މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު އުދައަރާފާނެ: މެޓް
މިއަދުވެސް މެންދުރު ފަހު ތިނެއް ޖަހާއިރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހުން ފެށިގެން ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ މެންދުރު ފަހު 14:15 އިން ފެށިގެންނެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 15:00 ހާއިރުއެވެ. […]