މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 728 ވަނަ ޞަފްޙާ

ޓީ ޖެޓީއަށް ގާތްކުރާ އަތޮޅު ފެރީން އަނެއްކާ ވެސް ފީ ނަގަނީ

ޓީ ޖެޓީއަށް ގާތްކުރާ އަތޮޅު ފެރީން އަނެއްކާ ވެސް ފީ ނަގަނީ

މާލޭގެ ޓީޖެޓީ ސަރަހައްދުގައި ބަނދަރުކުރާ ރަށްރަށުގެ ފެރީތަކުން އަނެއްކާ ވެސް ފީ ނަގަން ފަށަން އެމްޕީއެލުން ނިންމައިފި އެވެ. ޓީޖެޓީ އަކީ، ރަށްރަށަށް ބޭނުންވާ އަސާސީ މުދާ ބަލާ މާލެ އަންނަ އުޅަނދުފަހަރާއި ފެރީތައް އާންމުކޮށް ބަނދަރުކުރާ ސަރަހައްދެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އެ ބަނދަރަށް ކައިރިކުރާ އުޅަނދުތަކުން ފީ ނުނަގާގޮތަށް ދިން ލުއި އުވާލަން ނިންމާފައި ވާ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އެ ލުއިތައް އުވާލާނެ ކަމަށް […]

ޝިއުނާ އާދަމް
ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފި

ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފި

ލިވާތުކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުރި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ދޫކޮށްލައިފިއެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދުގެ މުއްދަތާމެދު ގޮތް ނިންމުމަށް ޖުލައި 29 ވަނަ ދުވަހު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާ ހަތް ދުވަހު ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައެވެ. އެ މުއްދަތު ހަމަވާތީ އޯގަސްޓް 5 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް...

އަލީ އާދިލް
ހުނަރާއި އީޖާދުގެ މަރުކަޒު ''ފަންނު ވެށި'' އިފްތިތާހްކޮށްފި

ހުނަރާއި އީޖާދުގެ މަރުކަޒު ''ފަންނު ވެށި'' އިފްތިތާހްކޮށްފި

ހުނަރާއި އީޖާދުގެ މަރުކަޒު ”ފަންނު ވެށި” މިރޭ އިފްތިތާޙްކޮށްފިއެވެ. ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި ހުނަރާއި އީޖާދުގެ މަރުކަޒު ”ފަންނު ވެށި” މިރޭ އިފްތިތާޙްކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންވެސް ހިމެނޭހެން ތަޢުލީމާއި ތަމްރީން ފޯރުވައިދިނުމަށް ގާއިމް ކުރާ މި މަރުކަޒަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނޫނުގައި...

ތިލަދުން
ބަދުއަހުލާގީ ވީޑިއޯތައް ދައުރުކުރާތީ އެޗްއާރްސީއެމް ގެ ހިންހަމަނުޖެހުން

ބަދުއަހުލާގީ ވީޑިއޯތައް ދައުރުކުރާތީ އެޗްއާރްސީއެމް ގެ ހިންހަމަނުޖެހުން

ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފަތުރަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބިދޭސީ ފިރިހެނަކާއި އެކު ދިވެހިން އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކި ދުވަސް މަތިން މިފަދަ އެކި ވީޑިއޯ އާންމުކުރާއިރު، މި ވީޑިއޯތަކުން ފެންނަ މީހުން ކަމަށް ތުހުމަތުވާ މީހުންގެ ވަނަަރު ވެސް ބައެއް މީހުން އަންނަނީ އާންމުކުރަމުންނެވެ. އެކަމާ ގުޅިގެން […]

ޝިއުނާ އާދަމް
އެއް ޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުވާ މީހުން ދޫކޮށްލަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

އެއް ޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުވާ މީހުން ދޫކޮށްލަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. އަލަމް ގިރި ނަމަކަށް ކިޔާ ބިދޭސީ އަކާއި އެކު އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭގެ ފަހުން އެ ނޫން ވެސް ބައެއް މީހުންގެ ވީޑިއޯ އާންމުވެފައިވާއިރު، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ […]

ޝިއުނާ އާދަމް
ސެންސަރެއް ނެތި ބަދުއަހުލާގީ ކަންކަން ރިޕޯޓު ކުރާތީ އެޑިޓާސް ގިލްޑުގެ ކަންބޮޑުވުން

ސެންސަރެއް ނެތި ބަދުއަހުލާގީ ކަންކަން ރިޕޯޓު ކުރާތީ އެޑިޓާސް ގިލްޑުގެ ކަންބޮޑުވުން

ބަދުއަހުލާގީ ވީޑިއޯތަކާއި، ބައެއް މަރުތަކުގެ ރިޕޯޓުތައް ގެންނައިރު، އެއްވެސް ސެންސަރެއް ނެތި އެކަން ކުރާތީ އެޑިޓަރސް ގިލްޑުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޑިޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން ރިޕޯޓުކުރާއިރު އެ މަންޒަރުތައް ލޮލަށް ސާފުވާހެން ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެއްޖިއްސުން ގުޅުން ހިންގުމަކީ މާތްالله ނަކީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު އެ ފާހިޝް...

ޝިއުނާ އާދަމް
ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރުމުގެކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރުމުގެކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކުން މީޙުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ޔަގީންކުރުމަށް ލިސްޓު އާންމުކޮށްފިއެވެ. އެއް ޕާޓީގައި ހުންނަ މީހާ އަނެއް ޕާޓީއަށް ރަޖިސްޓްރީ ކުރުމާއި، ނޭނގި ޕާޓީތަކުގައި މީހުން ރަޖިސްޓްރީކޮށްފައި ހުންނަ މައްސަލަތައް ފެންމަތިވާވަރު ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ އައު އުސޫލުތަކެއް ހަދާފައެވެ. އެގޮތުން މިހާރު ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެ ފޯމުތަކުގެ ލިސްޓު އާންމު...

