ކޮޗިން ފެރީގެ ދަތުރުތައް ކުރަނީ ރާއްޖޭގެ އުތުރަށް ނަމަވެސް، އެ ފެރީން ގެންނަ “އޮރެންޖް”ތައް ލިބެނީ އުތުރުގެ ރައްޔިތުންނަށް ނޫންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މިއަދު ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ކޮޗިން ފެރީއަކީ ރާއްޖޭގެ...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި ސާޖަރީއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމް...
ޝިއުނާ އާދަމް
އަތޮޅަކަށް ވިޔަސް ނުވަތަ ރަށަކަށް ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަންކަމަށާއި، ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން(އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ރަ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރަށްވައިފިއެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިވަގުތު ހުންނެވީ ތައިރޮއިޑް ބަށްޔަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައެވެ. ރައީސް ޞާލިޙް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ ނ...
ތިލަދުން
ތިލަދުންމަތީގެ 3 ރަށް ހިމެނޭހެން 10 ރަށެއްގައި ވޮލީ ކޯޓް އަޅަން ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވޮލީ ކޯޓް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން އިޢުލާން ކޮށްފައިވަނީ މި 10 ރަށަށް ވަކިންނެވެ. އެގޮތުން ތިލަދުންމަތިން ވޮލީ ކޯޓް އެޅުމަށް އިޢުލާން ކޮށްފައިވަނީ ހއ.ހޯރަފުށި، ހދ.ވައިކަރަދޫ އަދި ހދ.ކުރިނބީ އެވެ. މީގެ އިތުރުން އިޢުލާން ކޮށްފައިވާ ރަށް ތަކަކީ ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ، ޅ.ކުރެންދޫ، އއ.ހިމަންދޫ، […]
އަލީ އާދިލް
ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތަކުގައި ‘ބޯހިމެނުން 202’ ގައި ބޭނުން ކުރެއްވުމަށް ތައްޔާރުކުރައްވައިފައިވާ ލޯގޯ، ބޭނުންކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި އަހަރަކީ، ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރުކަމަށް ވުމާއެކު، މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މިލޯގޯ ބޭނުން ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ނޭޝ...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެތެރޭގެ އިންތިޚާބާއި ކޮންގްރެސް ބާއްވާނެ ތާރީޚް މިއަދު ޢިއުލާންކޮށްފިއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަޝްރާ އަޙްމަދު ވިދާޅުވީ، 8 އޮކްޓޯބަރު 2020 ގައި އެމްއެންޕީ އުފައްދާ ޖަލްސާ ބާއްވުމަށްފަހު، އެ ޖަލްސާއިން ވަގުތީ އުފައްދާ ޖަލްސާ ބާއްވައި، ވަގުތީ އިންޓީރިއަމް ކައުންސިލްއެއް އުފައްދައި، ގިނަ ލަނޑުދަނޑިތަކެއް ހާއްސަކޮށްއެއް އުފައްދައި މިހާތަނަށް އެ ޕާޓީން ގިނަ ލަނޑުދަނޑިތަކެއް ހާއްސަކޮށްފައިވާ ކަ...
ޔުމްނާ ޢަލީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުން ފަހުމްނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. އެމްސީއެސް އިން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއެކުގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މި ފަހުމްނާމާގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފ...
ޝިއުނާ އާދަމް
އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން އޮންނަ ދިވެހިއްސަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި އެމީހާ ހައްޔަރު ކުރީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތަކާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖެނުއަ...
އަލީ އާދިލް
މާލޭ ސިޓީގެ، ސީގަލް ކެފޭ ކައިރީ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ބިޖިލީ ކާސަލް ކިޔާ ގެއެއްގައި ކަމަށެވެ. ސިފައިންގެ މަސައްކަތުން ގޭގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ، 8:48 ގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.
ޔުމްނާ ޢަލީ
ޑްރަގްގެ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުން ދޫކޮށްލައިފި އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ އަހަރު ހައްޔަރުކުރި ޕެސްޓްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރެ އެވެ. އޭގެ ތެރޭގައި އުމުރަށް ޖަލަށްލެވޭ ފަދަ ކުށްތައް ވެސް ހިމެނެ އެވެ. އޭނާ ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ޕެސްޓް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުުން އެންގީ މިއަދު ބޭއްވި […]
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ އަނބިކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ހާމަކުރެއްވުމުގެ ދެ ގަޑިއެއްހާއިރު ކުރިން ޓްވީޓާ މެދުވެރިކުރަށްވައި ރައީސް ޞާލިޙް ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑްގެ ފަރުވާއަކަށް އެމަނިކުފާނު މިއަދު ފުރާވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަ ކުރަށްވާފައެވެ. “...
ޝިއުނާ އާދަމް
ހެންވޭރު ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. ހ.ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 ހާއިރުއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރުއެވެ. މި ހާ...
އިބްރާހިމް ޚަލީލް
ވަޒީރުންގެ މަޖިލީހުން “ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2022-2026” ފާސްކުރަށްވައިފިއެވެ. މި އެކްޝަން ޕްލޭން ފާސްކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ވަނީ އެކަށީގެންވާގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ކަނޑައަޅުއްވާފައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި...
ޝިއުނާ އާދަމް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކޮށްފިއެވެ. އެމްޑީޕީން އިއްޔެ ހަވީރު ކުރި ޢިއުލާނެއްގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށާއި، އަންހެނުންގެ ރޫހުގެ ރައީސާ، ނައިބު ރައީސާ އަދި ޔޫތްވިންގްގެ ރައީސް، ނައިބު ރައީސްގެ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ތަރުތީބު ކުރެވިފައިވާގޮތް އާންމުކޮށްފައެވެ. އެ ނަންތައް ތަރުތީބު ކުރެވިފައިވަނީ އިންތިޚާބަށް ކުރިމަތި ލުމަށް ކެ...
އަލީ އާދިލް