''މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަމަކީ އާއިލާތަކާއި މުޖުތަމަޢުގެ ހަމަޖެހުމުގެ ބާރު''
މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަމާއި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެއެވެ. މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މަންސަ ‘އެކްސް’ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ، މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައ...