ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއް...