މާކުރަތު ސްކޫލްގައި ދެ ބުރީގެ ޢިމާރާތެއް އަޅަން ހަވާލުކޮށްފި
ރ. މާކުރަތު ސްކޫލްގައި ދެ ބުރީގެ ޢިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢުގެ އަގަކީ 8,056,265.49 ރުފިޔާއެވެ. އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ތައު...