މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 724 ވަނަ ޞަފްޙާ

ރައީސް ދެއްވަނީ 2023 ކާމިޔާބުވާނެ ކަމުގެ ޔަގީންކަން

ރައީސް ދެއްވަނީ 2023 ކާމިޔާބުވާނެ ކަމުގެ ޔަގީންކަން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ އެންމެ ފަހު ސެޝަން މިއަދު ކުރިއަށް ގެންދިޔަ އިރު ކޮންގްރެސް އަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓަށް އަހައި ނިންމާލުމުގެ ކުރިް ރައީސް ސޯލިހު ކޮންގްރެސްމަނުންނާ މުޚާތަބުކުރައްވާ ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް 2023 ވަނަ އަހަރު އޮތް އިންތިޚާބަށް ކަމަށެވެ. އެމަނިކުފާނު...

ޝިއުނާ އާދަމް
ނަޝީދު ބޭނުންވަނީ ބަރުލަމާނީ އާ މެދު އަދި މަޝްވަރާކުރަން

ނަޝީދު ބޭނުންވަނީ ބަރުލަމާނީ އާ މެދު އަދި މަޝްވަރާކުރަން

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންގޮސްފިއެވެ. ހުކުރު ދުވަހު ފެށި އިރު އެންމެ ފާހަގަކުރެވެ ކަމަކަށް އެ ކޮންގްރެސްގައި ހިމެނުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮންގްރެސްއަށް ހުށަހެޅި ބަރުލަމާނީ ގަރާރުގެ ބަހުސްއެވެ. މި ގަރާރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅުވެ. އެކަމަކު މި ކޮންގްރެސް ފެށުނު އިރު ވެސް ނަޝީދު އައީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ […]

ޝިއުނާ އާދަމް
އެމްޑީޕީ ކޮންގްރެސް: ވޯޓުލުން ހާމަކޮށް ގެންދަން ފާސްކޮށްފި

އެމްޑީޕީ ކޮންގްރެސް: ވޯޓުލުން ހާމަކޮށް ގެންދަން ފާސްކޮށްފި

ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގައި ނަގާ ވޯޓުތައް ހާމަކޮށް ގެންދަން ފާސްކޮށްފިއެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަގޮތުން ނަމަ ކޮންގްރެސްގެ ވޯޓުލުން ކުރިއަށްދަނީ ސިއްރުންނެވެ. އެކަމަކު ކޮންގްރެސްގައި މިއަދު ނަގާ ހުރިހާ ވޯޓެއް ކުރިޔަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ވަކި ވޯޓެއްނަގައި އަގުލަބިއްޔަތުން ނިންމީ ހާމަކޮށް އެކަން ގެންދާށެވެ. އެގޮތުން 776 ކޮންގްރެސްމަނުން ވޯޓު ދެއްވީ ހާމަކޮށްގެން ކުރިޔަށް ގެންދިޔުމަށ...

ޝިއުނާ އާދަމް
ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ

ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަަން ނިންމަވައިފިއެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ވަނީ މިކަން “ތިލަދުން” އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި ނަމަވެސް ރަސްމީކޮށް އަދި އެ ގަރާރު އަނބުރާ ގެންދަވާފައި ނުވާކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރާ ރައީސް އިބްރާހިމް މުހައ...

ޝިއުނާ އާދަމް
ތަމްރީނު ހޯދަން ދިވެހި ނޫސްވެރިންނާ އެޑިޓަރުން އިންޑިއާ އަށް

ތަމްރީނު ހޯދަން ދިވެހި ނޫސްވެރިންނާ އެޑިޓަރުން އިންޑިއާ އަށް

އިންޑިއާގެ އެމިޓީ ޔުނިވާސިޓީ (ނޮއިޑާ) އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދެއް އިންޑިއާ އަށް މިއަދު ފުރައިފި އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ “އިން ސަރވިސް ޓްރެއިނިންގެ އޮފް އެޑިޓަރސް އެންޑް ޖަރނަލިސްޓްސް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ އެމިޓީ ޔުނިވާސިޓީ އިން އިންތިޒާމްކުރާ 8 ދުވަހުގެ މި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދުގައި ޖުމްލަ 20 ފަރާތެއް ހިމެނޭ ކ...

ޔުމްނާ ޢަލީ
އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ހަވާލުކޮށްފި

އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ހަވާލުކޮށްފި

އަށް ރަށެއްގައި އައުޓް ޑޯ ވޮލީކޯޓު އަޅަން ޔޫތު މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގައި އައުޓްޑޯ ވޮލީކޯޓު ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން މިއަދު ހަވާލުކުރީ ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން ހދ. ކުރިނބީ، ޅ. ކުރެންދޫ އަދި ބ. ދަރަވަންދޫ ގައި ވޮލީކޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައި ވަނީ ޓްރިޕަލް އެއިޓް އަށެވެ. މޯގެ އިތުރުން ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު އަދި ބ. ކިހާދޫގެ އިތުރުން […]

ޔުމްނާ ޢަލީ
19 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފި

19 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފި

އަތޮޅުތެރޭގެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު 19 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުމުގެ އުސޫލުގެ ދަށުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ކޮންމެ ރަށެއްގެ ވެސް ލޭންޑް ޔޫޒް ޕްލޭން އެ ރަށެއްގެ ކައުންސިލުން ހެދުން ލާޒިމްކުރެއެވެ. މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަތޮޅާއި […]

ޝިއުނާ އާދަމް
ނަޝީދު ފެނަކައިގެ ވާހަކަދެއްކެވީ ކުރާ އިތުބާރަކުން: ސައީދު

ނަޝީދު ފެނަކައިގެ ވާހަކަދެއްކެވީ ކުރާ އިތުބާރަކުން: ސައީދު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ތެރޭގައި ކުންފުނިތަކުން މަޖުބޫރުކޮށްގެން މުވައްޒަފުންގެ ސިޔާސީ ނިންމުންތަކާ ގުޅުވައި ވަޒީފާ ގެއްލުވާލާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެނަކައިން މިސާލު ނެގީ އެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި އަމަލުކުރާ ގޮތަކުން ވަޒީފާއަށް އެއްވެސް ހިޔަންޏެއް ނޭޅޭނެ ކަމުގެ ޔަގީންކަ...

ޝިއުނާ އާދަމް
ވަރަށް "ކެރި ހުރެ" އަސްލަމް ނެންގެވީ ހިޔާ ފްލެޓުތަކުގެ ކްރެޑިޓް!

ވަރަށް "ކެރި ހުރެ" އަސްލަމް ނެންގެވީ ހިޔާ ފްލެޓުތަކުގެ ކްރެޑިޓް!

މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގައި ފެށި ހިޔާ މަޝްރޫއުގެ ބޮޑު ބައި ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހިޔާ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ފެށި ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއު ނުނިމެނީސް ވެރިކަން ބަދަލުވެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ނިންމީ މި ސަރުކާރުންނެވެ. އެކަމަކު ރަ...

ޝިއުނާ އާދަމް
ބާ އިމްތިޙާނުގެ ފީ 6،500 ރ. އަށް ކުޑަކޮށްފި

ބާ އިމްތިޙާނުގެ ފީ 6،500 ރ. އަށް ކުޑަކޮށްފި

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ 6،500 ރުފިޔާއަށް ކުޑަކޮށްފިއެވެ. ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާންގެ ފީ އެއް ކަމުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާއެވެ. ނަމަވެސް އަލަށް ހޮވުނު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މި ޢަދަދު ކުޑަކޮށް އެކަން މިއަދު ޢިއުލާން ކޮށްފައެވެ. ބާ އިމްތިހާނު މިހާރު ބޭއްވުމަށް […]

ޔުމްނާ ޢަލީ
ނަޝީދުގެ މުޅި ވާހަކަ ރިޔާސީ ނިޒާމު "މަޖުބޫރު" ވި ގޮތަށް

ނަޝީދުގެ މުޅި ވާހަކަ ރިޔާސީ ނިޒާމު "މަޖުބޫރު" ވި ގޮތަށް

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރައްވައި، ރިޔާސީ ނިޒާމަކީ މަޖުބޫރުވި ނިޒާމެއް ކަމަށް ވިދާޅުވެއްޖެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވާ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ގަރާރެއް ހުށަހަޅާފައިވާއިރު، އެމަނިކުފާނު އަންނަނީ އެފަދަ ވޯޓަކަށް އެއްވެސް ބަޔަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވަމުންނެވެ. 2008 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތ...

ޝިއުނާ އާދަމް
"ނޫއިގުތިސޯދު އޮތީ ނޫފައިގެންފައި" ޔާމީން މިސާލު ޖެއްސެވީ ތިލަދުންމަތީގެ މަސްވެރިކަމުގެ ހާލަތުން

"ނޫއިގުތިސޯދު އޮތީ ނޫފައިގެންފައި" ޔާމީން މިސާލު ޖެއްސެވީ ތިލަދުންމަތީގެ މަސްވެރިކަމުގެ ހާލަތުން

މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައިކަމަށް ވިދާޅުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ. މި ސަރުކާރުން ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލާލިއިރު އިގުތިސޯދު ދުޅަހެޔޮކޮށް އާރާސްތުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެ...

އަލީ އާދިލް
ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ، 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތް: ނަޝީދު

ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ، 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތް: ނަޝީދު

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެކަމަށާއި 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، މި ސަރުކާރަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ އަދި ރައްޔިތުންގެ އަޑު ވަރަށް ކައިރިން އަހާ ސަރުކާރެއްކަން ހާމަކުރައްވަމު...

އަލީ އާދިލް
އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް

އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް

އެއްވެސް ބަޔަކަށް ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭނެ ކަމަށާއި، އެމްޑީޕީގައި އޮތް ގޮތަކީ ޚިޔާލުތަފާތުވުންތަކާއި އެކު ކުރިއަށްދިއުން ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީއެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. ”އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރ...

ޝިއުނާ އާދަމް
ހިޔާނާތުގެ މައްސަލަ ސިއްރުކުރަން އުޅޭ ކަމަށް ޔާމީންގެ ތުހުމަތު

ހިޔާނާތުގެ މައްސަލަ ސިއްރުކުރަން އުޅޭ ކަމަށް ޔާމީންގެ ތުހުމަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މައްސަލަ އޮއްބާލައި އެކަމުގައި ހިމެނޭ ކަންތައްތަކެއް ސިއްރުކުރަން އުޅޭ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައިފިއެވެ. ކުރިއަށް 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ވާ ތައްޔާރީތަކުގެ ތެރެއިން ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކުރުމަށް މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބައޮތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލަ މިހާ ދިގުލ...

ޝިއުނާ އާދަމް