ޝިއުނާ އާދަމް
ފިލްމީތަރި މަލްގެ މައްޗަށް ޑްރަގްގެ ބޮޑު ދައުވާ ސާބިތެއްނުވި

ފިލްމީތަރި މަލްގެ މައްޗަށް ޑްރަގްގެ ބޮޑު ދައުވާ ސާބިތެއްނުވި

ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑު ދައުވާ އޭނާގެ މައްޗަށް ސާބިތުނުވެ، ކްރިމިނަލް ކޯޓުގައި މިއަދު އޭނާ ސަލާމަތްވެއްޖެ އެވެ. ކުށް ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ފަދަ ބޮޑު ދައުވާ މަލްގެ މައްޗަށް އުފުލީ އޭނާ 2019 ވަނަ އަހަރު މާމިގިއްޔަށް ދިޔައިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. މަލްގެ އިތުރުން އިތުރު އަންހެނަކަށް ވެސް […]

ހުސައިން ހަބީބް
ކޮންޓޭނަރަކުން ދުން އަރާތީ ބެލިއިރު ކެމިކަލް ލީކުވަނީ

ކޮންޓޭނަރަކުން ދުން އަރާތީ ބެލިއިރު ކެމިކަލް ލީކުވަނީ

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަމާއި ގުޅޭގޮތުން އެމްޕީއެލް ސްޕޯކްޕާރސަން ދާނިޝް ނިޒާމް މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މާލެ ކޮމާރޝަލް ހާބަރުގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ކްލީނިންގ އައިޓަމް ތަކެއް ލީކްވެގެން ދުންއަރާތީ އެމްއެންޑީއެފުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ކެމިކަލް ރިލޭޓެޑް ހާލަތްތަކުގައި އެކުންފުނީގައި އަމަލުކުރުމުނ...

އަލީ އާދިލް
ޖަޕާނުން، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ޖަޕާނުން، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ދިވެހި ނޫސްވެރިންނަށް އިތުރު ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައިހުންނަ ޖަޕާންގެ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގަ އެވެ. މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކް...

ޔުމްނާ ޢަލީ
ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު  ޕޯސްޓްމޯޓަމް މިއަދު ފޮނުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ކޮން ޤައުމަކަށް ކަމެއް ވިދާޅެއްނުވެއެވެ. ރަޙުމްކުޑަ، އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މި އޯގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. މި ހާދިސާ ހިނގި ކަމުގެ...

އަލީ އާދިލް
އެމްޑީޕީ ކޮންގްރެސް: ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދުގެ ގަރާރެއް

އެމްޑީޕީ ކޮންގްރެސް: ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދުގެ ގަރާރެއް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވައިފި އެވެ. އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)ގެ ތާއީދާއެކު ނަޝީދު މިއަދު ހުށަހެޅުއްވި މި ޤަރާރުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގައި ރާއް...

އަލީ އާދިލް
ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އަޅަން ހަވާލުކޮށްފި

ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އަޅަން ހަވާލުކޮށްފި

ހއ. ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރަން ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. އަދި ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ތަމްސީލް...

ޔުމްނާ ޢަލީ
ލޯބިވެރިޔާ ބްލެކްމެއިލްކޮށް، ހުތުރު އަމަލު ހިންގުވަން އުޅުނުކަން ސާބިތެއްނުވި

ލޯބިވެރިޔާ ބްލެކްމެއިލްކޮށް، ހުތުރު އަމަލު ހިންގުވަން އުޅުނުކަން ސާބިތެއްނުވި

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި ހުތުރުކަން ބޮޑު އަމަލުތަކެއް ހިންގަން މަޖުބޫރުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހަކު ކުށް ސާބިތުނުވެ، މިނިވަންވެއްޖެ އެވެ. ސ. މަރަދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރުތަކެއް ރެކޯޑް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލާގަ އެވެ. ދައުލަތުން ބުނާގޮތުން ބްލެކްމެއިލް ކުރުމުގެ ގޮތުން އެ މީހާ ވަނީ ކުރީގެ ލޯބިވެރިޔާއަށް އޭނާގެ ބައްޕައާ އެކު ޖިންސީ […...

ހުސައިން ހަބީބް
އިސްލާމް ދީނާއި ހިލާފު ވާހަކަ ހުރީ ކުރީގެ ޗާޕެއްގައި

އިސްލާމް ދީނާއި ހިލާފު ވާހަކަ ހުރީ ކުރީގެ ޗާޕެއްގައި

ދަރިވަރުންނަށް ދޫކޮށްފައިވާ ފޮތްތަކުގެ ތެރެއިން ދީނާ ހިލާފު ވާހަކަ ހިމެނާފައި ވަނީ ކުރީގެ ޗާޕެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފާހަގަވެފައި ވަނީ ގްރޭޑް 8ގެ ދަރިވަރުންގެ އިނގިރޭސި ފޮތްތަކުގައެވެ. އެކަމާ ގުޅިގެން މިނިސްްޓްރީން ބުނީ މައްސަލަ ހުރި ޗާޕަކީ 2014 ވަނަ އަހަރުގެ ޗާޕެއް ކަމަށެވެ. އޭރުވެސް އެ މައްސަލަ ފާހަގަވެ އެކަން އިސްލާހުކޮށްފައިވާ ކަމަށާއި، އައު ޗާޕުގައި އެ މައްސަލަ ނުހުންނާނެ ކަމަށެވެ. މިނިސްޓްރީން ބުނީ މައްސަލަ […]

ޝިއުނާ އާދަމް