މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 މެއި 08 ވަނަ ދުވަހުގެ ރޭ ދަންވަރު 00:09 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ސީދާ އޭޑީކޭ ހޮސްޕިޓަލުންނެވެ.

މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންއަންނައިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ޒަޚަމްވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބުދުއްސައްތާރެވެ. ނަމަވެސް އެއީ ނާޒިމްކަމެއް ކަމާބެހޭ ފަރާތަކުން އަދި ކަށަވަރުކޮށެއްނުދެއެވެ.