ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއަށް ކަމެއްވެއްޖެނަމަ، އެކަން ކުރާނީ އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކަމަށް މޭރީ ބުނެފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރު އެ ދެ މީހުން ގުޅިގެން މޭރީ މަރާލި ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ނަރުހުންނެވެ. ދައުލަތުން ތުހުމަތުކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން […]
ހުސައިން ހަބީބް
ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ރަޖިސްޓަރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ހަފްތާގައި ބާތިލް ކޮށްފައެވެ. އެއީ ގަވާއިދާ ހިލާފ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ސީޕްލޭން ޓާމިނަލް މިއަދު ހުޅުވައިފި އެވެ. ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާމަން އެމްޔޫ ހަސަން މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ. 55 މިލިއަން ޑޮލަރުގެ މި މަޝަރޫއުގެ ދަށުން […]
މުޙައްމަދު އަފްރާޙް
ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއަރޕޯޓު ތަރައްޤީ...
މުޙައްމަދު އަފްރާޙް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ތަރައްގީކުރި އައު ރަންވޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އައު ރަންވޭ ބޭނުންކުރަން ފެށު...
މުޙައްމަދު އަފްރާޙް
ހއ. ދިއްދޫ ބަނދަރަށް މަސް ބޭލުމަށް ބަނދަރުގެ ދެކުނު ތޮށި ބޭނުންކުރުމަށް އެރަށު ކައުންސިލު އިދާރާ އިން އެދިއްޖެ އެވެ. އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަސް އުފުލުމުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކުން ބަނދަރުގެ މަގުތަކަށް ލޭ ފަދަ ތަކެތި ނުފައިބާ ގޮތަށް އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ކަނޑުމަހާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ބަނދަރުގެ ހުރިހައި ދިމާލެއްގައި ވެސް (ކޮންމެ ދިމާލެއްގައި) މަސައްކަތް ކުރުމުގެ ބަދަލުގައި ބަނދަރުގައި […]
މުޙައްމަދު އަފްރާޙް
އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލަށް 10،000 މެމްބަރުން ގުޅިއްޖެ އެވެ. އެ ޕާޓީން މިއަދުވަނީ އެ ޕާޓީ އާ އަލަށް ގުޅުނު 10،000 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފަ އެވެ. މި ފޯމުތަކާއި އީސީގެ ފަރާތުން ހަވާލުވެލެއްވީ ރައީސް ފުއާދު ތައުފީގު އެވެ. ފޯމުތައް ހަވާލުކޮށްދެއްވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕީޕީއެމް ގެ އެތެރޭގެ އިންތިޚާބު މި މަހުގެ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ކޮލެޖްތައް ޔުނިވަރސިޓީއަށް ބަދަލުވުމުގެ ފުރުޞަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުޙަލާގައި މިހާރު އޮތް “ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަޙުސްގައި އެޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ޔުނިވަރސިޓީއަކަށް ވުމަށް ކޮލެޖްތަކަށް މިހާރު ހުރީ ވަރަށް އުނދަގޫ ޝަރުޠުތަކެއް ކަމަށެވެ. އެކަމަށް ވީހާވެސް ލުއި ގޮތްތަކެ...
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދ...
ޔުމްނާ ޢަލީ
މާލޭގެ އަމީނީމަގު ހަދަމުންދާގޮތާއި މެދު މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މޭޔަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަގު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ދުވާރު ފުޅާ ކޮށް އުޅަނދުތައް ދުއްވާ ޖާގަ ހަނި ކޮށްފައިވާ ކަމަށެވެ. އެގޮތުން މަގު ހަދަމުންދަނީ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި […]
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދިން ހެކިންގެ ބަސް ދޮގުކުރަން ދައުލަތުން އާ ހެކިތަކެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގެ ދިފާއުގައި ކުރީގެ ބައެއް ވަޒީރުން ކޯޓުގައި ހެކިބަސް ދިނެވެ. ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރަން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު […]
ހުސައިން ހަބީބް
ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ވިދާޅުވެއްޖެ އެވެ. އެޖަމިއްޔާ އިން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އުނގަންނައިދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ އިޚްލާސްތެރި މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ފުރަބަންދާއި ގުޅިގެން ގައުމު ބިނާކުރުމަށް ޓީޗަރުން ދެއްކެވި ނަމޫނާއަކީ އަދި ވެލެއް...
މުޙައްމަދު އަފްރާޙް
ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ. އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ […]
މުޙައްމަދު އަފްރާޙް
ކޯޓަށް ހާޒިރުނުވެ، ފިލައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ރޭޕާއި ޖިންސީ ގޯނާގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރަން އުޅުނު ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް މިދިޔަ އަހަރު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އޭނާ ކޯޓަށް ހާޒިރު ނުވާތީ އޭނާ ދެ މަހަށް ޖަލަށްލާން […]
ހުސައިން ހަބީބް
އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން ޢަބްދު ﷲ މުސްތާޤެވެ. މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވި އެވެ. މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ […...
މުޙައްމަދު އަފްރާޙް