ގާސިމް ވެސް ތާއީދު ކުރަށްވަނީ ރިޔާސީ ނިޒާމަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ތާއީދު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޓަވާފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްއަށް މިކަމާބެހޭ ގަރާރެއް ހުށަހަޅުއްވައި، އެމްޑީ...