ފަސޭހަ ކަމާއެކު މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތަށް ލިބޭނެ "މާވެހި ޕޯޓަލް" އިފްތިތާހުކޮށްފި
މާލޭ ސިޓީ ކައުންސިލުން ރައްޔިތުން ހޯދާ ޚިދުމަތްތައް އޮންލައިންކޮށް ހޯދާނެ މަގުފަހިކޮށްދީ، ފަސޭހަކަން ލިބިދުނުމަށް އެކަމަށް ޚާއްސަކޮށްފައިވާ މާވެހި ޕޯޓަލް ރޭ އިފްތިތާޙް ކޮށްފިއެވެ. މި ޕޯޓަލަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ‘މާވެހި’ ކިޔާ ޕޯޓަލް އެކެވެ. މި ޕޯޓަލް އިފުތިތާހުކުރީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި މިއަހަރުގެ 2 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ރޭގެ އިފްތިތާހްކުރ މިި ޕ...