މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެންޕޭންގެ ދަށުން މަޖައްލާއެއް ނެރެފިއެވެ. “ސާސްތުރަ” ނަމުގައި ނެރުނު މި މަޖައްލާ ނެރެދެއްވީ، އިއްޔެ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ޖެންޑާ މިނިސްޓްރީއިން “ގެވެށި ގުޅުން” ކެމްޕެއިން ފަށާފައި ވަނީ 2020 ވަނަ އަހަރު އެވެ. މިއީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން އެ...
ޔުމްނާ ޢަލީ
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ކޮމިޝަން އެ ކޮމިޝަން އުވާލެއްވީ މިއަދުން ފެށިގެންނެވެ. އެ ކޮމިޝަން އުވާލެއްވިކަން ހާމަކުރަށްވައި، ރައީސް ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، އެ ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނާއި ހަވާލުކުރެއްވި މަސައްކަތް ނިންމަވާފައިވާތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުވަރީ 20، 2020 ގައެވެ.
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން “ޤައުމީ ތަރިކަ ކޮމިޓީ” އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރަށްވައިފިއެވެ. ސަޤާފީ ތަރިކަ ރައްކާ ކުރާ ޤައުމީ މަރުކަޒުން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން “ޤައުމީ ތަރިކަ ކޮމިޓީ” އުފައްދަވައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނު ކުރެއްވިކަން ހާމަ ކުރަށްވާފައެވެ. މިގޮތުން އެ ކޮމެޓީއަށް ވަނީ ތޭރަ ބޭފުޅަކު އައްޔަނު ކުރަށްވާފައެވެ. އެ ކޮމެޓީއަށް އައްޔަނު ކުރެއްވި ބޭފުޅުން: 1. […]
ޔުމްނާ ޢަލީ
ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި މައްސަލާގައި އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ހައި ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ. ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދީފައި ވަނިކޮށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ވަނީ އެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ހުޅުމާލެ އެޗްޑީސީގެ ދަށުގައި ބޭއްވުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރެދިނެވެ. ވަގުތީ އަމުރު ސިޓީ […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ. ރައީސް ޞާލިޙް މި ނިންމެވުން މި ނިންމެވީ މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ޑިޖި...
ޔުމްނާ ޢަލީ
ސަރުކާރުގެ ސިއްރު ބޭޒާރު ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ތަހްގީގު ކުރަމުން ގެންދިޔަ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފް (ހުސެންބެ) ގެ މައްސަލަ ފައިލް ކޮށްފިއެވެ. އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް އެ މައްސަލަ ފައިލް ކުރިކަން ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހުސެންބެ އަށް އަންގާފައެވެ. އެ މައްސަލައަކީ ކުރީގެ ސަރުކާރު ދުވަސްވަރު 5 އޮކްޓޯބަރު 2017 ގައި ބަލަންފެށި މައްސަލައެކެވެ. އެ މައްސަލަ ނިންމައި ފައިލްކޮށްފައި ވަނީ […]
އަލީ އާދިލް
މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)އިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ތިން ފިޔަވަޅަކަށް ލުއިދީފައިވާކަން މިރޭ ޢިއުލާން ކޮށްފައެވެ. މި ފިޔަވަޅުތަކަށް ލުއިދީފައި ވަނީ މާދަމާއިން ފެށިގެންނެވެ. މިގޮތުން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އޮތް އޮތުން ވަނީ ނިމުމަކަށް […]
ޙުސައިން ޝަހުދީ
ދިވެހި ބަހަކީ ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު ޔުމްނާ މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައިފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ފެބްރުއަރީ މަހުގެ 21ވަނަ ދުވަހަކީ، ކޮންމެ އަހަރަކުވެސް ދުނިޔޭގައި ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަ...
ޙުސައިން ޝަހުދީ
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސްގެ މޭރީގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގެ އަސަރު މޭރީގެ ހަށިގަނޑު ފެނިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. މިދިޔަ އޮކްޓޫބަރު މަހު މަރާލި މޭރީގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރަށް ނިސްބަތްވާ ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެ ދެ މީހުން ރާވައިގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. ލަމްހާއަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ […]
ހުސައިން ހަބީބް
03 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްޞަ ކިރުގެ ބާވަތްތަކާއި، 01 އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި، ގާތުންކިރުދޭ މައިންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަންވާނީ ރަޖިސްޓްރީ ކޮށްގެން ކަމުގައި ހެލްތު މިނިސްޓީން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީން އާންމު ކޮށްފައިވާ “ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި...
އިބްރާހިމް ޚަލީލް
ހައިސްޕީޑް ފެރީގެ ނިޒާމު ފުޅާވެގެން ދާއިރު ޅ. ނައިފަރު ވެގެން ދާނީ އެ ނިޒާމުގެ ތެރޭގައި ހިމެނޭ ރީޖަނަލް ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަނީ ނައިފަރު ރައްޔިތުންގެ އެކި ކަންބޮޑުވުންތަކާއި، އެރަށަށް ބޭނުންވެފައިވާ...
ޔުމްނާ ޢަލީ
މަޝްރޫޢުތަކުގެ ނަން ބަދަލު ކުރުމަށްވުރެ ރައްޔިތުން އެދެނީ ކަން ކޮށްދިނުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ އެއް ނާއިބުރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުޢިއްޒު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. “ހިޔާވަހި މަޝްރޫޢު، ރީތިގަސް އެޕާޓްމަންޓަށް ނަން ބަދަލުކޮށް، ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަނީ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އެއީ އަނެއްކާ ރައީ...
އަލީ އާދިލް
ޅ. ހިންނަވަރުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދިނުމަށް އެދި އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސް ޞާލިޙް މިހާރު ޅ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ހިންނަވަރަށް ކުރެއްވި ޒިޔާރަތުގައި ރޭ ވަނީ ހިންނަވަރު ކައުންސިލާ ބައްދަލު ކުރަށްވާފައެވެ. ހިންނަވަރު ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރަދޫފޭދޫގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ހެނދުނު 10:14 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ. ނިޔާވެފައި އޮއްވާ ފެނިފައި ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ޢަލީ އިބްރާޙީމް ކިޔާ މީހެކެވެ. “އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް […]
ޝިއުނާ އާދަމް
މާލެ ހުޅުމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ އެވެ. ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވީ މިއަދު ހެނދުނުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސިނަމާލެ ބްރިޖްމަތިން ދުއްވަމުންދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވެގެން އެ ހާދިސާގެ ރިޕޯޓް މިއަދު ހެނދު 9:49 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާއެކު ސިފައިންގެ ފަޔާ ޓީމް ވަނީ އެ ތަނަށް ގޮސްފައެވެ. ނަމަވެސް ސިފައިން ދިޔައިރު ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ. އެ […]
ޔުމްނާ ޢަލީ