މާލެ ސިޓީ ކައުންސިލުން ބޭއްވި ދެ މުބާރާތެއްގެ ނަތީޖާ ފާޅުކޮށްފި
މިދިޔަ ރޯދަމަހާއި ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބޭއްވި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. މި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ ބާއްވާފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. މި ހަފްލާގައި ގުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ވަނީ 293 ކުދީން ބައިވެރިވެފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 168 ކުދީން އަދި ނުބަލައި […]