އަހަރެމެން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލު: ޝާހިދު
އަހަރެމެން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ރަސްމީ ޓްވިޓަރ ހޭންޑްލްގައި މިއަދު ޢާންމު ކުރެއްވި ވީޑިއޯ އެއްގައި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށާއި ނިދަން އޮށޯންނަނީވެސް […]