ގދ. ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ތިނަދޫގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 21:25 ހާއިރެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ދަނީ ތިނަދޫ ގައި ހުންނަ ޑރ. އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހެއް ހައްޔަރެއް ނުކުރެއެވެ. ފުލުހުން ގެންދަވަނީ މި […]
ޔުމްނާ ޢަލީ
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ ބަޔަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 22 އަހަރުގެ މީހަކާއި، 27 އަދި 31 އަހަރުގެ މީހެކެވެ. ފުލުސް މީހާގެ ސައިކަލުގައިއަލިފާން ރޯކޮށްލާފައި ވަނީ ރޭގައެވެ. އެ ހާދިސާ ހިނގާފައި ވަނީ މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، […]
ޔުމްނާ ޢަލީ
ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ދެންމެ ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ތިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. “މާރީމާރީ ހިނގާފައި ވަނީ ވައްކަމުގެ މައްސަލައަކ...
ޔުމްނާ ޢަލީ
މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ މަޑިވަރު އެއަރޕޯޓް ހުޅުވުމާ އެކުގައި، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ހުޅުވިފައިވާކަން ފާހަގަ ކުރަށްވާފައެވެ. ސަރުކާރުގެ އަމާޒަކީ، އަދި އެމްޑީޕީގެ މެނިފެސްޓޯގައިވެސް އޮތް ފަދައިން، މީހުނ...
ޝިއުނާ އާދަމް
ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ވަނީ ޅ. އަތޮޅަށް ކުރަށްވާ ދަތުރެއް ފައްޓަވާފައެވެ. މިދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މަޑިވަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަދަކީ ޅ. އަތޮޅުގެ ރައްޔިތުން ދިގު އިންތިޒާރެއްގެ ނިމުން އައި ދުވަހެއްކަން ފާހަގަ ކުރަށްވާފައެވެ. އަދި އެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް ވިދާޅު...
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ނާއިބު ލީޑަރު ކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބު ކޮށްފި އެވެ. 65 މެންބަރަކު ތިއްބަވާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 13:30 ގައެވެ. މި އިންތިޚާބުގައި ޕީޖީ ލީޑަރުކަަމަށް އަސްލަމާއި ވާދަކުރެއްވީ މިހާރުގެ ޕީޖީލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމެވެ. އަސްލަމަށް 40 […]
އަލީ އާދިލް
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް ޅ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ މީހުން އުޅޭ ހަތަރު ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫ އެވެ. މީގެއިތުރަށް ވަޑައިގަންނަވާނީ ސިނާއީ ރަށް ފެލިވަރަށާއި، މަޑިވަރަށެވެ. ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިހާރު މިއޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްވެއޮވެ ހިންގަވާ “އިންޑިއާ އައު...
އަލީ އާދިލް
ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޔުމްނާ ޢަލީ
އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ސާލިމް ކިބައިން މަރަށް މަރު ހިފަން މަހްމޫދުގެ ހުރިހާ ވާރިސުން އެދުމުން މައާފަށް އެދި ސާލިމް ކޯޓުގައި އާދޭސްކޮށްފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލި މައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ކިބައިން މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުން ނުވާ ކަމަށް މަހްމޫދުގެ ފަސް ދަރިންނާއި އަނބިމީހާގެ އިތުރުން އޭނާގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފަ […]
ހުސައިން ހަބީބް
މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާނެ މީހުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އިއުލާންކޮށްފި އެވެ. މިއަދު އެ ބިއުރޯއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މެއި މަހުގެ 31 ނިޔަލަށެވެ. ތަމްރީނުތަކުގެ ދުވަސްވަރުގަ އާއި ބޯހިމެނުމުގ...
އަލީ އާދިލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ފޯމް ހުށައަޅުއްވައިފި އެވެ. އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ، ފައްޔާޒް ފޯމު ހުށަހަޅުއްވާފައިކަމަށް އެމްޑީޕީން ދެންމެ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށައެޅުއްވީ އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ 6،000 ވުރެ ގިނަ މެންބަރުންގެ ސޮޔާއެކ...
އަލީ އާދިލް
ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކުރެއްވި އެއް ބާނީ، ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހ...
ޔުމްނާ ޢަލީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޕްރިޒަން އޮފިސަރުން ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަށް، އެ ތަކެތި ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ބޮޑީ ވޯން ކެމެރާ ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއ...
ޔުމްނާ ޢަލީ
ދިވެހި ރާއްޖޭގައި އިނގިރޭސި ވިލާތުގެ ހައިކޮމިޝަންގެ އޮފީހެއް ހުޅުވައިފިއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލް ވަނީ އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަންގެ އޮފީހެއް ހުޅުވިގެން ދިޔުން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ހާއްސަ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި ޝާހިދު ވަނީ މި އޮފީސް ހުޅުވިގެން ދިޔުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކު...
ޔުމްނާ ޢަލީ