''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''
ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މުލަކު އަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ. މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓ...