މަޖިލީހުގެ މެންބަރުންގެ އަދަދު 87 ގައި ހިފަހައްޓަން ގާސިމް އިސްލާހް ހުށަހަޅުއްވައިފި
ރައްޔިތުންގެ މަޖިލީހު މެންބަރުންގެ ޢަދަދު 87 އަށް ވުރެ އިތުރުނުވާނެހެން، މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަކީ 87 ކަމުގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައަޅަން ވާނީ އެ މާއްދާގެ 1 ވަނަ ނަންބަރު އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން […]