ފިހާރައަށް ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި ހިފިކަން ސާބިތެއް ނުވި
މާލޭގައި ފިހާރައަށް ދިޔަ އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ. ބަންގަލްދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ޝަކީލް ހުސައިންގެ މައްޗަށް ދައުލަތުން ޖިންސީ ގޯނާގެ ދައުވާކުރީ އޭނާ 2020 ވަނަ އަހަރު މަސައްކަތްކުރި ފިހާރައަށް މިރުސް ގަންނަން ދިވެހި އަންހެނަކު ދިއުމުން އޭނާގެ އުރަމަތީގައި ހިފި ކަމަށް ބުނެ އެވެ. އެ އަމަލު ހިންގި ކަމަށް ބުނަނީ އަންހެން މީހާގެ ކޮއްކޮއާ އެކު ފިހާރައަށް ދިޔަ […]