ޢީދު ބަންދުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ: މެޓު އޮފީސް
އަންނަ ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ޢީދު ބަންދާއި ދިމާވާގޮތުން ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ޢާއްމުކޮށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި […]