ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައި، އެ ކެމެރާތައް މިއަދު ބޭނުންކުރަން ފަށައިފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓަރު އޮފް ހޯމްއެފެއާޒް ސެއިޚް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމ...
ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީއާއި، ހއ. އަތޮޅުގެ ތިން ރަށެއް ހިމެނޭހެން 15 ރަށަކަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރުން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރު ރަށްތަކަށް ފޮނުވަން ތައްޔާރުވަމުން ދަނީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ....
ޔުމްނާ ޢަލީ
ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ ފައިސާތަކެއްގެ މައްސަލާގައި އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރު ކޮށްގެން ކޯޓަށް ގެންނަން އަމުރުކޮށްފި އެވެ. ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ގެންނަން އަންގާފައިވަނީ މާދަމާ އެވެ. ބަންދުކޮށްގެން މީހުން ކޯޓަށް ގެންނަނީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހުކުމް ތަންފީޒު ކުރުމަށެވެ. އެމްޓީސީސީއަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެއީ 2007 […]
ހުސައިން ހަބީބް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. އެ މަގާމަށް ކުރިމަތިލަށްވާކަން ރަސްމީކޮށް ޢިއުލާން ކުރަށްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރ...
އަލީ އާދިލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ނިންމައިފި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމެވިކަން އިންތި ހާމަ ކުރެއްވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ ދައުރު ހ...
އަލީ އާދިލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން މިރާއްޖެ މިންޖުކޮށްދެއްވާފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ. ޝިއްޕެ...
ތިލަދުން
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ރ. މީދޫއަށް ވަޑައިގެންފި އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ޔާމީން މީދޫއަށް ވަޑައިގަތީ، އެ ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މީދޫގައި ހިންގާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އިދިކޮޅުން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންއަކީ ރާއްޖެގައި ގާއިމުވެ ތިބި އަވަށްޓެރި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ހިންގާ ކެމްޕޭނެކެވެ. ރައީސް ޔާ...
ޔުމްނާ ޢަލީ
ޤާނޫނުއަސާސީގައި ލިޔަންވީ އަބަދުމެ ވެރިކަމުގައި އޮންނާނީ އެމްޑީޕީކަމަށާއި، އަދި އަބަދުމެ ވެރިކަމުގައި ހުންނަވާނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 އިންސައްތަ އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި...
އަލީ އާދިލް
ރާއްޖޭގެ ރައްޔިތުންކުރެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ 30 އިންސައްތައަކީ މެޖޯރިޓީއެއްނޫން ކަމަށާއި، ވެރިކަމުގައި ހުންނަންވާނީ 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނާ މީހެއް ނޫންކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ގޮތްހެދުމަށްޓަކައި، އެމްޑީޕީގެ ހާއްސަ ކޮންގްރެސްއެއް ބާއްވަން ހުށަހަޅަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނި...
އަލީ އާދިލް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައި، ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެމްޑީޕީން ރޭ އާންމު ކުރި ޢިއުލާނެއްގައި ބުނީ، 2022 ވަނަހައަރަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި އިންތިޚާބް […]
އަލީ އާދިލް
ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބު އަންނަ އޭޕްރިލްގައި ބާއްވާށާއި، އެ ޕާޓީގެ ކޮންގްރެސް އަންނަ އޮގަސްޓުގައި ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކުރީ، ޗެއާޕާސަންގެ އިންތިހާބު އޭޕްރިލް 16 ގައި ބާއްވާށެވެ. އަދި ކޮންގްރެސް އޮގަސްޓް 4 ގައި ބާއްވާށެވެ. މީގެއިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވެސް […]
އަލީ އާދިލް
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރެއްވުމުން އޭނާއާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅައިފި އެވެ. މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި ކަމަށް ބުނެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފެށީ މިއަދު އެވެ. ދައުލަތުން ދައުވާ […]
ހުސައިން ހަބީބް
2023 ވަނަ އަހަރު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތައްޔާރުވުމަށް، އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތައް ފަށަން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްއެންޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، އެ ޕާޓީގައި މިހާރު ތިބި މެންބަރުންނަށްވުރެ އިތުރު މެމްބަރުން ހޯދުމުގެ މަސައްކަތް ކުރިއަށް...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ އެ ގައުމަށް ކުރަށްވާ ނުރަސްމީ ދަތުރުފުޅެއްގައިކަމަށެވެ. ރައީސް ޞާލިޙްގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޝިއުނާ އާދަމް
މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އެތަން އާންމު ހާލަތަކަށް ގެނެސްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ. ކަރެކްޝަނަލް ސާވިސް އިން މިއަދު ވިދާޅުވީ، މާފުށީ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެންކަމުން މާފުށީ ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. ޖަލު އާންމު ހާލަތަށް ގެނެވުމާއެކު، ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާ އަންމ...
ޔުމްނާ ޢަލީ