މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 843 ވަނަ ޞަފްޙާ

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ: ނާޒިމް

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ: ނާޒިމް

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނުން ކުރެ ކޮންމެވެސް އެއް ރަށެއް ކުޅުދުއްފުށި ސިޓީގެ އިހްތިސާސްގެ ތެރޭ ހިމަނައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ދަންނަވާފައެވެ. މެންބަރު ނާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުން ނިންމަންވާނީ ހދ. އަތޮޅު އެހެން ރަށްރަށުގެ...

އަލީ އާދިލް
ކުޅުދުއްފުށިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، 2 ރެންޑަމް ސާމްޕަލް ހިމެނޭ!

ކުޅުދުއްފުށިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، 2 ރެންޑަމް ސާމްޕަލް ހިމެނޭ!

ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރެއިން 2 މީހުންނަކީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި ދެ މީހުންނެވެ. ދެން ޕޮޒިޓިވްވި 6 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 42 […]

ޔުމްނާ ޢަލީ
މާލޭގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަނީ

މާލޭގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގަނީ

މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެ ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު ނަގައި މަގުތައް ސާފުކުރުމަށް ހަމަޖެހިފައިވާކަމުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މާލޭ ސިޓީގެ މަގުމަތީގައި ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް އެ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 02...

އިބްރާހިމް ޚަލީލް
ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

ރިސޯޓެއްގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

ކ. އަތޮޅު ގަމަރުގިރި ކަައިރީ އޮންނަ ދަ ރިޒް ކާޓަން ސްޕާ ރިސޯޓްގެ ވޯޓާ ވިލާއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ. މިހާރު އެ ރިސޯޓުގެ މުއައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމުގެ މައުލޫމާތު ލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑު ރެސްކިއު ޓީމުން ދަނީ އެ ރިސޯޓަށް ދަތުރުކުރަމުން ނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން […]

ޝިއުނާ އާދަމް
ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ. މިއީ އެފްއެސްއެމްގެ “މެކުނު” ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ. މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން […]

ޔުމްނާ ޢަލީ
ޒުވާނަކު ގެއްލިގެން ހޯދަނީ

ޒުވާނަކު ގެއްލިގެން ހޯދަނީ

މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް އެވެ. ފުލުހުން ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެން...

ޝިއުނާ އާދަމް
މާލޭގައި، ވިލިމާލޭގެ ރައްޔިތުނަށް ހާއްސަ ޕާކިން ޒޯނެއް

މާލޭގައި، ވިލިމާލޭގެ ރައްޔިތުނަށް ހާއްސަ ޕާކިން ޒޯނެއް

މާލޭ ސިޓީގެ ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ. މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައި ތަރައްގީކޮށްފައިވާ މި ޕާކިން ޒޯނަކީ، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި ޕާކިން ޒޯންއެކެވެ. މި ޕާކިންގ ޒޯން ގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވާއިރު، މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ޒޯނުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަ...

ޔުމްނާ ޢަލީ
ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ، މުހައްމާ އަލުން ޕީޕީއެމްއަށް

ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ، މުހައްމާ އަލުން ޕީޕީއެމްއަށް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދު ﷲ (މުހަންމާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލުން ގުޅިއްޖެ އެވެ. މުހަންމާ މިރޭ ޕީޕީއެމާއި ގުޅިފައިވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް ދޫކުރަށްވާ އޭރުގެ އިދިކޮޅާއި ގުޅުނު ގުޅުމަކީ ހެދު ގޯހެއް ކަމަށް މުހައްމާ ވަނީ ސިފަ ކުރަށްވާފައެވެ. “ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. […]

އަލީ އާދިލް
މުވައްޒަފަކަށް އަނިޔާވިގޮތް އެމްޕީއެލްއިން ސާފުކޮށްދީފި

މުވައްޒަފަކަށް އަނިޔާވިގޮތް އެމްޕީއެލްއިން ސާފުކޮށްދީފި

މުވައްޒަފަކަށް އަނިޔާވިގޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ސާފުކޮށްދީފިއެވެ. ކޮންޓެއިނަރުތަކެއް މަތިން ވެއްޓި އެމްޕީއެލްގެ މަޖޫރީއަކަށް އަނިޔާވެއްޖެ ކަމަށް ބައެއް މީޑިއާތަކުގައި ކުރި ރިޕޯޓާއި ގުޅިގެން އެމްޕީއެލްއިން ވިދާޅުވީ، އަނިޔާ ވެފައި ވަނީ އެތަނުގެ މުވައްޒަފަކަށް ކަމަށާއި، އެ ހާދިސާ ހިނގީ ރޭ އިރުއޮއްސި 18:20 ހާއިރު ކަމަށެވެ. އެ މުވައްޒަފު ވެއްޓުނީ ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މަތިން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މައްޗަށް ހަރުގަނޑެއް ބޭނުންކޮ...

އަޙްމަދު އަރުޝަމް
އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި

އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީ.ޕީ.އީ) ހަދިޔާ ކޮށްފިއެވެ. އޮސްޓްރޭލިއާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ހައިކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް 3.5 ޕީ.ޕީ.އީ ހަދިޔާ ކޮށްފައިވާނެ ކަމަށެވެ. ކޯވިޑް ހާލަތުން ރާއްޖެ އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެގައުމުން މިހާތަނަށް ރާއްޖެ އަށް ވެދިން އެހީގެ ޖުމްލަ މިހާރު ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އަށް އަރާނެކަމަށް ކަމަށ...

އަޙްމަދު އަރުޝަމް
ޖަލު ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދަނީ

ޖަލު ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދަނީ

ޖަލުތަކުގެ ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެތިތަކެއް ޖަލު އޮފިސަރުން އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައި ވަނީ، ‏ރޭ ލިބުނު މައުލޫމާތަކާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. “‏ރޭ ލ...

ޔުމްނާ ޢަލީ
ރައީސް ދުބާއީއަށް ފުރާވަޑައިގެންފި

ރައީސް ދުބާއީއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ. ދުބާއީއަށް ކުރައްވާ ނުރަސްމީ މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގައެވެ. މިދިޔަ އީދު ދުވަހު ރައީސް ގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ގޮތާބަޔާ ރާ...

އަޙްމަދު އަރުޝަމް
ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ

މި އަންނަ ހަފުތާގެ ތެރޭގައި، ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް، މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، މި އަންނަ ހަފުތާގެ ތެރޭގައި، ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް ފައްޓަވާނެ ކަމަށާއި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ،...

ޝިއުނާ އާދަމް
ދިވެހިންގެ ޤައުމީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން: ރައީސް

ދިވެހިންގެ ޤައުމީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން: ރައީސް

ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް، މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ. މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކ...

ޔުމްނާ ޢަލީ
މިނިވަންދުވަހުގެ ހާއްސަ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

މިނިވަންދުވަހުގެ ހާއްސަ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހ...

އަޙްމަދު އަރުޝަމް