ވިޔަވަތި ކޮންފަރެންސް މި މަހު 10 ގައި ފަށަނީ
މި އަހަރުގެ ދެވަނަ ވިޔަވަތި ކޮންފަރެންސް މި މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ. ވިޔަވަތި ކޮންފަރެންސް އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގައެވެ. މި ބައްދަލުވުމުގައި ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، […]