ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީން ވިދާޅުވީ ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަން ގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 އަށް ދުވާފަރުގަ...
މުޙައްމަދު އަފްރާޙް
ރ. އިނގުރައިދޫ ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަރިހު ދަންނަވައިފި އެވެ. މި މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން ދެންނެވީ އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ...
މުޙައްމަދު އަފްރާޙް
ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގަ އެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނ...
މުޙައްމަދު އަފްރާޙް
ގދ. ނަޑެއްލާ ކަރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަން ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްނެވުމުން، އެ ޚިދުމަތުން ”ތިލަދުން” އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:21 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެ މީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން […]
މުޙައްމަދު އަފްރާޙް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އެއަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާނެ އެވެ. މީގެ އިތުރުން ރ.ދުވާފަރުގައި އޮންނަ “ރ. ޓޫރިޒަމް އެކްސްޕޯ 2...
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަމުމަށް އިއުލާން ކޮށްފި އެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދިނުމަށް އަންދާސީ ހިސާބު ހެށަހެޅުމަށް މި އޮކްޓޯބަރ މަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 11 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހަނިމާދޫ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދިނުމަށް އަނ...
މުޙައްމަދު އަފްރާޙް
ހދ. ކުޅުދުއްފުށި ސިޓީ އެއަރޕޯޓަށް ރޭގަނޑު ފުލައިޓް ޖެއްސޭނެ ދުވަސް އޮތީ ވަރަށް ގާތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއުވާން މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިހުރި ކަންކަމާއި އަދި އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މިއުވާން ވިދާޅުވީ އެ ސަރަހައްދުގެ ޝޯޕްރޮ...
މުޙައްމަދު އަފްރާޙް
ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ގެއްލި، އިތުރުމީހަކަށް ފަރުވާ ދޭން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށެވެ. އަދި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ އިއްޔެ މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ލޯންޗު ފުރީ މާލެ، […]
މުޙައްމަދު އަފްރާޙް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހުޅުވާލައިފި އެވެ. އެކަން ހާމަކޮށް އޭޖީ އޮފީހުން ބުނީ، ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ ބިލު އެކުލަ...
ޔުމްނާ ޢަލީ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހައިތަނަށް 1410 މީހަކަށް ނަސޭހަތް ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ޖޫރިމަނާކޮށް، އިތުރު އެހެން ފިޔަވަޅެއް އަޅާފައި އަދިނުވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. ނަންބަރު ބޯޑް […]
މުޙައްމަދު އަފްރާޙް
މުއްސަދިންގެ އަތުން މިހާރު ނަގަމުންދާ އިންކަމް ޓެކްސް އިތުރުކުރުމަށް ތާއީދުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެ އެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރ ކަން ވެސް ކުރައްވާފައިވާ ރިޔާޟް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅިފައިވާ، “މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ރިޔާޟް ވިދާޅުވީ، އާ...
މުޙައްމަދު އަފްރާޙް
ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް މަތީމިންވަރެއްގައި ހުންނާނެތީވެ، މާލީ ބުރަ ކުޑަކުރުމަށް، ހައްގުވާ ފަރާތްތަކަށް އެކަނި، ކާޑުގެ ބާވަތްތަކާއި ތެލުން ދެމުން އަންނަ ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން ލަފާ ދީފައިވެ އެވެ. ވޯލްޑް ބޭންކުން މިގޮތަށް ލަފާ ދީފައިވަނީ ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގަ އެވެ. މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް […]
އަލީ އާދިލް
ހަރަދުތައް ކުޑަކުރުމަށް ރާއްޖޭގައި އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް މިހާރު ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅުންހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވޭކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓުގައި ބުނެފި އެވެ. މިއަދު ނެރުނު އެންމެ ފަހުގެ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް ގައިވާ ގޮތުން، […]
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަޝްރޫއަށް ފައިސާ ހަމަޖެހި، މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއުވާން މިފަދައިން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ތިލަދުން ނޫހުން ކުރި ސުވާލަކީ ކުޅުދުއްފުށި ސިޓީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ 100 އެނދުގެ އައު ޓާރޝަރީ ހޮސްޕިޓަލުގެ ފެށޭނީ ކިހާތާކުތޯ އާއި އަލަށް ހަދާ […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މި ވާހަކަތައް ބާއްވާފައި ވަނީ ރައީސް ޞާލިޙް ބަޙްރައިން އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ޞާލިޙާއި، ބަޙްރައިންގެ ރަސްގެފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެނ...
ޔުމްނާ ޢަލީ