމުގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ރާއްޖެ

ކޯވިޑް-19 ޖެހުމުގެ އެންމެ ކާމިޔާބު 25 ގައުމުަތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ. މި ލިސްޓުގައި ރާއްޖެ ހިމެނެނީ 19ވަނައިގަ އެވެ. މި ލިސްޓުގައި ކުދި ގައުމުތަކުގެ ތެރޭގައި ހިމެމެނެނީމަދު ގައުމުތަކެކެވެ. އެއީ މަލްޓާ އާއި ސޭޝެލްސް އާއި އައިސްލެންޑު ފަދަ ކުދި އާބާދީ ހިމެނޭ ގައުމުތަކެވެ. މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު މިހާތަނަށް ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވަނީ އެންމެ 13.4 އިންސައްތަ މީހުންނެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 50އިންސައްތައަށް ވުރެ ގިނަ މީހުންނަށް ވަނީ […]

އަޙްމަދު ވަހީދު
ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފި

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12،013.32 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ހިމެނޭ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ...

ޔުމްނާ ޢަލީ
މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ފުލުހުން ވިދާޅުވީ، މި ބައްދަލުވުން ފެށޭނީ މިރޭ 20:40 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސަމީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދަށް […...

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި

ކޯވިޑް-19 ބަލީގައި ރާއްޖެއިން 60 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ 11:43 ގައެވެ. މިއީ ރާއްޖޭން މިބަލީގައި ނިޔާވި 219 ވަނަ މީހާއެވެ. ރާއްޖޭން މިބަލީގައި މީހަކު ނިޔާވިކަން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ މީހެކެވެ. މިހާތަނަށް ރާއްޖޭން […]

ޔުމްނާ ޢަލީ
ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަންނޫން ކަމަށެވެ. އަދި ބައެއް ކަންކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ރާވައިގެން ވިސްނުންތެރިކަން އިސްކ...

ޔުމްނާ ޢަލީ
މިނިސްޓަރ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީއާ ބައްދަލުކުރައްވައިފި

މިނިސްޓަރ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީއާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ނިއުދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. މިނިސްޓަރ ޝާޙިދު، މެދުނުކެނޑި އިންޑިއާ...

އިބްރާހިމް އަސްވާޤް
ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގެންފިއެވެ. ރައީސް ޞާލިޙްގެ މިދަތުރުފުޅުގައި، ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިއްޔެ އިޙްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝ...

ޝިއުނާ އާދަމް
ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން އެ އިދާރާއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސްބިން ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. “މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވޭ” ފުލުހުން މީޑ...

ޔުމްނާ ޢަލީ
ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއީ ރައީސް ޞާލިޙްގެ ދެ ކަނބަލުން ސްރީލައްކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި...

ޝިއުނާ އާދަމް
ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި އެމްއޯޔޫތަކެއްގައި ސޮއިކުރަނީ

ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި އެމްއޯޔޫތަކެއްގައި ސޮއިކުރަނީ

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު މިހާރު އަވަށްޓެރި އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކެއްގައި ސޮއި ކުރައްވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. މިއީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިހާބުވެވަޑައިގެންފަހުން، މަގާމުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނ...

ޔުމްނާ ޢަލީ
ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުނާއި ގުޅޭ އާ އުސޫލުތައް އާންމުކޮށްފި

ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުނާއި ގުޅޭ އާ އުސޫލުތައް އާންމުކޮށްފި

ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމާއި ގުޅޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އާންމުކޮށްފިއެވެ. 21 ޖުލައި 2021 ވީ ބުދަ ދުވަހުގެ ރޭ އެޗްޕީއޭއިން ވަނީ ދިވެހިންނާއި އަދި ވޯކް ޕަރމިޓް ހޯލްޑަރުނާއި މެދު މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލު ކުރެވެމުންދާނެ އުސޫލުތައް އާންމުކޮށްފައެވެ. އެ އުސޫލުތަކުގައި ބުނެފައިވަނީ އިސްވެ ދެންނެވުނު ފަރާތްތަކުން ރާއްޖެ އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނާތީޖާއެއް އޮންނަނެ ޖެހޭނެ ކަމަށެވެ. […]

އިބްރާހިމް ޚަލީލް
މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މޭ 6 ހަމަލާ: ތުހުމަތުވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، މޭ 6ގެ ހަމަލާގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ފުލުހުންގެ އިދާރާގެ ފަރާތުން 4 މީހެއްގެ މައްޗަށް […]

އަލީ އާދިލް
ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް

ރައީސްގެ ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވާ ހުކުރު ދުވަހުގައި ކަމަށެވެ. ރައީސް ޞާލިޙްގެ ދެ ކަނބަލުން މި ހަފުތާގައި ވަނީ ތިލަދުން މަތީގެ ތިން ރަށަކަށަ ވެސް ދަތުރުފުޅެއް ކުރަށްވާފައެވެ. މި ރަސްމީ ދަތުރުފުޅުގައި މ...

ޔުމްނާ ޢަލީ
"މަަކުނު ބޯކިބާ ބަހާގޮތް ބަލާކަށް ނުހުރެވޭނެ"، މިއެރީ ވޮޑޭ ތުނޑިއަށް: ރުކުމާ

"މަަކުނު ބޯކިބާ ބަހާގޮތް ބަލާކަށް ނުހުރެވޭނެ"، މިއެރީ ވޮޑޭ ތުނޑިއަށް: ރުކުމާ

“މަަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގާ ތިބޭނީީ ކާކުތޯ” ސުވާލު ކުރަށްވާ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބުދުއްކަރީމް (ރުކުމާ) އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ. 18 ވަނަ މަޖިލިސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވެސް ހިމެނި ވަޑައިގެންނެވި، މާލޭ ސިޓީގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި އަދި ރެޔާހަމައަށް އެމްޑީޕީގެ މެންބަރެއް ގޮތުގައި ހުންނެވި ރުކުމާ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަށް ރޭ ސޮއި ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އެ […]

އަލީ އާދިލް